Advertisement

މާރިޔާ އަހްމަދު ދީދީ --

24 Jan 2025
ޚަބަރު

މާރިޔާ ވިދާޅުވަނީ ރައީސް ޑރ. މުޢިއްޒު އުޅުއްވަނީ ތިން ބާރު އެއްކޮށްލައްވައިގެން ކަމަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުޅުއްވަނީ، ތިންބާރުވަކިކޮށްފައިވާ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމްތައް އެއްކޮށްލައްވައި މުށަށް ލައްވައިގެން ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ، ރޭ އެމްޑީޕީން ބޮޑިބަތް ޕާކުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ، މިއަދު މަޖިލީހުގައި ހުރިހާ ގޮނޑިއެއްގައި އެ އިންނެވީ ރައީސް މުއިއްޒު ކަމަށާއި، ފަނޑިޔާރުގޭގެ ގޮނޑިތަކުގައި ވެސް އެ އިންނަވަނީ ރައީސް މުއިއްޒު ކަމަށެވެ. އަދި ސާފުކޮށް ޑީއެންއާރު މެދުވެރިކޮށް ވަޒީރުން އިސްވެ ތިއްބަވައި އައިޑެންޓިޓީ ވަގަށް ނަގަމުންދާއިރު ވެސް ފިޔަވަޅެއް ނޭޅުނު ކަމުގައި ވިދާޅުވެ މާރިޔާ ވަނީ ފާޑު ވިދާޅުވެފައެވެ.

"އެމްޑީޕީއަށް އެނިސްބަތްވާ މަދު މެމްބަރުންކޮޅު ފިޔަވައި، މިހާރު ހުރިހާ ގޮނޑިއެއްގައި އެ އިންނަަވަނީ ރައީސް މުއިއްޒު. ސްޕީކަރަކަށް އިންނަވަނީ ރައީސް މުއިއްޒު. ދެއިންނަ މީހަކަށް އިންނަނީ ރައީސް މުއިއްޒު. އަދި ހަމަ އެހެންމެ ފަނޑިޔާރުން ޢައްޔަނުކޮށް ވަކިކުރަނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާތީ، އެފަނޑިޔާރު ގޭގެ ގޮނޑިތަކުގައިވެސް އިންނަވަނީ، ރައީސް މުއިއްޒޭ ބުންޏަސް އެ ދޮގަކަށް ނުވާނެ."

މާރިޔާ އިތުރަށް ވިދާޅުވީ މިނިވަން މުއައްސަސާތަކުގައިވެސް ކަންކަން ހިނގަމުން ދަނީ އެހެން ކަމަށެވެ. އަދި ވަޒީރުން އިސްކޮށް ތިއްބަވައިގެން، ރައްޔިތުންގެ މައުލޫމާތު ވަގަށްނަގައި ޕާޓީއަށް މީހުން ވައްދަމުންދާއިރު، އެޅޭ ފިޔަވަޅެއް ނެތްކަމުގައިވެސް މާރިޔާ ވިދާޅުވިއެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްކޮށް ހުންނެވި ޕާޓީ ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް އިރު އެޕާޓީން ޤާނޫނު އަސާސީއަށް ގެންނަމުންދާ ބަދަލާއި، ޤާނޫނުތަކަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ނިޒާމްތައް އޮޅު ބާރުތައް އެއްވެގެން ދާނޭ ކަމުގައި އިދިކޮޅު އެމްޑީޕީން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.