Advertisement

ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރު، އަލްއުސްތާޛު ޙަސަން ލަޠީފް --

03 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް މަޖިިލިސް ބޭއްވުމަށް ގޮވާލައި މަޖިލީހަށް މައްސަލަ ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް، އާއްމު އުސޫލުން މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަޠީފް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހަސަން ލަޠީފް އެ މައްސަލަ ހުށައަޅުއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

މެމްބަރު ޙަސަން ލަޠީފް ވިދާޅުވީ، ޖަލްސާތައް ނުބާއްވައި ހުއްޓާލައިގެން ނުވާނެ ކަމަށާއި ނިންމަން ހުރި މުހިއްމު އެތައް މަސައްކަތެއް މަޖިލީހުގައި އެބަހުރިކަމަށެވެ.

މެމްބަރު ހަސަން ލަޠީފް މަޖިލީހަށް ހުށައެޅި މައްސަލައިގައި ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 47 ވަނަ މާއްދާގައި މަޖިލީހުގެ ދައުރުތެރޭގައި ހިނގާ އާއްމު ޖަލްސާތައް ހަފްތާއަކު 3 ދުވަހު ބާއްވަން ވާނެކަމަށް ބަޔާންކޮށްފައިވާއިރު، އަދި އެޤަވާއިދުގެ 25 ވަނަ މާއްދާގައި ވަރަށް ސާފުކޮށް، ޖަލްސާތައް ބާއްވަންޖެހޭ ދުވަސްތަކާއި ތާވަލް އޮންނަން ޖެހޭ ގޮތަށް ބަޔާންކޮށްފައި ވާއިރު، އަދި އެދުވަސްތަކަކީ، ހަފްތާާގެ ހޯމަ އަންގާރަ ބުދަ ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެނޫންގޮތަކަށް ޖަލްސާތައް ނުބާއްވަން ނިންމުމެއް ނިންމާފައި ވާއިރު، ރައްޔިތުންނާއި ދިވެހި ދައުލަތުގެ މަސްލަޙަތާއި ގުޅުން ހުރި އަދި ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހައި މަތިކޮށްފައިވާ ދުސްތޫރީ ޒިންމާތަކާއި ގުޅުން ހުރި އެތައް މަސައްކަތްތަކެއް މިހާރުވެސް ކުރަން އެބަހުރި ކަމުގައި ހަސަން ލަޠީފް ހުށައެޅުއްވި މައްސަލައިގައި ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ގޮވާލައްވައި މެމްބަރު ހަސަން ލަޠީފް މަޖިލީހަށް މައްސަލަ ހުށައެޅުއްވި އިރު، ހުސްވި ހަފްތާގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ ބުދަ ދުވަހު އެކަންޏެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އާއްމު ޝެޑިއުލާއި އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ގޮތަށް ހަމަޖައްސައ، މަޖިލީހުގެ ޖަލްސާތައް ބޭއްވުން މަދުކޮށްލީ، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުތަކުގެ ލީޑަރުންނާއި މަޝްވަރާކުރެއްވުމަށްފަހުގައި އެފަރާތްތަކުން އެގޮތަށް އެދިވަޑައިގަތުމުންނެވެ. އެހެން ނަމަވެސް އެބައްދަލުވުމުގައި މެމްބަރު ހަސަން ލަޠީފުވެސް އަދި ދަ ޑިމޮކްރެޓްސްގެ އެހެން މެމްބަރަކުވެސް ބައިވެރިވެވަޑައިގެންފައި ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.