މޯލްޑިްވްސް ޕޮލިސް ސަރވިސް
މޯލްޑިްވްސް ޕޮލިސް ސަރވިސް
11 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވުމުން ސަމާލުވާން އެދިއްޖެ
މަޤުބޫލުކަން ހޯދަމުން އަންނަ ޓެމޫގެ ނަމުގައި ސްކޭމްތައް އިރުވަމުން އަންނާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
10 Apr 2025
ޚަބަރު
ޤާސިމްގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އަޅަނީ
މި އިމާރާތުގެ ބިންގާ އަޅާފައި ވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ވަނީ، މި އިމާރާތް އަޅައިދިނުމުގެ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ. މިއީ ގާސިމް އިބްރާހީމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށްދެއްވާ މަރުކަޒެކެވެ.
10 Apr 2025
ޚަބަރު
ފުލުހުންގެ ބަންދުގައި ހުއްޓައި ދަންޖެހުނު މީހާ މަރުވެއްޖެ
ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުރި އެމީހާ ދަންޖެހުނީ މި އޭޕްރިލް މަހުގެ 04 ވަނަ ދުވަހުގެ ރޭ 21:12 ހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އެވަގުތުން ފެށިގެން އެމީހާއަށް ފަރުވާދެމުން އައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.
06 Apr 2025
ޚަބަރު
ގއ ވިލިނގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މަހު 4 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކުރަމުންދާ ބޯޓަކުން ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި، އެ ބޯޓު ވިލިނގިލީ ބަނދަރާ ގާތްކުރުމުން ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 231 ގްރާމްކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
04 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް
ގިނަ ބަނގުރާ ފުޅުތަކަކާއެކު ބިދޭސީއަކު ހުއްޓުވައިފި
ބޮނަކުއާ ފުޅިތަކަކަށް ބަނގުރާ އަޅާއިގެން ވޭނެއްގައި ހުޅުމާލޭގައި ދުއްވަމުން ދިޔަ ބިދޭސީއަކު ފުލުހުން ރޭ ހުއްޓުވައިފިއެވެ.
03 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް
އިނގިލި ބުރިކޮށްލަން އުޅުނު މީހަކު އެހެން މައްސަލައެއްގައި ހައްޔަރަށް
ހުޅުމާލޭގައި މީހަކު ރަހީނު ކުރުމަށް ފަހު އޭނާގެ އިނގިލި ބުރިކޮށްލަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހަކު އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
27 Mar 2025
ޚަބަރު
ވަގަށް ސިނގިރޭޓް އެތެރެކުރަން އުޅުނު ސިފައިންގެ މީހަކުވެސް ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ޑިއުޓީ ފްރީ ފިހާރައިން ވަގަށް ސިނގިރޭޓް ބޭރުކުރަން އުޅުނު މައްސަލައެއްގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރު ކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައި ވާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
27 Mar 2025
ޚަބަރު
ގޯތި ވައްކަމުގެ ތުހުމަތުވި މީހުންނަށް އެޅި ފިޔަވަޅުތައް އުވާލައިފި
ވަގު ޑޮކިއުމެންޓް ބޭނުންކޮށްގެންނާއި، ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލައިގައި އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު ހިމެނޭހެން އެޗްޑީސީގެ އިސްވެރިންނާއިކު ޖުމުލަ 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކުރިއެވެ. އެހެން ނަމަވެސް އެ އެންމެންގެވެސް ޕާސްޕޯޓުތައް ހިފަހައްޓައި ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން މިހާރު ވަނީ ދޫކޮށްލާފައިކަމުގައި މައުލޫމާތު ލިބިފައިވެއެވެ. އެހެން ނަމަވެސް އެމައްސަލައިގެ ތަޙްޤިޤާއި ގުޅޭ ގޮތުން މިހާތަނަށް ފުލުހުން އެކަށީގެންވާ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
26 Mar 2025
ޚަބަރު
