Advertisement

ހުޅުމާލެ ސެންތްރޯ މޯލް -- ފޮޓޯ: ނޫން

10 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލޭގައި ރޭ މާރާމާރީއެއް ހިނގިކަމުގެ މައުލޫމާތެއް ނެތް: ޕޮލިސް

ރޭ ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާދީފައިވާކަމަށް ބުނެ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ މައުލޫމާތާއި ގުޅިގެން ބެލި ބެލުމުން މިހާތަނަށް އެފަދަކަމެއް ހިނގާފައިވާކަން އެނގެން ނެތްކަމުގް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާދީފައިވާކަމަށް ބުނެ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ މައުލޫމާތާ ގުޅިގެން މިހާތަނަށް ބެލިބެލުމުން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އެފަދަ ކަމެއްގައި ފަރުވާ ހޯދާފައިވާކަމުގެ މަޢުލޫމާތު ލިބިފައި ނުވެއެވެ. އަދި ހާދިސާ ހިނގިތަންކަމަށް ބުނާ ތަނުން އެފަދަ ކަމެއް ހިނގިކަމުގެ މާއްދީ އެއްވެސް ހެއްކެ ލިބިފައިނުވާ ކަމަށެވެ.

ރޭ ހުޅުމާލެ ސެންތްރޯ މޯލްގެ ލިފްޓްގެ ތެރޭގައި އުމުރުން 14 އަހަރުގެ ކުޑަކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް އެންމެ ފުރަތަމަ ޚަބަރު ފަތުރާފައި ވަނީ ސޯޝަލް މީޑިއާގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Sep 2024
ޚަބަރު
ސަމިޓް އޮފް ދަ ފިއުޗަރގައި ރައީސް ބައިވެރިވެވަޑައިގެންފި
މި ސަމިޓަކީ ޤައުމުތަކުގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަޝްވަރާކޮށް، މުސްތަޤުބަލު ރައްކާތެރިކުރުމަށް އެންމެންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ސަމިޓެކެވެ.
22 Sep 2024
ޚަބަރު
ނުހައްޤު ފައިދާ ނަގާ ގަރާޖު ސިޓީ ހުށައަަޅަން ނުޖެހޭ ގޮތަށް ޤަވާއިދަށް ގެނައި ބަދަލަށް މިސަރުކާރުން އެއްވެސް އިރަކު އަމަލެއް ނުކުރޭ: ޓްރާންސްޕޯޓް
ޓްރާންސްޕޯޓް މިނިސްޓްރީން، ޤަވާއިދަށް ގެނައި ބަދަލު ދިފާޢުކޮށް އެކްސްގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، މިދިޔަ ހަފްތާގައި ޓެކްސީ ގަވާއިދަށް ގެނެވުނު 3 ވަނަ އިސްލާޙަކީ، 2023 ވަނަ އަހަރުގެ ފަހުކޮޅު ގަރާޖަކާ ނުލާ 10،000 ރުފިޔާއަށް ޓެކްސީ ރެޖިސްޓަރ ކުރެވޭނެކަމަށް ގެނެވުނު އިސްލާޙް އުނިކުރުމަށް ފަހު، ކުރިންވެސް އޮތްގޮތަށް ޓެކްސީ ގަވާއިދަށް އަމަލުކުރުމަށް ގެނެވުނު އިސްލާޙެއް ކަމަށެވެ.
22 Sep 2024
ޚަބަރު
ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރަން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި
އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މިލޯނުގެ ދަށުން އާރ.އެސް.ޑަބްލިއު ސިސްޓަމާއި އެކު ޖަނެރޭޓަރާއި ސޯލާ ޕީވީ ގަނެވޭގޮތަށް ހަމަޖެހިފައި ވާއިރު، ގަންނަ ތަކެތީގެ އަގުން 35 އިންސައްތަ ޑިސްކައުންޓްވެސް ލިބޭ އިރު، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު ދިހަ އަހަރަށް ބަހާލެވޭނެއެވެ.
22 Sep 2024
ޚަބަރު
ފަޒީގެ ހިޖާމާ ކުލިނިކް ބަންދުކުރަން ފުލުހުން ނުކުމެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހެލްތު މިނިސްޓްރީން އެ އިދާރާއަށް ހުށައަޅާފައި ވަނީ، ހުއްދަ ނުނަގައި ހުޅުމާލޭގައި ހިންގަމުން އަންނަ ކްލިނިކެއްގެ މައްސަލަ ކަމަށެވެ. އެއީ ކޮން ކްލިނިކެއްކަން ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް އެކްލިނިކަކީ، ފަޒީސް ހިޖާމާ ތެރަޕީގެ ނަމުގައި ހިންގަމުުން އަންނަ ކްލިނިކްކަން އެނގިފައިވެއެވެ.