އެމް. ޑީ. ޕީ
އެމް. ޑީ. ޕީ
03 Feb 2024
ޚަބަރު
އެމްޑީޕީ ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓް ޑރ ޝަމްހީދު ކާމިޔާބު ކުރައްވައިފި
މިއިންތިޚާބުގައި އެދާއިރާގެ ވޯޓުލުން ކުރިޔަށް ގެންދިޔައީ، ހުޅުމާލެ ޤާސިމް ޕްރީ ސްކޫލުގައެވެ. ޑރ. ޝަމްހީދަށް 187 ވޯޓު ލިބުނު އިރު ދެން ވާދަކުރެއްވި ޙުސައިން ނަޒީފަށް ލިބިވަޑައިގަތީ 123 ވޯޓެވެ.
03 Feb 2024
ޚަބަރު
އެމްޑީޕީއަކީ ސުލްޙަވެރި ސިޔާސީ ހަރަކާތް ރާއްޖެއަށް ތަޢާރަފުކުރި ފަޚުރުވެރި ޕާރޓީ: ޢަބުދުﷲ ޝާހިދު
ޝާހިދު މިހެން ވިދާޅުވީ، މިއަދު ކުރިޔަށްދާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހެޔޮ އެދުންތައް ފޮނުއްވައި ކުރެއްވި ޕޯސްޓެއްގައެވެ. ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ޙަޔާތުގައި، މިއަދަކީ އަނެެއްކާވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުގައި އައު އިސްނެގުމެއް އެ ޕާރޓީން ނެގި ދުވަހެެއް ކަމަށެވެ. މިގޮތުން އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ އެޕާރޓީގެ މެންބަރުންވޯޓުލާގޮތަށް, ސިޔާސީ ޕާޓީ އަކުން ރާއްޖޭގައި ބާއްވާ ފުރަތަމަ މަޖިލީސް ޕްރައިމަރީއަކީ، އެމްޑީޕީގެ ޕްރައިމަރީކަން ޝާހިދު ފާހަގަކުރެއްވިއެވެ.
03 Feb 2024
ޚަބަރު
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ބޭއްވުމަށް، މުޅި ރާއްޖޭގައި އެޕާޓީން ވަނީ، 132 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ، އޭގެ ތެރޭގައި ހިމެނެނީ، މާލޭގައި ވޯޓު ލުމަށް ބަހައްޓާފައިވާ، 27 ފޮއްޓާއި އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާފައިވާ 95 ވޯޓުފޮއްޓެވެ.
02 Feb 2024
ޚަބަރު
ޑިމޮކްރެޓިކް ހަރަކާތް ސުލްހަވެރިކަމާ އަދި ފޯރީގައި ގެންދިއުމަށް އެމްޑީޕީ އޮތީ ތައްޔާރަށް: ފައްޔާޒް
އެމްޑީޕީގެ ޕްރައިމަރީ އަބަދުވެސް ވެފައި އޮންނަނީ، ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އިންތިޚާބަށެވެ. މާދަމާ މުޅި ރާއްޖޭގައި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުނެގުން ކުރިޔަށްދާނެއެވެ. މިޕްރައިމަރީގައި 149 ކެނޑިޑޭޓުން ވާދަކުރާނެއެވެ. އެއީ 40 އިންތިޚާބީ ދާއިރާއަކަށް ވާދަކުރައްވާ ކެނޑިޑޭޓުން ކަމުގައިވެސް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.
01 Feb 2024
ޚަބަރު
އެމްޑީޕީގެ އިތުރު ތިން ބޭފުޅަކަށް މަޖިލިސް ޓިކެޓް ކަށަވަރުވެއްޖެ
މިގޮތުން އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، ޕްރައިމަރީ އަކާއި ނުލައި ޕާޓީގެ ޓިކެޓް ކަށަވަރުވި ތިން ބޭފުޅުންނަކީ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ވަޙީދާއި، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބުދުއް ލަޠީފާއި، މާފަންނު އުތުރުދާއިިރާއަށް ވާދަކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ، އިފްޙާމް ޙުސައިންއެވެ.
31 Jan 2024
ޚަބަރު
އަސުރުމާ -3 އަށް ބޭރުގެ ސިފައިން އެރުމާއި ގުޅިގެން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
މި މައްސަލައަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބެލުމަށް އެމްޑީޕީން ގޮވާލާކަމަށެވެ. އަދި, ރާއްޖޭގެ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ ސަރުކާރާ މި މައުލޫމާތު ވީ އެންމެ އަވަހަށް ހިއްސާކޮށް އެއިން ގައުމެއްގެ އަސްކަރިއްޔާ މިކަމުގައި ޝާމިލުވޭތޯ ބެލުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.
31 Jan 2024
ޚާދިމް
އަޅުގަނޑު އަބަދުވެސް ހުންނާނީ ތެދުވެރިކަމާ އިހުލާސްތެރިކަމާއެކު: ނަޒީފް
"ނޫން" ގެ ޚާދިމް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ހުސެއިން ނަޒީފު ބުނީ އޭނާއަކީ ދުވަހަކުވެސް ސިޔާސީ ގޮތުން މީހެއްގެ ދަށުވާނެ މީހެއް ނޫންކަމާއި، އޭނާ އަބަދުވެސް ހުންނާނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ތެދުވެރިކަމާ އެހުލާސްތެރިކަމާއެކުގައިކަމެވެ.
