އެމް. ޑީ. ޕީ
އެމް. ޑީ. ޕީ
05 Apr 2025
ރައީސް މުޙައްމަދު ނަޝީދު
އެންމެ ރަގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން: ނަޝީދު
ރާއްޖެއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ މޯލްޑިވިއަން ޑިމޮކްރަޓްސް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅުން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
20 Mar 2025
ޚަބަރު
އެމްޑީޕީގެ ސިލްސިލާ މުޒާހަރާތައް މެދުކަނޑާލައިފި
އެމްޑީޕީން މީގެ 12 ދުވަސްކުރިން ފެށި ސިލްސިލާ މުޒާހަރާތައް މެދު ކަނޑާލީ، ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް މާދަމާ ރެއިންފެށިގެން ފެށޭތީކަމުގައި އެޕާޓީން ވަނީ އިއުލާނުކޮށްފައެވެ. އަދި ރަމަޟާން މަސް ނިމުމާއެކު އަލުން ސިލްސިލާ މުޒާހަރާތައް ކުރިޔަށް ގެންދާނެ ކަމުގައިވެސް އެޕާޓީން މިރޭ ވަނީ އިޢުލާނުކޮށްފައެވެ.
17 Mar 2025
ޚަބަރު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހުން ކުއްވެރިކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށެވެ. އަދި މިވަގުތުގައި ކަންކަން ހަލަބޮލި ނުކުރައްވައި، އިންސާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އިލްތިމާސްކުރައްވާ ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.
08 Mar 2025
ޚަބަރު
ކުރީ ސަރުކާރުގެ ފްލެޓް ލިސްޓުގައި ނެތް 577 މީހަކު ލިސްޓުގައި ހިމަނައިފި
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ސަރުކާރުގައި އިސްމަޤާމުތަކެއް ފުރުއްވި، އެމްޑީޕީގެ ޗެއާރޕަރސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ، މިސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ 577 މީހުންނަކީ، ކުރީ ސަރުކާރުން އިޢުލާނުކުރި 4000 މީހުންގެ ލިސްޓުގައި ނުވެސް ނެތް މީހުންކަމަށެވެ. އޭގެ އިތުރުން، 56 މީހެއްގެ މާކްސް މަތިކޮށްގެން އެމީހުންނަށް ފްލެޓް ލިބޭނެކަމަށް ކަނޑައަޅައި ލިސްޓުގައި ހިމަނާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
08 Mar 2025
ޚަބަރު
ރައީސުލްުޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވާލައި މާލޭގައި މުޒާހަރާކޮށްފި
އެމްޑީޕީގެ ބައެއް އިސްބޭފުޅުންނާއި، އާއްމު ބައެއް މެމްބަރުން ވަނީ، ރޭ މާލޭގެ މަގުތަކަށް ނުކުމެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ދީފައިވާ ފްލެޓްތައް އެތައް ބައެއްގެ އަތުން އަތުލާފައިވާތީ، އެކަމުގެ ކަންބޮޑުވުމާއި ނުރުހުންފާޅުކޮށްފައެވެ.
11 Feb 2025
ޚަބަރު
މިދިޔަ އަހަރު ނިމުނު އިރު ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ 7 ބިލިޔަން ރުފިޔާ ނުދައްކާ އެބައޮތް: ކުރީގެ ފިނޭންސް މިނިސްޓަރ
ކުރީގެ މިނިސްޓަރ އަމީރު ވިދާޅުވީ، އާންމުކޮށް އަހަރު ނިމޭއިރު ހުންނަނީ އެ އަދަދު ހުންނަނީ ދެ ބިލިއަނެއްހާ ރުފިޔާގައެވެ. އެހެން ނަމަވެސް މިދިޔައަހަރު އެހާ ގިނަ ފައިސާ ނުދެއްކި ހުރުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތައް ބަނގުރޫޓްވަމުންދާ ކަމަށެވެ. އަދި ސަރުކާރު ހިންގަމުން ދަނީ ލޭންދޭނަށް ކަމުގައިވެސް އަމީރު ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ބަޖެޓް ސަޕޯޓަށް ސަރުކާރުން ހޯދަން މަސައްކަތް ކުރި ފައިސާވެސް ލިބިފައި ނުވާކަމަށާއި، ކަނޑައެޅި ގޮތަށް ދައުލަތުގެ ޚަރަދުތައްވެސް ކުޑަކުރެވިފައި ނުވާ ކަމުގައި އަމީރު ވިދާޅުވިއެވެ.
