މޯލްޑިްވްސް ