Advertisement

ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގެ ތެރެއިން --

19 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ނިންމާ ޖަލްސާ މިރޭ ރާޅުގަނޑުގައި

އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ހައްދައިގެން އުޅުމަށްފަހު ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ބައިވެރިވެގެން އުފެއްދި ޕާޓީ، ދަޑިމޮކްރެޓްސްގެ މަޖިލިސް ކެމްޕޭން މިރޭ ބާއްވާނެ ކަމުގައި އެޕާޓީން ބުނެފިއެވެ.

ދަޑިމޮކްރެޓްސްގެ ކެމްޕޭން ނިންމާ ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ ރާޅު ގަނޑުގައެވެ.

މަޖިލިސް އިންތިޚާބަށް ހުރިހާ ދާއިރާތަކަށް ވާދަ ކުރެވޭނެ ކަމުގެ ޤާބިލްކަން ނެތުމުން އެޕާޓީން ކުރިމަތިލާފައި ވަނީ މަޖިލީހުގެ ދާއިރާތަކުން މަދު ދާއިރާ ތަކަކަށެވެ. އޭގެ ތެރެއިންވެސް ބައެއް ކެންޑިޑޭޓުން މިހާރު ވަނީ އިންތިޚާބު ދޫކޮށްލައި، އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ނިންމާފައެވެ.

ފާރަވެރި މަޖިލިސްގެ ނަމުގައި ދަ ޑިމޮކްރެޓްސްއިން މަޖިިލިސް އިންތިޚާބުގެ ކެމްޕޭން ކުރިޔަށް ގެންދިޔައީ ފަނޑުގޮތަކަށް ކަމުގައި، ސިޔާސީ އެހެން ފަރާތްތަކުން ބުނެފައިވެއެވެ.

ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ނިންމާ ޖަލްސާ މިރޭ 8:30ގައި ރާޅު ގަނޑުގައި ބާއްވާއިރު މިޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެޕާޓީން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.