07 Feb 2025
ޚަބަރު
ދެމައިންގެ މަރަށް ސަރުކާރުން ޒިންމާ އުފުލަން ޖެހޭނެ: އެމްޑީޕީ
އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ، ދެމައިން ނިޔާވި ހާދިސާގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު މި ކަމުގައި ގއ. އަތޮޅު ހޮސްޕިޓަލްގެ އިހުމާލު ވަރަށް ބޮޑު ކަމަށް ބެލެވެއެވެ. އަދި ހަމަ އެއާއެކު ބަލިމީހެއް ބަލާ ދާ އެއަރ އެމްބިއުލަންސްއެއްގައި ފަރުވާދިނުމަށް ބޭނުންވާ ސިއްޙީ އާލާތްތައް ނެތި، އޮކްސިޖަން ދެވޭނެ ގޮތެއް ނެތުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައިވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
06 Feb 2025
ޚަބަރު
އެމްޑީޕީން ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައިފި
މިއަދު ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވެވި ވަގުތުގައި އެމްޑީޕީގެ މެމްބަރުން ވަނީ، ސޯސަންމަގާއި މެދުޒިޔާރަތްމަގު ގުޅޭ ކަންމައްޗަށް އެއްވެ މުޒާހަރާކޮށްފައެވެ. އެސަރަހައްދަށް އެއްވި އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި އިސްބޭފުޅުންވެސް ހިމެނެއެވެ.
31 Jan 2025
ޚަބަރު
ސަރުކާރާއި ދެކޮޅު މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރާއި އެކު ހިނގާލުން ނިންމާލައިފި
އާޓިފިޝަލް ބީޗުން 8:30ގައި ފެށި ހިނގާލުން އަނބުރާ އައިސް އާޓިފިޗަލް ބީޗަށް ނިންމާލީ މީރޭގެ 11:00 ހާއިރުގައެވެ. ހިނގާލުމުގެ ބައިވެރިން އާޓިފިޝަލް ބީޗުން ނުކުމެ ބޮޑުތަކުރުފާނު މަގުން ގޮސް އަމީނީ މަގުން އައިސް އަނެއްކާވެސް ހިނގާލުން ނިންމާލީ އާޓިފިޝަލް ބީޗަށެވެ.
24 Jan 2025
ޚަބަރު
މާރިޔާ ވިދާޅުވަނީ ރައީސް ޑރ. މުޢިއްޒު އުޅުއްވަނީ ތިން ބާރު އެއްކޮށްލައްވައިގެން ކަމަށް!
މާރިޔާ ވިދާޅުވީ، މިއަދު މަޖިލީހުގައި ހުރިހާ ގޮނޑިއެއްގައި އެ އިންނެވީ ރައީސް މުއިއްޒު ކަމަށާއި، ފަނޑިޔާރުގޭގެ ގޮނޑިތަކުގައި ވެސް އެ އިންނަވަނީ ރައީސް މުއިއްޒު ކަމަށެވެ. އަދި ސާފުކޮށް ޑީއެންއާރު މެދުވެރިކޮށް ވަޒީރުން އިސްވެ ތިއްބަވައި އައިޑެންޓިޓީ ވަގަށް ނަގަމުންދާއިރު ވެސް ފިޔަވަޅެއް ނޭޅުނު ކަމުގައި ވިދާޅުވެ މާރިޔާ ވަނީ ފާޑު ވިދާޅުވެފައެވެ.
19 Jan 2025
ޚަބަރު
ވަގުފޯމުތަކުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއެކުރެއްވި މެމްބަރު މުޙައްމަދު އިސްމާޢީލްގެ މައްސަލަ ބަލަން އެދިއްޖެ
އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު އަދި ޤާނޫނީ ވަކީލު މަޙްފޫޒު ސަޢީދު ވިދާޅުވީ، ވަގު ފޯމުގައި ހެއްކެއް ގޮތަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ސޮއިކުރި ކޮންމެ ފޯމެއްގެ މައްސަލަ ވަކިވަކިން ބަލައިދިނުމަށް އެދިފައި ވާނޭ ކަމަށެވެ. މަޙްފޫޒު ވިދާޅުވީ، މުޙައްމަދު އިސްމާޢީލް ކުރައްވާފައިވާ އެއަމަލަކީ، ޖިނާޢީ ކުށުގެ ޢަމަލެއް ކަމަށެވެ.
