އެމް. ޑީ. ޕީ
25 Sep 2024
ޚަބަރު
ބަންދުގައި ތިބޭ މިހުން މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުންދާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
އެކަމާއި ގުޅިގެން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި 62 އަހަރުގެ ފިރިހެނަކު މާފުށީ ޖަލުގައި މިއަދު އަމިއްލައަށް މަރުވިކަމުގެ ހިތާމަވެރި ޚަބަރު ލިބިފައިވާތީ، ޖަލު ބަންދުގައި ތިބޭ މިހުން މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުންދާކަން ފާހަގަކޮށް، އެ މައްސަލައިގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކަންބޮޑުވުން ފާޅުކުރާކަމަށެވެ.
25 Aug 2024
ޚަބަރު
ފައްޔާޒުގެ ރައްދު ސަޢީދަށް: ވިދާޅުވީ، ސަރުކާރުގައި ޤާބިލް ކަމެއް ނެތް ކަމަށް!
ފައްޔާޒު ވަނީ، ރާއްޖެ އިޤުތިޞާދީ އަމާން ބަނދަރަކަށް ގެންގޮސްދެއްވުން އެދޭ ކަމަށާއި، އެހެން ނަމަވެސް މިސަރުކާރުގައި އެފަދަ ތަޞައްވަރެއް އަދި ޤާބިލް ކަމެއްވެސް ނެތްކަން ފާހަގަކުރައްވާފައެެވެ.
11 Aug 2024
ޚަބަރު
އިންޑިއާގެ ފޮރިން މިނިސްޓަރ އެމްޑީޕީގެ ރައީސާއި ބައްދަލުކުރައްވައިފި
ދެބޭފުޅުންގެ މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ، ރާއްޖެއާ އިންޑިއާގެ ގުޅުން ކުރިއަށް އޮތްތަނުގައި ބަދަހިކޮށް ކުރިއެރުވޭނެ ގޮތްތަކާއި ގުޅޭ ގޮތުން ކަމުގައިވެސް ދެބޭފުޅުންގެ ފަރާތްޕުޅުން ނެރުއްވާފައިވާ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
02 Aug 2024
ޚަބަރު
ފަލާހްގެ މައްޗަށް އާޒިމް ބޮޑު ކާމިޔާބެއް ހޯއްދަވައިފި
މިއަދު ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ދާއިރާތަކުގެ ބައި-އިލެކްޝަންގައި މާލެ ދާއިރާގެ ރައީސް ކަމަށް ވާދަކޮށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހުގެ މައްޗަށް މާލޭގެ މޭޔަރު އާދަމް އާޒިމް ބޮޑު ކާމިޔާބީއެއް ހޯއްދަވައިފިއެވެ.
02 Aug 2024
ޚަބަރު
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ދާއިރާތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި
މިއަދު ބާއްވާ ބައި-އިލެކްޝަންގެ ވޯޓު ނެގުން ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައި ވަނީ، މެންދުރު ފަހު 2:30 އިން ރޭގަނޑު 9:00 އަށެވެ.
02 Aug 2024
ޚަބަރު
ޒުވާނުންނަކީ މާދަމާގެ ލީޑަރުންނޭ ބުނެ ހައްދާލައިގެން ގެންގުޅުމުގެ ބަދަލުގައި ޒުވާނުން ލީޑަރުންނަށްވުމަށް ފުރުޞަތު ދޭންވީ މިއަދު: އައިކު
އުމުރުން 18 އަހަރުންފެށިގެން އެމްޑީޕީއާ ގުޅިވަޑައިގެންނެވި، އައިކްގެ އަމާޒަކީ، ސިޔާސީ ގޮތުން ބަދަލުވެފައިވާ މިޒަމާނުގައި އެމްޑީޕީގެ ކުރިމަގު އަލުން އުޖާލާކޮށް ޒުވާނުންގެ ބާރުވެރިކަމާއި ވިސްނުން ފުޅާކޮށް ޕާޓީއަށް އިތުރު ކުރިއެރުން ހޯދައި ދިނުމެވެ. އެމްޑީޕީގެ އެތެރޭގެ ބައިބައިވުންތަކުން ނުކުތް ނަތީޖާއެއްގެ ގޮތުގައި، ބޮޑު ދެ އިންތިޚާބު (ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު)ގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޕާޓީގެ ކުރިމަގާއި މެދު ސުވާލު އުފެދުނު މިދަނޑިވަޅުގައި އެމްޑީޕީއާއިގެން ދެން ކުރިޔަށް ދާންވީ ޒުވާނުން ކަމުގައި، އަދި އެފުރުޞަތު ލިބެންވީ ޒުވާނުންނަށް ކަމުގައި އައިކު ފާހަގަކުރިއެވެ.
