Advertisement

25 Sep 2023
ޚަބަރު

އެމްޑީޕީ ކެންޕެއިން ވަރުގަދަކޮށް ދެކުނަށް!

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލާން ދެން އޮތީ އެންމެ 4 ދުވަހެވެ. އެގޮތުން ގުޅިފައިވާ ޕަޓީތަކުގެ ފަރާތުން ކެންޕެއިންގައި ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ކެންޕެއިން އަންނަނީ މާލޭގައި ވަރަށް ފޯރީގައި ކުރިއަށްގެންދަމުންނެވެ.

މާލޭގައި ކަންމަތީ ޖަލްސާތަކާއި ޖަގަހަ ޖަލްސާތައް ބޭއްވުމާއި ޑޯޓުޑޯ ހަރަކާތްތައް ރައީސް އަންނަނީ ކުރިއަށްގެންދަވަމުންނެވެ. އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ދެކުނުގެ އަތޮޅުތަކުގައި މި ހަފްތާގައި ކުރިއަށްދާނެކަމަށް އެ ޕާޓީއިން މިހާރު މިވަނީ ބުނެފައެވެ.

ދެކުނުގެ އަތޮޅުތަކުގައި ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ރަނިންމޭޓް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއެވެ. 

މިވަގުތު އައްޑޫ ސިޓީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާއިރު، ހުވަަދު އަތޮޅާއި ފުވައްމުލައް ސިޓީގައިވެސް ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްޑީޕީން ބުނެއެވެ. އެގޮތުން ރަނިންމޭޓާއިއެކު ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކެއް އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަށް ޚާއްސަކޮށްގެން މިހާރު ވަނީ ފަށާފައެވެ. މި ހަރަކާތުގައި ގޭގެއަށް ގޮސް ރައްޔިތުންނާއި އެމްޑީޕީގެ މެނިފެސްޓޯ ހިއްސާކުރުމާއި، ރައްޔިތުން ބޭނުންވާ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުވަމުންދާކަމަށް އެމްޑީޕީން ބުންޏެވެ. 

މިދިޔަ ހޮނިހިރު ދުވަހު ހަވީރު، އެ ޕާޓީން ވަނީ މާލެ ސަރަޙައްދު ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށެއްގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.