Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ހަސަން ލަޠީފް ގެ ބައްދަލު ކުރެއްވުން --- ފައިލް ފޮޓޯ: ރައީސް އޮފީސް

25 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މިނިސްޓަރުކަމާއި ކުންފުނިތަކުގެ ވަޒީފާތައް ބޭނުންކަމުގައި ދެންނެވިން: ޙަސަން ލަޠީފް

މިސަރުކާރުގައި ޑިމޮކްރެޓުންގެ ބައިވެރިވުންއޮންނާނެ ކަމަށް ކުރިން ވިދާޅުވުމަށްފަހު، މިހާރު ސަރުކާރާއި ދެކޮޅަށް ނުކުމެފައިވާ ދަ ޑިމޮކްރެޓްސް ޕާޓީން، ސަރުކާރުގެ ވުޒާރާތަކުގެ ވަޒީރުކަމައި ކުންފުނިތަކުގެ ވަޒީފާތައްވެސް ބޭނުންކަން ސަރުކާރަށް ހުށައެޅުއްވި ކަމުގައި، ދަ ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

ޙަސަން ލަތީފް މިހެން ވިދާޅުވީ، އެމްޑީޕީއާ ދަޑިމޮކްރެޓްސްއިން ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ބައެއް ބިލްތައް ފާސްކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ނިންމާފައިވާކަން ހާމަކުރެއްވުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޙަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގެ ވަޒީރުކަމާއި ކުންފުނިތަކުން ވަޒީފާވެސް ދަ ޑިމޮކްރެޓްސްއަށް ބޭނުންވާކަން، ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމުގައި ޢަބުދުއްރަހީމް ހުންނެވި އިރު އެމަނިކުފާނާއި އެކުގައި އަދި މިފަހުން ރައީސް ޑރ. މުޢިއްޒާއިއެކު ބޭއްވެވި ބައްދަލުވުންތަކުގައިވެސް ހިއްސާކުރެއްވި ކަަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ މަޤާމުތަކަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން އަންނާނީ އެޕާޓީގެ ސިޔާސަތުތައް ސަރުކާރުން ޤަބޫލު ކުރައްވައި އެކަމަށް މަސައްކަތް ކުރައްވާކަމަށް ވާނަމަ ކަމަށްވެސް ދެންނެވި ކަމުގައި، ޙަސަން ލަތީފު ވިދާޅުވި އެވެ. ޙަސަން ލަޠީފް ވިދާޅުވީ، ސަރުކާރުން ވަނީ ދަ ޑިމޮކްރެޓްސްއިން ހުށައެޅި ސިޔާސަތުތައް ޤަބޫލު ނުކޮށްފައި ކަމަށެވެ. އަދި މިސަރުކާރުގެ ބައެއް ސިޔާސަތުތަކަކީ ދަ ޑިމޮކްރެޓްސްއިންވެސް ޤަބޫލު ކުރާ ކަންކަން ނޫންކަމަށް ވިދާޅުވެ، ޚާއްޞަގޮތެއްގައި މިސަރުކާރުގެ ޚާރިޖީ ސިޔާސަތު ރަނގަޅު ނޫންކަން، ޙަސަން ލަޠީފް ފާހަގަކުރެއްވިއެވެ.

"ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އެމަޤާމުގައި ހުންނެވި އިރު، ބައްދަލުކުރިން. އަޅުގަނޑާއި އާޒިމާއި ދެމީހުން ބައްދަލުކުރީ. އަޅުގަނޑުމެން ވަރަށް ސާފުކޮށް ދެންނެވިން. އަޅުގަނޑުމެން މިއުޅެނީކީ ކޮންމެހެން އެއް މިނިސްޓަރުކަމާއި ތިން ސްޓޭޓް މިނިސްޓަރު ކަމާއި، ފެނަކައިން ދެތިންކުއްޖަކަށް ވަޒީފާ އެއެއް ނޫނޭ. ރަނގަޅޭ އެކަންކަން ވެސް ބޭނުމޭ. އެހެން ނަމަވެސް އެކަންކަމާއި އެކީގައި އަޅުގަނޑުމެންގެ ސިޔާސަތުތައްވެސް ތަންފީޒް ކުރަން ބޭނުމޭ. އަދި ކޮށްގެން ނުވާނެ ކަންކަންވެސް އެބަހުއްޓޭ އަޅުގަނޑުމެން ބައިވެރިވާ ސަރުކާރެއްގައި. އެކަންކަމަކަށް އެބޭފުޅުނަކަށް އެއްބަސްވެވަޑައެއް ނުގެންނެވުނު. އެހިސާބުން އެވާހަކަ ހުއްޓުނީ"

ދަ ޑިމޮކްރެޓްސް ރައީސް، ޙަސަން ލަޠީފް --

ޙަސަން ލަޠީފް ވިދާޅުވީ، ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާިއ ހަވާލުވެ ވަޑައިގެންނެވުމަށްފަހުވެސް ބައްދަލުކުރެއްވި ކަމަށާއި، އެބައްދަލުކުރެއްވުމުގައި ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ޢަބުދުއްރަހީމާއިއެކު ދެއްކެވި ވާހަކަތައް ތަކުރާރުކުރެއްވި ކަމަށެވެ. ހަސަން ވިދާޅުވީ އެކަންކަން އެނގިވަޑައިގެންފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށާއި، އޭގެ ފަހުންވެސް ސިޔާސަތުތަކަށް ބަދަލު ނާންނަކަން ފާހަގަކުރައްވައި މިސަރުކާރުގެ ފޮރިން ޕޮލިސީ ގޯސްކަމުގައި ޙަސަން ލަޠީފް ވިދާޅުވިއެވެ. 

ހަސަން ލަޠީފް ވިދާޅުވީ ދަ ޑިމޮކްރެޓްސްއިން ދެއްކިވާހަކަތައް ސަރުކާރުން ޤަބޫލުނުކުރިކަމަށާއި އެހެންވެ ދަ ޑިމޮކްރެޓްސްއަށް އެ ފުރުޞަތު ނެތްކަމަށެވެ. އަދި ސަރުކާރާއި އެކު މަސައްކަތް ކުރަން ބޭނުން ނުވާކަމުގައިވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ.

ހަސަން ލަޠީފް ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ ވަކިވަކި ބޭފުޅުންނަށް ސަރުކާރުން ގުޅުގައި އެބޭފުޅުންނަށް ވަޒީފާތައްވެސް ހުށައެޅުއްވި ކަމަށެވެ. ހަސަން ލަޠީފް ވިދާޅުވީ، ޕާޓީގެ އަސާސްތަކާއި އުސޫލުތަކާއި ސިޔާސަތުތައް ދޫކޮށްލާފައި ލިބޭ ވަޒީފާއަކަށްޓަކައި ސަރުކާރާއި ގުޅުމަކީ، އެޕާޓީގެ އާއްމު މެމްބަރަކުވެސް ކުރާނެ ކަމެއް ކަމަކަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.