Advertisement

ކުރީގެ ރައީސް މުޙައްމަދު ނަޝީދު

20 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހަކީ ދިވެހި ވެރިކަމުގެ ނާރެސް: ރައީސް ނަޝީދު

ދިވެހިވެރިކަން ހަމަމަގުގައި، މީޒާނުގައި ހިފަހައްޓާނޭ ތަނަކީ، ރައްޔިތުންގެ މަޖިލިސް ކަމަށާއި އެއީ ދިވެހި ވެރިކަމުގެ ނާރެސް ކަމުގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ވަކިފެކްޝަނެއް ހައްދަވައިގެން އުޅުއްވުމަށްފަހު، އެމްޑީޕީއާ ވަކިވެ އެބޭފުޅުން އުފެއްދެވި ޕާޓީގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން ރޭ ރާޅުގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނިސްބަތުން ވަރަށް މަދު ބަޔަކު ތިބި މި ޖަލްސާގައި ރައީސް ނަޝީދު ވަނީ، ސަރުކާރަށާއި އެމްޑީޕީއަށްވެސް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހާއި ކުރިމަތިލާއިރު، ދިވެހިރާއްޖެ މިވަނީ ހަލަބޮލިކަމުގެ ތެރޭގައި ކަމަށެވެ. އަދި ދިވެހިރާއްޖެ މިވަނީ ހާސްކަމާއި ޝައްކުގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. މިގޮތުން ދިވެހި ދައުލަތުގެ ދަރަނި ބޮޑުވެ ބައިނަލްއަޤުވާމީ އިދާރާތަކުން ކަންބޮޑުވާ ހާލަތަށް ގޮސްފައިވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އުފެއްދުންތެރިކަމުގެ 120 ޕަސެންޓަށް ދަރަނި އަރައި ނިމިއްޖެ. ދަރަންޏަށް ނަގާ ފައިސާ އަނބުރާ ނުދެއްކުނީމާ، ދެން ތެޔޮ ނުގަނެވެނީ. ކާޑު ނުގަނެވެނީ. އަޅުގަނޑުމެންގެ އިޤުތިޞާދު ހުއްޓެނީ. ދިރިއުޅުމަށް ނުރައްކާވެގެން ދަނީ. 20 ވަނަ މަޖިލީހަކީ، މިދެންނެވި މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން ނުކުންނާން ޖެހޭނޭ މަޖިލިސް."

ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ދަ ޑިމޮކްރެޓްސްއިން ކުރިޔަށް ގެންދާ ކެމްޕޭނުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ނަޝީދު ރާއްޖެވަޑައިގެންނެވީ، ބުރާސްފަތި ދުވަހުއެވެ. އެމަނިކުފާނު ވަނީ އިއްޔެ ހަވީރުވެސް ވިލިމާލޭގައި ބޭއްވި ޑިމޮކްރެޓްސްގެ އިވެންޓެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.