މޯލްޑިްވްސް ޕޮލިސް ސަރވިސް
06 Dec 2023
ޚަބަރު
ހިޔާގެ 6ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މާރާމާރީ ހިންގައި މީހަކު ޒަޚަމްކޮށްލައިފި
05 Dec 2023
ޚަބަރު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
04 Dec 2023
ޚަބަރު
އައްޑޫގައި ހިނގި ގުރޫޕް މާރާމާރީއާގުޅިގެން އިތުރު ދެމީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެރޭ އައްޑޫގައި ހިނގި މާރާމާރީއާ ގުޅިގެން، މިއަދު ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ މީހަކާއި އުމުރުން 22 އަހަރުގެ މީހެއްކަމަށެވެ. މިދެ ދެމީހުންނަކީވެސް، ދިވެހި ދެ ފިރިހެނުންކަމަށާއި، އެމީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.
04 Dec 2023
ޚަބަރު
އައްޑޫގައި ހިނގި މާރާމާރީ އާއި ގުޅިގެން ހައްޔަރުކުރި 4 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
04 Dec 2023
ޚަބަރު
ވިހޭ ދަރިފުޅު މަރާލުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރި ލަންކާމީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ފުލުހުންގެ އިދާރާއިން ބުނީ އެ އަންހެންމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރު ކުރުން ޝަރީޢަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބެެހެއްޓުމުގެ އަމުރުދީފައިވާ ކަމަށެވެ.
03 Dec 2023
ޚަބަރު
އައްޑޫ ސިޓީގައި އިތުރު މާރާމާރީއެއް ހިނގައި 20 އަހަރުގެ ޒުވާނަކު ޒަޚަމްކޮށްލައިފި
އައްޑޫ ސިޓީ ހިތަދޫގައި، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެރޭ ވެސް ވަނީ ދެގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައި، ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. ޒަޚަމްކޮށްލާފައިވާ ޒުވާނާގެ ހާލު ސީރިޔަސްކަމުގައި ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ގުރޫޕް މާރާމާރީތައް އިތުރުވެގެން ދިޔުމާއި ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އިތުރު ފުލުހުން ފޮނުވާފައިވާ ކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
26 Nov 2023
ޚަބަރު
ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު އޮފިސަރުން ހުވާކޮށްފި
ދިވެހި ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، 56 އަންހެނުންނާއި 55 ފިރިހެނުންނެވެ މީގެ ތެރެއިން، 11 އަންހެނުންނާއި 13 ފިރިހެނުން ގުޅިފައި ވަނީ، ފުލުހުންގެ ސްޕެޝަލް ކޮންޓަބިއުލަރީއާއެވެ.
23 Nov 2023
ޚަބަރު
ޕޮލިސް ބޯޑުގައި ތިއްބެވި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެމްބަރުން ބަދަލުކުރައްވައިފި
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި އެބޯޑަށް ޢައްޔަނުކުރައްވާފައިވާ މެމްބަރުން ވަކިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިއަދު އައު ދެބޭފުޅުން އެބޯޑަށް ޢައްޔަނުކުރައްވާފައެވެ. އެ ދެބޭފުޅުންނަކީ، ތ. ހިރިލަންދޫ ގުލްފާމްގޭ އަހުމަދު ޝަރީފާއި، ހެންވޭރު ނޫމުތީ، ޢާއިޝަތު ނޫރާ މުޙައްމަދެވެ.
15 Nov 2023
ޚަބަރު
ސީޕީ ހަމީދު ޝަރަފްވެރިކަމާއެކު މަޤާމުން ރިޓަޔާ ކުރައްވައިފި
މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސްއަށް ޝަރަފުގެ ހަނދާނީ ފިލާ، ރިޓަޔަރމަންޓް ކާޑު އަދި ފުލުހުންގެ ދިދަ އަރުވާފައިވެއެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.
29 Oct 2023
ޚަބަރު
ލޯންޗާއި ދޯންޏެއް އެކްސިޑެންޓްވެ މީހަކު މަރުވި ހާދިސާ ފުލުހުން ދަނީ ތަޙްޤީޤުކުރަމުން
ފުލުހުންގެ އިދާރާއިން ބުނެފައި ވަނީ، ހއ. އިހަވަންދޫ ކައިރީގައި އޮންނަ ހުވަހަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓްވި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގައި ކަމަށެވެ. އެހާދިސާގައި އެކަކުމަރުވެ 3 މީހަކަށް އަނިޔާވެފައި ވާއިރު، އެހާދިސާގައި ނިޔާވެފައި ވަނީ، އިހަވަންދޫ ނަޔާޑޭޒީގޭ ޢަބުދުއްރަޝީދު މުޙައްމަދު (68އ) އެވެ. މިއެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އިހަވަންދޫ ޞިއްޙީމަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ.
