ދަ ޑިމޮކްރެޓްސް
ދަ ޑިމޮކްރެޓްސް
03 Feb 2024
ޚަބަރު
ދެ ދާއިރާއަށް ކެނޑިޑޭޓުން ހޮވުމަށް ދަ ޑިމޮކްރަޓްސްގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް
މި އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރުމަށް ދަ ޑިމޮކްރެޓްސްއިން ހުޅުވާލި ފުރުސަތުގައި، އެއް ކެނޑިޑޭޓަށް ވުރެން ގިނަ ކެނޑިޑޭޓުން ކުރިމަތިލި ދާއިރާތަކުގައި ބައްވާ، އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ އިންތިހާބު ފެށިގެން ކުރިޔަށް އެބަދެއެވެ.
31 Jan 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ވަނީ ޤާނޫނު އަސާސީގެ ޙުރުމަތް ކަނޑުއްވާފައި: ދަ ޑިމޮކްރެޓްްސް
ރައީސުލްޖުމްހޫރިއްޔާ ޢަމަލުކުރެއްވި ގޮތް ކުއްވެރިކޮށް، ދަ ޑިމޮކްރެޓްސްއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަންކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތްކަނޑާލުން ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދުމަށް، އެ ވަޒީރުންގެ ނަންތަކެއް އަލުން އަނބުރާ ނުފޮނުވޭނެ ކަމަށެވެ.
25 Jan 2024
ޚަބަރު
މިނިސްޓަރުކަމާއި ކުންފުނިތަކުގެ ވަޒީފާތައް ބޭނުންކަމުގައި ދެންނެވިން: ޙަސަން ލަޠީފް
ޙަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގެ ވަޒީރުކަމާއި ކުންފުނިތަކުން ވަޒީފާވެސް ދަ ޑިމޮކްރެޓްސްއަށް ބޭނުންވާކަން، ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމުގައި ޢަބުދުއްރަހީމް ހުންނެވި އިރު އެމަނިކުފާނާއި އެކުގައި އަދި މިފަހުން ރައީސް ޑރ. މުޢިއްޒާއިއެކު ބޭއްވެވި ބައްދަލުވުންތަކުގައިވެސް ހިއްސާކުރެއްވި ކަަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ މަޤާމުތަކަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން އަންނާނީ އެޕާޓީގެ ސިޔާސަތުތައް ސަރުކާރުން ޤަބޫލު ކުރައްވައި އެކަމަށް މަސައްކަތް ކުރައްވާކަމަށް ވާނަމަ ކަމަށްވެސް ދެންނެވި ކަމުގައި، ޙަސަން ލަތީފު ވިދާޅުވި އެވެ.
25 Jan 2024
ޚަބަރު
ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އާދީއްތަ ދުވަހު ބާއްވަނީ
ދައުރުން ބޭރުން ބާއްވާ ޖަލްސާގައި ކުރާނެ ކަންކަމުގެ ތެރޭގައި، އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނަށް ހުށައަޅާ އިންތިޚާބުތައް ރޯދަމަހުގެ ތެރޭގައި ނުބޭއްވުމަށް ކަނޑައަޅައި ޤާނޫނު އިސްލާޙްކުރުމުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އަދަދު ކަނޑައެޅުމުގެ ބިލާއި، ވަޒީރުންނަށް ރުހުން ދިނުން މަސައްކަތްވެސް ހިމެނޭނެކަމަށް އެމްޑީޕީއާ ދަ ޑިމްކޮސްރެޓްސްއިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.
24 Jan 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދާއި ސިޔާސީ މަޤާމުތަކުގެ އަދަދު ލިމިޓް ކުރަން ޤާނޫނުތައް އިސްލާޙް ކުރަނީ
އެމްޑީޕީއާ ދަ ޑިމޮކްރެޓްސްގެ އިސްބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ވިދާޅުވީ، ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރަން ޖެހޭ ކަމަށާއި، އުއްމީދު ކުރެއްވީ މިސަރުކާރުން އެފަދަ މަސައްކަތްތަކެއް ކުރައްވާނެކަން ކަމަށެވެ.
24 Jan 2024
ޚަބަރު
ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހަފްތާގައި ބާއްވަނީ
އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީއާ ދަޑިމޮކްރެޓްސްއިންވެސް ވަނީ، ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ހުށައަޅާފައިވާ ކަން ހާމަކޮށްފައެވެ. ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވީ، މަޖިލީހުގެ ރައީސަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ހުށައަޅާފައިވާ ކަމަށާއި، އެޖަލްސާ އަންނަ ހަފްތާގައި ބޭއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
24 Jan 2024
ޚަބަރު
ދެޕާޓީން އެއްބަސްވީ މަޖިލީހުގެ ތެރެއިން ގުޅިގެން މަސައްކަތް ކުރުމަށް، މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ ވަކިން
ދެޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެން މިއަދު ހަވީރު، ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގައި، އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ، މަޖިޅީހަށް ހުށައަޅަން ތައްޔާރުވަމުންދާ ބިލްތަކުގެ މަސައްކަތްތަކުގައި ދެޕާޓީން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދެޕާޓީން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާއެއް ނުކުރާ ކަމަށާއި، އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާތަކަށްވެސް ވާދަކުރާނެ ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.
