Advertisement

ފުލުހުންނާއި ސިފައިން ކުރިޔަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ---

11 Mar 2025
ޚަބަރު

ފުލުހުންނާއި ސިފައިން ހިންގަމުންގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 3 މީހުން ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ. އަދި ހައްޔަރުކުރި ތިން މީހުންނާއި ގުޅޭ ތަންތަން ބަލައި ފާސްކުރަމުންދާކަމުގައިވެސް ފުލުހުންގެ އިދާާރާއިން ވިދާޅުވެއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މިރޭ ފެށި މިއޮޕަރޭޝަނަކީ، މާލެ ސަރައްހަދުގައި ނިރުބަވެރިހަމަލާއެއް ދިނުމަށް ބަޔަކު ރާވައި ތައްޔާރުވަމުންދާކަމުގެ މައުލޫމާތު ލިބިގެން ފެށި އޮޕަރޭޝަނެއް ކަމުގައި ބައެއް މަސްދަރުތަކުން ހާމަކޮށްފައި ވީނަމަވެސް އެކަމާއި ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ފެށި މިއޮޕަރޭޝަން ފަށާފައި ވަނީ މިރޭގެ އިރާކޮޅުގައެވެ. މި އޮޕަރޭޝަންގެ ތެރެއިން ހުޅުމާލެ އާއި މާލޭގެ ބައެއް ގެތަށް ފުލުހުންދަނީ ބަލައި ފާސްކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.