19 Jan 2025
ޚަބަރު
މީހުންނަށް ނޭނގި ޕާޓީއަށް ވެއްދިކަމަށް 3000 ވުރެ ގިނަ ޝަކުވާ ވަނީ ލިބިފައި: އެމްޑީޕީ
އެޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ޤާނޫނީ ކޮމިޓީގެ މެމްބަރު އިބްރާހީމް ޝިޔާމް ވިދާޅުވީ، އެޝަކުވާތަކަށް ބަލާއިރު، އޭގެ ތެރޭގައި ކުރީގެ އައިޑީ ކާޑުގައި ހުރި ފޮޓޯ ބޭނުންކުރުމާއި، ސޮއި ފޯޖު ކުރުމާއި، ފިންގަރޕްރިންޓް ފޯޖުކޮށްފައި ހުރުން ފަދަ ކަންކަން ހިމެނޭކަމަށެވެ.
16 Jan 2025
ޚަބަރު
ވަގުފޯމުތަކުގެ މައްސަލަ ތަޙްޤީޤުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދޭން އެމްޑީޕީން އެދިއްޖެ
އެޕާޓީން ހާމަކޮށްފައިވާ ގޮތުގައި، އެ މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕީޖީގައި ވެސް އެޕާޓީން ވަނީ އެދިފައެވެ. މީގެ އިތުރުން، ޕީއެންސީން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި، ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ޞައްޙަކަން އަލުން ކަށަވަރުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ވެސް ސިޓީއެއް ފޮނުވާފައިވާކަމުގައި އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.
15 Jan 2025
ޚަބަރު
އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުންނަށް ހުށައަޅައިފި
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، ޗާންދަނީ މަގުގައި ހުންނަ އެޕާޓީގެ ހަރުގެއަށް ކަޅުތެޔޮ ޖަހާފައި ވަނީ ރޭގެ މެންދަމު 1 ޖަހާ އެހާއިރުގައެވެ. ކަޅުތެޔޮ ޖަހާފައި ވަނީ އެ ހަރުގޭގެ ބޭރުގައި ހިއްޕާފައި ހުރި، ޕީއެންސީގެ މެމްބަރުންގެ ފޮޓޯތަކަކަށެވެ.
08 Jan 2025
ޚަބަރު
ޤާނޫނު އަސާސީގެ ދިފާޢުގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަން ނިންމައިފި
އެޕާޓީން މިރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ، ޤާނޫނު އަސާސީގެ ދިފާޢުގައި ކުރިޔަށް ގެންދާ މަގުމަތީގެ ހަރަކާތް މިޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ނިންމައި ފާސްކޮށްފައެވެ. މިއީ އިދިކޮޅު އެމްޑީޕީން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ދެކޮޅަށް މަގުމައްޗަށް މިގޮތަށް މުޒާހަރާއަށް ނުކުތުމަށް ނިންމި ފުރަތަމަ ނިންމުމެވެ. މީގެ ކުރިން ހުސްވި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުވެސް، އެމްޑީޕީން ވަނީ ޤާނޫނު އަސާސީގެ ދިފާޢުގައި އަލިމަސް ކާނިވަލުގައި ޖަލްސާއެއް ބާއްވާފައެވެ. އެޖަލްސާގައިވެސް ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.
10 Dec 2024
ޚަބަރު
ފަހަތަށް ނުޖެހި ސަރުކާރާއި ދެކޮޅަށް ނުކުތުމަށް ކުރީގެ ރައީސް ޞާލިޙް ގޮވާލައްވައިފި
ރައީސް ޞާލިޙް ވިދާޅުވީ، މިއަދު ކުރަންވީ ކަމަކީ ފަހަތަށް ނުޖެހި ނުކުތުން ކަމަށާއި، ރައްޔިތުން ނުކުތީމާ، ރައްޔިތުންގެ އަޑު އަހަން ސަރުކާރަށް މަޖުބޫރުވާނެ ކަމަށެވެ.