31 Jan 2024
ޚަބަރު
ޕީޖީ ޝަމީމަށް ދިން ހަމަލާ އެމްޑީޕީން ކުށްވެރިކޮށްފި
މާލޭ ނޫރު މިސްކިތް ކައިރިން ޕީޖީ ޝަމީމަށް މަރުތޭލަކުން ބަޔަކު ދިން ހަމަލާ ކުށްވެރިކޮށް، އެމްޑީީޕީން އާއްމުކުރި ބަޔާނުގައި ބުނެފައި ވަނީ، ޖެހިލުމެއްނެތި މިފަދަ ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިންނާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާހުރެ އެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން ކަމުގައި އެމްޑީޕީން ޤަބޫލުކުރާ ކަމަށެވެ.
31 Jan 2024
ޚާދިމް
އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވާދަކުރާ ހައްވާ މުޙައްމަދުގެ ތަޞައްވަރު
އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ހައްވާ މުހައްމަދަކީ ގާނޫނު ހަދާ މަޖިލީހުގެ ޚަބަރުތައް ގެނެސްދިން ނޫސްވެރިއެއްގެ ގޮތުގައި ހޭދަކުރި 12 އަހަރުގެ ތަޖުރިބާއާއެކު، މަޖިލީހުގެ މަސައްކަތަށް ރޯފިލައި، ދާއިރާގެ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ބޭނުންވެފައި ހުރި ކަނބަލެކެވެ.
28 Jan 2024
ޚަބަރު
މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުނަށް ރުހުން ދިނުމަށް މިއަދު ބޭއްވި އެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހުރަސް އަޅައި މުޅި މަޖިލީހުގެ ނިޒާމު ގެއްލުވާލުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވާއިރު އެ ވޯޓު ނެގުމަށް ސަރުކާރު މެމްބަރުން ފުރުސަތު ނުދެނީ ޑިމޮކްރަޓިކް ޕްރޮސެސްއަށް ހުރަސް އެޅުމަށް ކަމުގައި ދެކޭ ކަމުގައިވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
25 Jan 2024
ޚަބަރު
ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އާދީއްތަ ދުވަހު ބާއްވަނީ
ދައުރުން ބޭރުން ބާއްވާ ޖަލްސާގައި ކުރާނެ ކަންކަމުގެ ތެރޭގައި، އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނަށް ހުށައަޅާ އިންތިޚާބުތައް ރޯދަމަހުގެ ތެރޭގައި ނުބޭއްވުމަށް ކަނޑައަޅައި ޤާނޫނު އިސްލާޙްކުރުމުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އަދަދު ކަނޑައެޅުމުގެ ބިލާއި، ވަޒީރުންނަށް ރުހުން ދިނުން މަސައްކަތްވެސް ހިމެނޭނެކަމަށް އެމްޑީޕީއާ ދަ ޑިމްކޮސްރެޓްސްއިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.
24 Jan 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދާއި ސިޔާސީ މަޤާމުތަކުގެ އަދަދު ލިމިޓް ކުރަން ޤާނޫނުތައް އިސްލާޙް ކުރަނީ
އެމްޑީޕީއާ ދަ ޑިމޮކްރެޓްސްގެ އިސްބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ވިދާޅުވީ، ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރަން ޖެހޭ ކަމަށާއި، އުއްމީދު ކުރެއްވީ މިސަރުކާރުން އެފަދަ މަސައްކަތްތަކެއް ކުރައްވާނެކަން ކަމަށެވެ.
24 Jan 2024
ޚަބަރު
ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހަފްތާގައި ބާއްވަނީ
އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީއާ ދަޑިމޮކްރެޓްސްއިންވެސް ވަނީ، ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ހުށައަޅާފައިވާ ކަން ހާމަކޮށްފައެވެ. ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވީ، މަޖިލީހުގެ ރައީސަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ހުށައަޅާފައިވާ ކަމަށާއި، އެޖަލްސާ އަންނަ ހަފްތާގައި ބޭއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
24 Jan 2024
ޚަބަރު
ދެޕާޓީން އެއްބަސްވީ މަޖިލީހުގެ ތެރެއިން ގުޅިގެން މަސައްކަތް ކުރުމަށް، މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ ވަކިން
ދެޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެން މިއަދު ހަވީރު، ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގައި، އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ، މަޖިޅީހަށް ހުށައަޅަން ތައްޔާރުވަމުންދާ ބިލްތަކުގެ މަސައްކަތްތަކުގައި ދެޕާޓީން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދެޕާޓީން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާއެއް ނުކުރާ ކަމަށާއި، އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާތަކަށްވެސް ވާދަކުރާނެ ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.
24 Jan 2024
ޚަބަރު
މަޖިލިސް އިންތިޚާބަށް ދަ ޑިމޮކްރެޓަސްއިން އެމްޑީޕީއާ ގުޅެނީ
އެމްޑީޕީއާ ދަ ޑިމޮކްރެޓްސްގެ އިސްބޭފުޅުން މިހަފްތާގައި ވަނީ ބައްދަލުކޮށްފައެވެ. މިގޮތުން ދަ ޑިމޮކްރެޓްސްގައި އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންނާއި އެމްޑީޕީގެ އިސްބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމާއި ގުޅޭ މައުލޫމާތެއް ދެޕާޓީން މިހާތަނަސް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެދެޕާޓީގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު އޮންނާނެކަން މިހާރު ވަނީ އިޢުލާނުކޮށްފައެވެ.
22 Jan 2024
ޚަބަރު
ކެނޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި
ރައްޔިތުންގެ މަޖިލިސް އިންތީޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.