Advertisement

ފަޒީސް ހިޖާމާ ތެރަޕީ ކްލިނިކް --

24 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ފަޒީސް ހިޖާމާ ތެރަޕީ ކުލިނިކް ބަންދު ކުރުވައި ވެރިފަރާތަށް ނަސޭޙަތްދީފި

ޤަވާއިދުން ނަގަންޖެހޭ ހުއްދަތައް ނުނަގައި ހިންގަމުން އަންނަ، ހިޖާމާ ކްލިނިކެއް ބަންދުކުރުވައި، ޤަވާއިދުގެ ތެރެއިން ހުއްދަ ނަގައިގެން އެކަން ކުރުމަށް އެކްލިނިކްގެ ވެރިފަރާތަށް އަންގާފައިވާކަމުގައި، ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޤަވާއިދުން ނަގަންޖެހޭ ހުއްދަތައް ނުނަގައި ޚިދުމަތް ދެމުން އަންނަ ހިޖާމާ ކްލިނިކެއްގެ މައްސަލަ ބަލައި ދިނުމަށް ހެލްތު މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެމައްސަލައިގައި ފުލުހުން ބަަލަންޖެހޭ ކަންކަން ވަނީ ބަލާފައި ކަމަށާއި، އަލި ކްލިނިކްގެ ވެރިފަރާތުން ޤާނޫނުގެ ދަށުން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން ހިޖާމާގެ ފަރުވާ ދިނުމަށާއި، މިހާރު ދެމުންގެންދާ ހިޖާމާޖެހުމުގެ ޚިދުމަތް ހުއްދަ ލިބެންދެން ހުއްޓާލުމަށް ލިޔުމުން އަންގައި ނަސޭޙަތްތެރިވެވިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިމައްސަލައިގައި ފުލުހުން ހިންގާ ތަޙްޤީޤަށް ކްލިނިކް ހިންގާ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

2016 ވަނަ އަހަރުން ފެށިގެން ފަޒީލާ އުސްމާނު (ފަޒީ) ކުރަމުން އަންނަ ހިޖާމާ ޖެހުމުގެ މަސައްކަތް އެކި ސަރުކާރުތަކުގައި ވަނީ ހުއްޓުވާފައެވެ. 2019 ވަނަ އަހަރު ކްލިނިކެއް ހުޅުވައިގެން އޭނާ ޚިދުމަތްދޭން ފެށީވެސް ނަގަންޖެހޭ ހުއްދަތައް ނުނަގައި، އަދި ރަޖިސްޓްރީވެސް ނުކޮށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.