Advertisement

02 May 2025
ޚަބަރު

މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ޒުވާނުން ދޫކޮށްލުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ގޮވާލައިފި

ޒުވާނުންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން ގޮވާލައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ޒުވާނުން މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއަށް ވަދެގަނެ ޕެޕަރ ސްޕްރޭޖަހާ ޒުވާނުންނަށް އަނިޔާކޮށް ދެ ޒުވާނަކު ހައްޔަރުކުރުމާއި ގުޅިގެން އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްވާ ޔުމްނު ރަޝީދުއަށް އިންސާދު ހޯދުމަށް ގޮވާލާ މާލޭގައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދާ ޒުވާނުންގެ ތެރެއިން އެ މުޒާހަރާތައް ލީޑް ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށެވެ.

ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނުގައި ބުނީ ޒުވާނުން އިސްނަގައިގެން ސިލްސިލާކޮށް ބާއްވަމުންގެންދާ ސުލްހަވެރި އެއްވުމުގެ ތެރެއަށް ފުލުހުން ވަދެގަނެ، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ޕެޕަސްޕްރޭޖަހައި މުޒާހަރާގެ 2 ބައިވެރިންކަމަށްވާ އާއިޝަތު ޝިމަން އަހްމަދާއި ޢަބްދުالله މަހްޒޫމް ހައްޔަރުކޮށްފައިވާތީ ދަ ޑިމޮކްރެޓްސް އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެެވެ. އަދި އާއިޝަތު ޝިމަން އާއި ޢަބްދުالله މަހްޒޫމް ވަގުތުން މިނިވަންކުރުމަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، މި ދެ ޕާޓީން ނެރުނު ބަޔާނުގައި ވެސް، އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ގާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާއިރު އެ ހައްގުގެ ބޭނުންކޮށް ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްޒުމަށް ކުރަމުންދާ މުޒާހަރާތައް އަނިޔާވެރިކަމާއެކު ރޫޅައިލުމަކީ ސަރުކާރަށް ގޮތްހުސްވެ، ހެއްދެވި ބޮޑު ގޯހެއް ކަމަށް ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓް
ވާނުވާ
މީ އެމް ޑީޕީ މީހުން ކުރުވާކަމެކޭ އެވެރިކަން ހޯދަނީ
02 May 2025
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.