01 Aug 2024
ޚަބަރު
މާދަމާ އޮންނަ އެމްޑީޕީގެ ބައި އިލެކްޝަންގެ ވޯޓު ފޮށިތައް ބަހައްޓާ ބައެއް ތަންތަނަށް ބަދަލު ގެނެސްފި
އެޕާޓީން ހާމަކުރައްވާފައިވާ ގޮތުގައި، 20 ދާއިރާގެ މީހުން ވޯޓުލާ މަރުކަޒުތަކަށް ބަދަލު ގެނެސްފައިވެއެވެ. މިގޮތުން ވޯޓުލާ މަރުކަޒުތަކަށް އައި ބަދަލުތަކާއި ދާއިރާތަކުގެ ފޮށިތައް މިހާރު ހުންނާނޭ ތަންތަން އެޕާޓީން މިއަދު ވަނީ އާއްމުކޮށްފައެވެ.
25 Jul 2024
ޚަބަރު
އެމްޑީޕީގެ ނައިބު ރައީސަކަށް ހިސާން
އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސަކަށް، ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ޙުސައިން ޢައްޔަންކުރަން އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ. ހިސާން މި މަގާމަށް އައްޔަނު ކުރުމަށް ފާސްވީ ގައުމީ މަޖިލީހުގެ އިއްތިފާގުންނެވެ.
04 Jul 2024
ޚަބަރު
ރައީސް މުއިއްޒު ޢަމަލުކުރައްވަނީ ޤާނޫނާއި ޚިލާފަށް: އެމްޑީޕީ
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ފަހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޕާޓީގެ މަޖިލިސް މެމްބަރުން ވަނީ، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު ހާމަ ނުކޮށް ހިފަހައްޓާތީ އެކަމާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެކަން ކުއްވެރިކޮށްފައެވެ.
01 Jul 2024
ޚަބަރު
އެމްޑީޕީގެ ޤައުމީ މަޖިލީހުން ހުސްވެފައިވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި މި ބައި އިލެކްޝަންގެ ވޯޓުލުން އޮންނާނީ، 02 އޯގަސްޓް 2024 ވާ ހުކުރު ދުވަހުއެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 07 ޖުލައި 2024 ވާ އާދިއްތަ ދުވަހު މެންދުރު 2:00 ގެ ކުރިން ހުށައަޅުއްވަން ޖެހޭނެ ކަމުގައިވެސް އެޕާޓީން ވަނީ ބުނެފައެވެ.
30 Jun 2024
ޚަބަރު
ސަރުކާރަށް ދިމާވެގެން އުޅެނީ މާލީ ގޮންޖެހުންތައް މެނޭޖް ކުރަން ނޭނގުމުގެ މައްސަލަ: އަމީރު
ކުރީގެ މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، ރާއްޖޭގެ ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތު ދަށްވަމުން ދިއުމާމެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
26 Jun 2024
ޚަބަރު
ރައްޔިތުންނަށް އިތުރު ކުރިއެރުން ހޯދައިދިނުމުގައި އެމްޑީޕީ ދެމި އޮންނާނެ: ރައީސް ޞާލިޙް
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ރައްޔތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އުފެދުނުތާ 19 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ފޮނުއްވި ތަޙްނިޔާގެ މެެސެޖުގައެވެ. އެމަނިކުފާނު ވަނީ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާއާއި މުބާރިކްބާދީ ޕާޓީގެ ލީޑަރޝިޕާއި ޕާޓީގެ އެންމެ މުހިއްމު ރައުސްމާލުކަމުގައިވާ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ފޮނުއްވާފައެވެ.
