Advertisement

ދަ ޑިމޮކްރެޓްސްގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން --

11 Jan 2025
ޚަބަރު

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މެމްބަރުން އެޕާޓީ ދޫކޮށްލައި އަލުން އެމްޑީޕީއަށް ސޮއެކުރައްވައިފި

އެމްޑީޕީގެ ލީޑަރޝިޕާއި މެދި ހިތްހަމަ ނުޖެހިގެން އެމްޑީޕީން ވަކިވެ ދަޑިމޮކްރެޓްސް އުފެއްދެވި އިސްމީހުން އެޕާޓީ ދޫކޮށް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ދަ ޑިމޮކްރެޓްސް ދޫކޮށްލައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި، ދަ ޑިމޮކްރެޓްސް ނައިބު ރައީސް މުޙައްމަދު ޝިފާޒާއި އެޕާޓީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓުގެ ރަނިން މޭޓު ޙުސައިން އަމުރު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން އެމްޑީޕީގައި ކުރިން އުޅުއްވުމަށް ފަހު ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި، އިބްރާހިމް ރަޝީދު، މާމިގިލީ އިބޫވެސް ވަނީ އަލުން އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި މީގެ އިތުރުންވެސް ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މެމްބަރުން އެޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެއެވެ. އެމްޑީޕީއަށް ތާއީދު ކުރާ ފަރާތްތަކުން ކުރިން ތުހުމަތުކޮށްފައިވާ ގޮތުގައި ރައީސް ނަޝީދަށް ވަފާތެރިބޭފުޅުން އެމްޑީޕީން ވަކިވެ އައު ޕާޓީއެއް ހެދީ ރައީސް ނަޝީދަށް އާއްމުންގެ ވަރަށް ބޮޑު ތާއީދެއް އޮތް ކަމަށް ބަލައިގެންނެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވި އިރު ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކުރިމަތިވީ އެއަށްވުރެ މާ ބޮޑު ނާކާމިޔާބީއަކާއެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރައީސް ނަޝީދު ތާއީދު ކުރައްވައި ނެރުއްވި އެއްވެސް ކެންޑިޑޭޓަކަށް މަޖިލީހުގެ ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.