Advertisement

ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި)

06 Apr 2025
ދަ ޑިމޮކްރެޓްސް

ރައީސް ނަޝީދުގެ ޚިޔާލަށް ޑެމްސްގެ ރައީސް އިންތި ތާއީދުކޮށްފި

ރާއްޖެއަށް މިވަގުތު އެންމެ ރަގަޅު ގޮތަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅުންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބުނިބުނުމަށް، ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި) މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ނަޝީދު ސޯޝަލް މިޑިއާގައި ފާޅުކުރެއްވި މި ޚިޔާލާ ގުޅިގެން އިންތި އެ ޕޯސްޓުގައި ލިޔުއްވާފައިވަނީ "ރައީސް މުހައްމަދު ނަޝީދުގެ މި ވިސްނުންފުޅަށް މަރުޙަބާ ދަންނަވަން" ކަމަށެވެ.

ނަޝީދުގެ ހުށަހެޅުމަށް އިމްތިޔާޒު މަރުހަބާ ދަންނަވާފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ ނަޝީދުގެ ހުށަހެޅުމާ އެއްކޮޅަށް ވާހަކަ ދައްކަވައިފައެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅެން މިއަދު ނަޝީދު ގޮވައިލެއްވިއިރު، އެ ދެ ޕާޓީ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ޑިމޮކްރެޓްސް އުފައްދާފައި ވަނީ އެމްޑީޕީގައި ކުރިން އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި އެކުގައެވެ. ސީދާ ރަސްމީކޮށް އެކުގައި މަސައްކަތް ނުކުރި ނަމަވެސް ޤާނޫނުއަސާސީ ދިފާއުކުރުމާއި، ވެރިކަމުގެ ބާރުތައް ވަކިވެފައި އޮތުމާއި، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ދެމެހެއްޓުން ފަދަ ކަންކަމުގައި މި ދެ ޕާޓީގެ ޚިޔާލު އެއް ގޮތްކަން ފާހަގަކުރެވެއެެވެ.

ޑިމޮކްރެޓްސް އެފެދުނީ އެމްޑީޕީގެ ޗެއާރޕާސަން އިންތިހާބަށް ކެމްޕެއިން ކުރިއިރު އުފެދުނު ހިޔާލުތަފާތުވުންތަށް ގޯހުން ގޯހަށް ގޮސް، އެމްޑިޕީގެ ރިޔާސީ ޓިކެޓު ހޯދުމަށް ޕާޓީގެ އެތެރޭގައި ބޭއްވި އިންތިހާބުން ރައީސް ނަޝީދު ބަލިވުމަށްފަހު، އެ މަނިކުފާނު އިސްކޮށް ހުންނަވައިގެންނެވެ.

ކޮމެންޓް
މުޚުތާރު
And say, "Truth has come, and falsehood has departed. Indeed is falsehood, [by nature], ever bound to depart."
06 Apr 2025
ހުސަެނުބެ
ޖެހޭނީ ތާއީދު ކުރަން! އެތިބީ ގޮތް ހުސްވެ އަރާނެ ގޮޅިއެއް ނެތިފަ! އެކަމަކު ތިޔަ ބައިގަނޑު ވައްދައިފިއްޔާ އަހަރުމެން ސަލާމެވެ. އެމްޑީޕީ ގެ ހަލާކު ތިޔައީ!
06 Apr 2025
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.