ޑިއުޓީފްރީން ސިނގިރޭޓް ބޭރުކުރި މީހުން ބަންދުން ދޫކޮށްލައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ދަފްތަރު ނަމްބަރު ރސ 14358 އުމުރުން 38 އަހަރުގެ ޔޫސުފް ނަޛީރު އާއި މ. ސިލްވަރ ނެސްޓް އުމުރުން 45 އަހަރުގެ އަޙްމަދު އަފްޞަލް ކަމަށެވެ. އެދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރު ކުރުމުން ޝަރުޠުތަކަކާއި އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. މިމައްސަލައިގައިހައްޔަރުކުރި ނަޛީރަކީ ފުލުހެކެވެ. އެހެން ނަމަވެސް އޭނާ އާއި މެދު ފުލުހުންގެ އިދާރާއިން އެޅީ ކޮން ފިޔަވަޅެއް ކަމެއް ފުލުހުންގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
23 Mar 2025
ޚަބަރު
ޝަމްޢާންގެ ބަންދަށް 15 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޝަމްޢާންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުގެ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުދީފައިވާ ކަމަށެވެ. ފުލުހުން ޝަމްޢާން ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލއިގެ ބަޔާންތައް ނެގުމަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް ހާޟިރުކުރުމަށްފަހުގައި އޭނާ ގެއަށް ދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
16 Mar 2025
ޚަބަރު
ބޮޑު ފިރިހެނަކު ކުޑަ ފިރިހެންކުއްޖަކު ރޭޕްކޮށްފައިވާކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި
ފުލުހުުންގެ އިދާރާއިން މިހެން ވިދާޅުވީ، އުތުރުގެ އަތޮޅުގެ ރަށެއްގައި ކުޑަ ފިރިހެންގެ ކުއްޖެއްގެ ގަޔަށް އިންޖެކްޝަނެއް ޖަހައި، ބޮޑު ފިރިހެނަކު އެކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ރިޕޯޓްކޮށްފައިވޭތޯ ފުލުހުންގެ ރަސްމީ މީޑިއާ ގުރޫޕުގައި ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.
11 Mar 2025
ޚަބަރު
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުަގައި ގެއްލިގެން ހޯދަމުންދަނީ، ނ. މަނަދޫ، ރީޙުއްޞަބާ، ޢަބްދުﷲ ޝިހާދު، (37 އަހަރު) ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެންމެފަހުން އާއިލާއަށް އޭނާގެ ޚަބަރެއް ވެފައި ވަނީ، 2025 މާރިޗު 08 ވަނަ ދުވަހުގެ 16:51 ހާއިރު ކަމުގައި އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
11 Mar 2025
ޚަބަރު
ފުލުހުންނާއި ސިފައިން ހިންގަމުންގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 3 މީހުން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ. އަދި ހައްޔަރުކުރި ތިން މީހުންނާއި ގުޅޭ ތަންތަން ބަލައި ފާސްކުރަމުންދާކަމުގައިވެސް ފުލުހުންގެ އިދާާރާއިން ވިދާޅުވެއެވެ.
11 Mar 2025
ޚަބަރު
ޤައުމީ ސަލާމަތަށް ނުރައްކާވެގެން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ބުނެ ބަޔާން ނެރުމަށްފަހު ކެންސަލްކޮށްފި
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން ސަލާމަތީ ޚިދުމަތްތައް ގުޅިގެން މާލެ ސަރަހައްދުގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެކަން ހާމަކޮށް ފުލުހުން ބަޔާން ނެރުމާއި އެކު މީޑިއާތަކުން އެޚަބަރު ކަވަރކުރަމުން ދަނިކޮށް ފުލުހުން ވަނީ، ފުލުހުން ސޯޝަލް މީޑިއާ އެކައުންޓްތަކުން ބަޔާން ޑިލީޓްކޮށްފައެވެ.
09 Mar 2025
ޚަބަރު
ގެއަކަށްވަދެ އެގޭގެ ވެރިމީހާއަށް އަނިޔާކޮށް ބިރުދެއްކި ބަޔަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު (21އ) އާއި، ނ. މަނަދޫ ހަވޭލީ، މުހައްމަދު އަޒާން، (23އ) އާއި ނ. ވެލިދޫ އެލަސް، އިބްރާހިމް އަހުނަފް (21އ) އާއި އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހު (23އ) އެވެ.
09 Mar 2025
ޚަބަރު
ބާރަށު ގޮނޑުދޮށަށް ފަތްތަކެއް ލައްގައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޮޔާ އައި ބޮނޑިބޮނޑިއަށް ބަނދެފައި ހުރި ފަތްތަކެއް، ބާރަށު ގޮނޑުދޮށަށް ލައްގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެެހެން ނަމަވެސް ލައްވެފައިވާ ފަތްތަކަކީ މަސްތުވާބާވަތެއްގެ އެއްޗެއްކަމަށް ނުބެލެވޭ ކަމުގައި، ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.