23 Oct 2023
ޚަބަރު
އާރުޓީއެލް ބަސް ޑްރައިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި
އެމްޓީސީސީ، އާރުޓީއެލް ބަސް ޑްރައިވަރުންނާއި ޑްރައިވަރުންގެ އެހީތެރިންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
22 Oct 2023
ޚަބަރު
ފުލުހުން އެފްއޭމްގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހްޤީޤު ފަށައިފި
ފުލުހުން ބުނެފައި ވަނީ އެފްއޭމްގެ މައްސަލަ ތަޙްޤީޤުކުރަން ފަށާފައި ވަނީ، ތުހުމަތު ކުރެވޭ ފައިސާގެ މައްސަލަތައް ތަޙުޤީޤުކޮށްދެއްވައި، އެ މައްސަލައިގައި ދަޢުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވައިދިނުމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާތީކަަމަށެވެ.
19 Oct 2023
ޚަބަރު
މަސްތުވާތަކެތި ދެނެގަތުމަށް ބޭނުންކުރާ ޓެސްޓްކިޓްތަކެއް ޖަޕާނުން ދިވެހި ފުލުހުންނަށް ހަދިޔާކޮށްފި
ޖަޕާން ސަރުކާރުގެ އެހީގައި ހަދިޔާކުރި ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓުތަކަކީ، މަސްތުވާތަކެތި ދެނެގަތުމަށްޓަކައި ބޭނުންވާ ރިއެޖަންޓް ޓޫލްސް ހިމެނިގެންވާ ވޯޓަރ ރެސިސްޓަންޓް ކިޓުތަކެއް ކަމަށާ، މި ކިޓުތަކުގެ އެހީގައި، މަސްތުވާތަކެތީގެ ބާވަތްތަކާއި އެކުލެވިގެންވާ މާއްދާތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެނެގަނެވޭނެކަމުގައި މޯލްޑިވްސް ޕޮލިސް ޕޮލިސް ސަރވިސް އިން ވަނީ ބުނެފައެވެ.
16 Oct 2023
ޚަބަރު
ބްރިޖްގައި ޤަވައިދާ ހިލާފަށް ދުއްވައިގެން 1 ދުވަސްތެރޭ 120 މީހަކަށް މެސެޖް
ސިނަމާލެ ބްރިޖުގައި ގަވައިދާ ހިލާފަށް ދުއްވި 120 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވާފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އިއްޔެ ހެނދުނު 7:30 އިން ފެށިގެން މިއަދުގެ އެވަގުތާ ހަމައަށް ބްރިޖުގައި ގަވައިދާ ހިލާފަށް އުޅަނދު ދުއްވި 120 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވާފައިވާނެ ކަމަށެވެ.
12 Oct 2023
ޚަބަރު
ބްރިޖް މަތިން ބާރަށް ދުއްވާނަމަ ފުލުހުން މެސެޖް ފޮނުވަނީ
ކަނޑައަޅާފައި އޮންނަ ސްޕީޑަށްވުރެ ބާރަށް ސިނަމާލެ ބްރިޖްގައި ދުއްވާ ފަރާތްތަކަށާއި، ދުއްވަމުން ޤަވާއިދާ ޚިލާފަށް ލޭން ބަދަލު ކުރާފަރާތްތަކަށް ފުލުހުން ނަސޭހަތުގެ މެސެޖެއް ފޮނުވަން ނިންމަވައިފިއެވެ.
28 Sep 2023
ޚަބަރު
ފުލުހުންގެ ފްލެޓްތައްވެސް ނިމި ހަވާލުކުރަން ތައްޔާރު!
ފުލުހުންގެ ޕޮލްކޯ ފްލެޓްތައް ނިމި އެތަންތަން ހަވާލުކުރަން ތައްޔާރުވެއްޖެއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފުލުހުންނަށް ޚާއްސަކޮށް ތަރައްޤީކުރާ ޕޮލްކޯ ޕްލެޓްތައް ނުނިމިވަނީ ދިގުލައިގެން ގޮސްފައެވެ.