Advertisement

އެމްޑީޕީގެ ޗެއާރޕަރސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބުރޭ) ---

08 Mar 2025
ޚަބަރު

ކުރީ ސަރުކާރުގެ ފްލެޓް ލިސްޓުގައި ނެތް 577 މީހަކު ލިސްޓުގައި ހިމަނައިފި

ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ކުރީ ސަރުކާރުން އިއުލާނުކުރި 4000 މީހުންގެ ލިސްޓުގައި  ނުހިމެނޭ، 577 މީހަކު މިސަރުކާރުން ލިސްޓް ރިވިއުކޮށް އިއުލާނުކުރި އިރު އެލިސްޓުގައި ހިމަނާފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ސަރުކާރުގައި އިސްމަޤާމުތަކެއް ފުރުއްވި، އެމްޑީޕީގެ ޗެއާރޕަރސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ، މިސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ 577 މީހުންނަކީ، ކުރީ ސަރުކާރުން އިޢުލާނުކުރި 4000 މީހުންގެ ލިސްޓުގައި ނުވެސް ނެތް މީހުންކަމަށެވެ. އޭގެ އިތުރުން، 56 މީހެއްގެ މާކްސް މަތިކޮށްގެން އެމީހުންނަށް ފްލެޓް ލިބޭނެކަމަށް ކަނޑައަޅައި ލިސްޓުގައި ހިމަނާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވަހީދު ވިދާޅުވީ، ރިވިއުކުރާނީ 4000 ފްލެޓް ދީފައިވާ މީހުންގެ ލިސްޓުކަމުގައިވެސް މިިނިސްޓަރ މުއްޠަލިބު އޮތީ ވިދާޅުވެފައި ކަމަށެވެ.

"އެހެން ނަމަވެސް އޭގެ ބޭރުން އެބޭފުޅުން ބޭނުންފުޅުވާ 577 މީހުންގެ މައުލޫމާތު އަލުން ރިވިއުކޮށް އެމީހުންނަަށް ފްލެޓްދޭން ކަނޑައަޅާ އިއުލާނުކޮށްފައި އެބައޮތް. އެއީ ކުޑަ އަދަދެއްނޫން."

އެމްޑީޕީގެ ޗެއާރޕަރސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބުރޭ)

އިބްރާހީމް ވަހީދު ވިދާޅުވީ، ކުރީ ސަރުކާރުން ނެރުނު ލިސްޓާއި ކުޅެ ބަދަލު ގެނެސް މާކްސްވެސް ބަދަލުކޮށްފައި ވަނީ ކޮން ހަމަޔަކުންކަން އެނގެންވެސް ނެތް ކަމަށެވެ. 

އޭގެ އިތުރުން އިބްރާހީމް ވަހީދު ވަނީ، މިނިސްޓަރ ހައިދަރަކީ، ފްލެޓަށް ޝަރުޠުހަމަވާ މީހެއް ކަމުގައި ކަނޑައަޅާފައި އޮތީ ފްލެޓަށް ޝަރުޠުހަމަވާކަމަށް ބަލާފައިވާ 15751 މީހުންގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް ޑރ. ހައިދަރަށް ފްލެޓެއް ދޭން ކުރީ ސަރުކާރުން ހިމަނާފައި ނެތް ކަމަށާއި، ޝަރުޠުހަމަވާ އެހެން ނަމަވެސް ފްލެޓް ނުލިބޭ އެތައްހާސް ބަޔަކު ތިބި އިރު، ޑރ. ޢަލީ ހައިދަރުގެ ދެމަފިރި ކަނބަލުންނަށް ދޭން މިސަރުކާރުން ނިންމީ ކިހިނެއްތޯވެސް ސުވާލު އުފެދޭ ކަމުގައި އިބްރާހީމް ވަހީދު ވިދާޅުވެއެވެ.

ކޮމެންޓް
ބައިޑަން
ހިމެނެންޖެހެޔޭ އޭމިހެރެބޮޑުމޮޔަައާ
08 Mar 2025
ޓްރަންޕު
އެއްވެސްމައްސަލައެއްނެއްތިކަމުގާއެހެނީއެއީހައްގުވެތިން
08 Mar 2025
އެކުވެރި
ބަލަ އެމްޑީޕީ ސަރުކާރުން ކަން ކުރީ ކިހިނެއް
08 Mar 2025
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.