Advertisement

އެމްޑީޕީއާ ދަ ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

24 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހަފްތާގައި ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބޭއްވުމަށް ހުށައަޅައިފިއެވެ.

އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީއާ ދަޑިމޮކްރެޓްސްއިންވެސް ވަނީ، ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ހުށައަޅާފައިވާ ކަން ހާމަކޮށްފައެވެ. ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވީ، މަޖިލީހުގެ ރައީސަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ހުށައަޅާފައިވާ ކަމަށާއި، އެޖަލްސާ އަންނަ ހަފްތާގައި ބޭއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައި ދިނުމަށް ހުށައަޅައިފިނަމަ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެޖަލްސާ ބާއްވައިދޭން ޖެހޭނެ ކަމަށެވެ. އަދި އުއްމީދު ކުރަނީ އަންނަ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ އައު ދައުރު ފެށުމުގެ ކުރިން ޖަލްސާ ބޭއްވޭނެ ކަމަށް ކަމަށާއި، ދައުރުން ބޭރުން ބާއްވާ ޖަލްސާއަށް، އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނަށް ހުށައަޅާ އިންތިޚާބުތައް ރޯދަމަހުގެ ތެރޭގައި ނުބޭއްވުމަށް ކަނޑައަޅައި ޤާނޫނު އިސްލާޙްކުރުމުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އަދަދު ކަނޑައެޅުމުގެ ބިލާއި، ވަޒީރުންނަށް ރުހުން ދިނުން ހިމެނޭނެކަމަށް ވެސް ދެޕާޓިން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާނުކޮށްފައިވާއިރު، އެމްޑީޕީއާ ދަ ޑިމޮކްރެޓްސްއިންވެސް ބޭނުން ވަނީ، ރޯދައިގެ ފަހުން އިންތިޚާބު ބޭއްވުމަށެވެ. އެހެންވެ، ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހުށައަޅާ އެންމެ މުހިއްމު ކަމަކީ، އިންތިޚާބު ލަސްކުރުމެވެ.

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި ހުށައަޅާފައި ވަނީ، 38 މެމްބަރުންގެ ސޮޔާއިއެކުގައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެމްބަރުންނާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުންވެސް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.