Advertisement

އިއްޔެ ކުރިޔަށް ދިޔަ ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން ---

03 Dec 2023
ޚަބަރު
ނޫން

ދަ ޑިމޮކްރެޓްސްގެ އިންތިޚާބުގެ ނަތީޖާ އިއުލާނު ނުކުރެވި ތުހުމަތުތައް އަމާޒުވެއްޖެ

ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށް ކަމަށް ބުނެ ރައީސް ނަޝީދު އިސްވެހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާތައް އިޢުލާނު ނުކުރެވި ތުހުމަތުތައް އަމާޒުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބު އިއްޔެ އެޕާޓީން ބާއްވާފައި ވާއިރު، އިންތިޚާބުގެ ވަގުތީ ނަތީޖާ އަދިވެސް އިޢުލާނެއް ނުކުރެއެވެ. އެޕާޓީން ބުނެފައި ވަނީ، އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދުގެ ވަގުތެއްގައި އިޢުލާނުކުރާނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުތަކުގެ ވޯޓުލުން، އިންތިހާބު މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ކުރިޔަށް ގެންދިޔައިރު، އެއިންތިޚާބުގައި ވޯޓުލާފައި ވަނީ، ފަސްހާހަށް ވުރެ މަދު މީހުންނެވެ. އެހެން ނަމަވެސް އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާނުކުރުން ލަސްވެ، ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު، އެޕާޓީގެ ރައީސް ކަމުގެ މަޤާމަށް ވާދަކުރެއްވި، ހަސަން ލަޠީފާއި، ޙުސައިން އަމްރުވެސް ވަނީ ކާމިޔާބު ލިބުނުކަން އިޢުލާނު ކުރައްވާފައެވެ.

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބު ބާއްވާފައި ވަނީ، އެޕާޓީގެ ރައީސް، ތިން ނައިބު ރައީސުންނާއި، ވިމެން ޑިމޮކްރެޓްސް ލީޑަރު، ވިމެން ޑިމޮކްރެޓްސް ޑެޕިއުޓީ ލީޑަރު، ޔަންގް ޑިމޮކްރެކްޓްސް ލީޑަރު އަދި ޔަންގް ޑިމޮކްރެޓްސް ޑެޕިއުޓީ ލީޑަރު ހޮވުމަށެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާނުކުރުން ދަ ޑިމޮކްރެޓްސްއިން ލަސްކުރުމާއި ގުޅިގެން އެޕާޓީގެ މެމްބަރުންނާއި އާއްމު އެހެން ފަރާތްތަކުންވެސް ވަނީ އިންތިޚާބު އޮޅުވާލާކަމުގެ ތުހުމަތުތައްވެސް ކޮށްފައެވެ. 

ދަ ޑިމޮކްރެޓްސްއަކީ، އެމްޑީޕީގެ ތެރޭގައި ތިއްބެވި ރައީސް ނަޝީދުގެ ސަޕޯޓަރުން އެމްޑީޕީގައި ޑިމޮކްރެޓިކް ހަމަތައް ނެތްކަމަށް ބުނެ އުފެއްދި ޕާޓީއެކެވެ. އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 15000 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %7 އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.