މޯލްޑިްވްސް ޕޮލިސް ސަރވިސް
22 Sep 2024
ޚަބަރު
މަސްތުވާތަކެއްޗާއި އެކު 65 އަހަރުގެ މީހަކު ހައްޔަރުކޮށް އެމީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ސ. ހިތަދޫ، ވެހެތާނުގެ، ޢަބްދުﷲ ޞާދިޤު (65އ)އެވެ.
20 Sep 2024
ޚަބަރު
އިގިލިތައް ބުރިކޮށްލާނެ ކަމުގެ ބިރުދައްކައި ފޭރުނު ދެމީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކުރީ ސ. ހިތަދޫ، އަތިރީގެ، އަހުމަދު ސިވާތު، (37އ)، އަދި ސ. ހިތަދޫ، ޑިލައިޓް ފޭސް، މުހައްމަދު ސާލިމް، (37އ) ކަމަށެވެ. އެމީހުން ވަނީ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް، ވަޅިން ބިރު ދައްކައި، ފައިސާ ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމުގައި ބުނެ ބިދޭސީ ދެމީހެއްގެ ވޮލެޓުގައި ހުރި ފައިސާތައް ފޭރިގެންފައެވެ.
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.
18 Sep 2024
ޚަބަރު
އިމިގްރޭޝަން އޮފިސަރެއް ކަމަށް ހެދިގެން ފޭރުނު މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލައިގައި ހައްޔަރުކޮށްފައިވާ، ގ. ބެރުގެ އުމުރުން 44 އަހަރުގެ މުޙައްމަދު ނަވީންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޟިރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ އިއްޔެ ކަމަށެވެ. އިމިގްރޭޝަންގެ އޮފިސަރެއް ކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ، ބިދޭސީ އެއްގެ އަތުން 9000ރ ފޭރިގަތް މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގައެވެ.
18 Sep 2024
ޚަބަރު
މީހަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލައި އަދި އޭނާ ލައްވައި މަސްތުވާތަކެތި ވިއްކުވުމުގައި ސިފައިންގެ ދެމީހުން ބައިވެރިވި: ފުލުހުން
ފުލުހުންގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައިވާ ސިފައިންގެ ދެމީހުންނާއި ގުޅޭ މައުލޫމާތު އެމްއެންޑީއެފާއި ޙިއްޞާކޮށްފައި ވާނޭ ކަމަށެވެ. އަދި އެމީހުންނާއި މެދު އެއިދާރާއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނީ އެ އިދާރާއިންކަންވެސް ޝިފާން ފާހަގަކުރެއްވިއެވެ.
18 Sep 2024
ޚަބަރު
ޒަކިއްޔާގެ ޕޯސްޓް މޯޓަމް ނުހެދީ ތަޙްޤީޤަށް އެކަން މުހިއްމު ކަމަށް ނުފެންނާތީ: ފުލުހުން
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު ތަޙްޤީޤަށް ބޭނުންވާ ސާމްޕަލްތައް ނަގައި އަނބުރައި ރަށަށް ފޮނުވައި ހަށިގަނޑު ވަޅުލީ، ޕޯސްޓް މޯޓަމް ހެދުން މުހިއްމުކަމަށް ތަޙްޤީޤަށް ނުފެންނާތީ ކަމުގައެވެ. އެހެން ނަމަވެސް ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހްޤީޤުތައް އަދިވެސް ކުރިޔަށްދާކަމަށާއި ތަޙްޤީޤުގެ ބޭނުމަށް ފުލުހުން އެރަށުގަިއ ހަރަކާތްތެރިވަމުންދާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.
18 Sep 2024
ޚަބަރު
ގެއްލުނު ތަސްލީމް ރާއްޖެއިން ބޭރަށް ދިޔަކަން އެނގޭކަށް ނެތް: ފުލުހުން
ފުލުހުންގެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމައްސަލަ އާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ވިދާޅުވީ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ގެއްލުނު މައްސަލަ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކުރަމުންދާ ކަމަށާއި، އޭނާ މައްސަލައިގައި އިންޓަރޕޯލްގެ ޔެލޯ ނޯޓިސް ނެރެފައި ވަނީ، އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަމަށް ބަލައިގެން ނޫންކަމަށެވެ.