24 Jan 2024
ޚަބަރު
މަޖިލިސް އިންތިޚާބަށް ދަ ޑިމޮކްރެޓަސްއިން އެމްޑީޕީއާ ގުޅެނީ
އެމްޑީޕީއާ ދަ ޑިމޮކްރެޓްސްގެ އިސްބޭފުޅުން މިހަފްތާގައި ވަނީ ބައްދަލުކޮށްފައެވެ. މިގޮތުން ދަ ޑިމޮކްރެޓްސްގައި އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންނާއި އެމްޑީޕީގެ އިސްބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމާއި ގުޅޭ މައުލޫމާތެއް ދެޕާޓީން މިހާތަނަސް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެދެޕާޓީގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު އޮންނާނެކަން މިހާރު ވަނީ އިޢުލާނުކޮށްފައެވެ.
21 Jan 2024
ޚަބަރު
އިހުމާލުވި ފަރާތްތަކުގެ މަސައްލަތައް ބެލުމަށް ދަ ޑިމޮކްރެޓްސްއިން ގޮވާލައިފި
03 Dec 2023
ޚަބަރު
ދަ ޑިމޮކްރެޓްސްގެ އިންތިޚާބުގެ ނަތީޖާ އިއުލާނު ނުކުރެވި ތުހުމަތުތައް އަމާޒުވެއްޖެ
ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށް ކަމަށް ބުނެ ރައީސް ނަޝީދު އިސްވެހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާތައް އިޢުލާނު ނުކުރެވި ތުހުމަތުތައް އަމާޒުވެއްޖެއެވެ.
12 Nov 2023
ޚަބަރު
ނަޝީދުގެ މައްސަލައިގައި ޑިމޮކްރެޓްސްއަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތައް ހަދަން ހުށައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމަށް ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ގެންދާއިރު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެންބަރަކަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތަށް ނިންމައިދިނުމަށް އެދިއްޖެއެވެ.
06 Nov 2023
ޚަބަރު
އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދިޔުމާއި ގުޅޭ ގޮތުން ސްޕްރީމްކޯޓުގައި ކުރިޔަށް ދިޔަ މައްސަލައިގެ އަޑުއެހުންތައް މިއަދު ނުނިމުނީ ޑިމޮކްރެޓްސްގެ ސަބަބުން
ރައީސް ނަޝީދު ނިސްބަތްވާ ޕާޓީން އެމަައްސަލައިގެ ތެރެއަށް ތަދައްޚުލްވީ އިއްޔެއެވެ. އެޕާޓީގެ ވަކީލު ކޯޓުގައި ބުނީ، މައްސަލައާގުޅޭ ލިޔެކިޔުންތައް ޕާޓީއަށް ލިބުނީ ރޭ 10:00 ހާއިރުގައި ކަމަށެވެ. އެހެންވެ އެޕާޓީން ހުށައަޅަން ބޭނުންވާ ނުކުތާތައް ހުށައެޅުމަށް މިއަދަށް ތައްޔާރު ނުވެވޭކަމަށް ބުނެ މާދަމާ ފުރުޞަތެއް ދިނުމަށް އެޕާޓީގެ ފަރާތުން އެދުނެވެ.
05 Aug 2023
ޚަބަރު
ދަ ޑިމޮކްރެޓްސްއާ ގުޅނު ބައެއް މެމްބަރުން އަލުން އެމްޑީޕީއާ ގުޅެން ފަށަައިފި
ދަ ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، ރަސްދޫ ކައުންސިލްގެ ރައީސް ނާހިދު އަދި އެކައުންސިލްގެ ނައިބު ރައީސް އަނިލްއެވެ. އެބޭފުޅުން ވަނީ، އަލުން އެމްޑީޕީއަށް ސޮއެކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މެމްބަރޝިޕް ފޯމް އަރުވާފައެވެ.
12 Jul 2023
ޚަބަރު
އިލެކްޝަންސް ކޮމިޝަނުން ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށްދީފި
އެކޮމިޝަނުން ބުނީ، " ދަ ޑިމޮކްރެޓްސް” ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ، "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު ހިމަނާފައިވާ ކަމަށެވެ. އަދި ދަޑިމޮކްރެޓްސްގެ ރަޖިސްޓަރީ ޙަވާލުކުރުމުގެ ބައްދަލުވުމެއްވެސް މިއަދު ވަނީ ބާއްވާފައެވެ.
03 Jul 2023
ޚަބަރު
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި
ދަ ޑިމޮކްރެޓްސްއަކީ ސީދާ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕާޓީ ޓިކެޓެއް ދެއްވުމަށް އުފައްދަވާ ޕާޓީއަކަށްވާއިރު، އެޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދަށް ނާކާމިޔާބުވެވަޑައިގެންނެވުމުން، އެމްޑީޕޫގެ ތެރޭގައި ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކިފެކްޝަނެއް އުފައްދަވައިގެން އުޅުއްވި ބޭފުޅުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، އެޖަލްސާ އޮންނާނީ، މިހިނގާ ޖުލައިމަހުގެ 5 ވާ ބުދަދުވަހުގެ ރޭ، 8:30ގައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ހޯލުގައެވެ. ސިޔާސީ ޕާޓިއެއް އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއެ ހަމަކޮށްފައިވާތީ، ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން، އެޕާޓީގެ މަސްޢޫލުވެރިޔާ ޙަސަން ލަޠީފަށް ދެއްވާފައި ވަނީ އިއްޔެއެވެ.
02 Jul 2023
ޚަބަރު
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަދީފި
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ. އެހުއްދަ މިއަދު ދެއްވާނެކަން ޢީދު ބަންދު ތެރޭގައިވެސް، ޙަބީބު އޮތީ ވިދާޅުވެފައެވެ.