Advertisement

އެމްޑީޕީއާ ދަ ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

24 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ދެޕާޓީން އެއްބަސްވީ މަޖިލީހުގެ ތެރެއިން ގުޅިގެން މަސައްކަތް ކުރުމަށް، މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ ވަކިން

އެމްޑީޕީއާ ދަ ޑިމޮކްރެޓްސްއިން އެއްބަސްވީ މަޖިލީހަށް ހުށައަޅާ ބިލްތަކުގެ މަސައްކަތް ގުޅިގެން ކުރުމަށް ކަމަށާއި، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދެޕާޓިން ވާދަކުރާނީ ވަކިން ކަމަށް، އެމްޑީޕީއާ ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

ދެޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެން މިއަދު ހަވީރު، ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގައި، އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ، މަޖިޅީހަށް ހުށައަޅަން ތައްޔާރުވަމުންދާ ބިލްތަކުގެ މަސައްކަތްތަކުގައި ދެޕާޓީން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދެޕާޓީން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާއެއް ނުކުރާ ކަމަށާއި، އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާތަކަށްވެސް ވާދަކުރާނެ ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ޑިމޮކްރެޓްސްއާ އެމްޑީޕީންވެސް ސަރުކާރާއި މެދު ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެން، މަސައްކަތް ކުރަމުން ދަނީ ސަރުކާރު ޖަވާބުު ދާރީ ކުރުވުމުގައި ދެޕާޓީ އެކުގައި މަޖިލިސް ތެރޭގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. އެގޮތުން ޤާނޫނު އަސާސީއަށް ހުށައަޅާ އިސްލާޙްތަކާއި އާއްމު އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގައި ދެޕާޓިން ގުޅިގެން މަސައްކަތް ކުރާނެ ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އޮތް ސުޕަރމެޖޯރިޓީ އެމްޑިޕީއަށް ގެއްލިގެން ދިޔައީ، ރައީސް ނަޝީދަށް ވަފާތެރި ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްޑީޕީގެ 13 މެމްބަރަކު ގުޅިވަޑައިގެންނެވުމުންނެވެ. އަދި އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ގެއްލިގެން ދިޔުމުގެ މައިގަނޑު ސަބަބަކަށްވެސް އެކަން ވެގެންދިޔައެވެ. އޭގެ ފަހުން ހުސްވި ޑިސެމްބަރު މަހު އެމްޑީޕީގެ އިތުރު 13 މަޖިލިސް މެމްބަރަކު ޕާޓީ ދޫކުރައްވައި ވެރިކަން ކުރާ ޕާޓީ ޕީއެންސީއާ ގުޅިވަޑައިގަތެވެ.

ދަޑިމޮކްރެޓްސްއާ އެމްޑީޕީން މަޖިލީހުގެ ތެރޭގައި ގުޅިގެން މަސައްކަތް ކުރާ ނަމަ އެދެޕާޓީއަށް މަޖިލީހުގެ ސާފު މެޖޯރިޓީ ލިބެއެވެ. ދެޕާޓީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިވަގުތު 55 މެމްބަރުން އެބަ ތިއްބެވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.