30 May 2024
ޚަބަރު
އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ޤާނޫނަށް އިސްލާޙް ހުށައަޅައިފި
ބިލް ހުށައެޅުއްވި ސަބަބެއްގެ ގޮތުގައި މީކާއިލް ބަޔާން ކުރައްވާފައި ވަނީ، އިޒްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ޤަތުލުއާއްމާއި ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ. އަދި އިޒްރާއީލްގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ގޮވާލާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށްފައި ވީނަމަވެސް، ސަރުކާރުން މިހާތަނަށް މިކަމުގައި އަަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައި ނުވާތީ، އަދި މިކަން ކުރެވޭނެ ވަކި މުއްދަތެއްވެސް އެނގެން ނެތަތީ ސީދާ ޤާނޫނަށް ބަދަލު ގެނެސްގެން ފިޔަވަޅު އެޅުން އަަވަސް ކުރުމަކީވެސް މިބިލް ހުށައެޅުއްވި ސަބަބެއް ކަމުގައި މީކާއީލް ފާހަގަ ކުރައްވާފައެވެ.
26 May 2024
ޚަބަރު
ދިރާސީ އަހަރަށް އެޑިޔުކޭޝަނުން ތައްޔާރުވެފައި ނެތްކަމަށް ބުނެ އެމްޑީޕީން ފާޑު ކިޔައިފި
ދިރާސީ އައު އަހަރު މިއަދު ފެށިގެން ދިޔުމާއި ގުޅުވައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ގިނަ ބެލެނިވެރިން ދަނީ ސްކޫލު ހުޅުވުނު އިރުވެސް ދަރިވަރުންގެ ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތައް ކުރަމުން ކަމަށެވެ. އަދި ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުންދަނީ ކުރަމުން ކަމަށާއި އަދި އެކަމާއި ނުރުހިގެން ސޯޝަލް މީޑިޔާގައި މުވައްޒަފަކު ޚިޔާލެއްފާޅުކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އަޅާކަމުގެ ޝަކުވާތައްވެސް ލިބެމުންދާ ކަމުގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
04 May 2024
ޚަބަރު
ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހު އެމްޑީޕީން ފާޅުކުރީ ނޫސްވެރިކަމަށް ހުރި ކަންބޮޑުވުންތައް!
އެމްޑީޕީގެ ބަޔާނުގައި ވަނީ، ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާ ކަމަށް ތުހުމަތުތައް ކޮށްފައެވެ. މިގޮތުން މިސަރުކާރުގައި، ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ބްލޮކް ކޮށް ހިޔާލު ފާޅުކުރުމަށް ވަނީ ހުރަސް އެޅުމާއި، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ރާވައި އިންތިޒާމުވެގެން, ރަސްމީ އިދާރާތަައް މެދުވެރިކޮށް, ކަންކަމުގެ ހަގީގަތް ކަނޑައެޅިގެން އޮޅުވާލުމަށް ވަނީ މަސައްކަތްކޮށްފައި ކަމާއި، ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް އެ އޮފީހުގެ އުސޫލުތައް ކުއްލި ގޮތަކަށް ބަދަލުކުރިކަމަށް ބުނެފައިވެއެވެ.
03 May 2024
ޚަބަރު
ބޮޑު ދެ އިންތިޚާބުން ބަލިވި ސަބަބު ދެނެގަތުމަށް އެމްޑީޕީން ދިރާސާއެއް ކުރަނީ
އެޕާޓީން ބުނީ، އެގޮތަށް ނިންމާފައި ވަނީ، ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން އެ ޕާޓީ ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް މަޝްވަރާކުރުމަށް ބުދަ ދުވަހުގެ ރޭގައި ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުުުމުގައި ކަމަށެވެ. ޤައުމީ މަޖިލީހުގެ އެބައްދަލުވުުމުގައި، އެމަޖިލީހުގައި ހިމެނޭ 50 ވުރެ ގިނަ މެމްބަރުން ބައިވެރިވިއެވެ.