17 Sep 2024
ޚަބަރު
ހައިވޭގައި ސައިކަލުގައި ސާފު ބޯޑެއް އުފުލި މީހުންނަށް ފިޔަވަޅު އަޅައިފި
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާނު ވިދާޅުވީ، ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި ސަރފްބޯޑެއް އުފުލި މީހަކާމެދު، ގަވައިދާ ހިލަފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާކަމަށެވެ. އަދި އެ ފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ އަމަލުަތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް ހަނދާންކޮށްދޭ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
17 Sep 2024
ޚަބަރު
އިމިގްރޭޝަން އޮފިސަރުންކަމަށް ހެދިގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއް
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އިމިގްރޭޝަންގެ އޮފިސަރުންކަމުގައި ބުނެ ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ތިން މީހަކުވެގެން ބިދޭސީ މީހެއްގެ އަތުން 9000ރ ފޭރުނު މައްސަލައެއް ފުލުހުންނަށް އިއްޔެ ހުށައަޅާފައިވާ ކަމަށެވެ. އަދުި އެމައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
17 Sep 2024
ޚަބަރު
ޅ. އަތޮޅު ހޮސްޕިޓަލުގެ ސާވަރ ހެކްކުރި މައްސަލައެއް ބަލަނީ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ނައިފަރުގައި ހުންނަ، ޅ. އަތޮޅު ހޮސްޕިޓަލްގެ ސާވަރ ހެކްކުރި މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ މި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގައި ކަމަށެވެ. އަދި އެމައްސަަލަ ތަޙްޤީޤު ކުރުމަށްޓަކައި ފުލުހުންގެ ޓީމެއް އެރަށަށް ގޮސްފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
16 Sep 2024
ޚަބަރު
މަގުމަތިން މީހެއްގެ އަތުން ސައިކަލެއް ފޭރުނު މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަގުމަތިން މީހެއްގެ އަތުން ސައިކަލެއް ފޭރިގަތް މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މާލެ ދަފްތަރު ނަމްބަރު 5624، އަޙްމަދު ޝައިރަފް ޢަބްދުއްރަޙީމް (30އ) ކަމަށެެވެ.
16 Sep 2024
ޚަބަރު
މާލޭގެ ގެއަކަށް ފިރިހެނަކު ވައްދައި ފޭރުނު ބަޔަކަށް ދައުަވާކުރަން ފޮނުވައިފި
މިގޮތުން، މއ. މަސްފަން، ޢާއިޝަތު (43އ) އާއި މއ. މަސްފަން، މުޙައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ / ސޯމާ، ޝަފީޤު އިބްރާހީމް (35އ) މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
16 Sep 2024
ޚަބަރު
ރާވައިގެން މީހަކު ގެސްޓް ހައުސަކަށް ގެންގޮސް ފޭރުނު ދެމީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފޭރުމުގެ އެ ޢަމަލު ހިންގި ގ. އޯލްޕެރިސް، އަޙްމަދު މިހާދު (44އ) އަދި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ) މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުގައި ކަމަށެވެ.
16 Sep 2024
ޚަބަރު
އުފަން ދަރީންނަށް ޖިންސީ ގޯނާ ކުރި މީހާ 30 ދުވަހަށް ބަންދުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އުފަން ކުޑަ ދެ އަންހެންދަރީންނާއި، އާއިލީ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 42 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން ކޯޓުން އެމީހާގެ ބަންދަށް ޖަހައިދީފައި ވަނީ 30 ދުވަހުގެ މުއްދަތެއް ކަމަށެވެ. އެނގިފައިވާ ގޮތުގައި އުފަންދަރީންނަށް ޖިންސީ ގޯނާ ކުރި އެމީހާއަކީ މާލޭގައި ދިރިއުޅޭ މެދުރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ މީހެކެވެ.
16 Sep 2024
ޚަބަރު
ދެފޭސް ގުޅުވައިދޭ ބުރިޖެއްގެ މަތީގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާވެއްޖެ
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ ލޮރީއަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
16 Sep 2024
ޚަބަރު
އުފަންދަރިންނަށް ޖިންސީގޯނާކުރި ބައްޕަޔަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ، އުުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ފިރިހެންމީހާ ޖިންސީ ގޯނާ ކުރި ކަމަށްވަނީ، އޭނާގެ ދެ އަންހެންދަރިންނާއި އާއިލީ އެހެން އަންހެންކުއްޖަކަށެވެ.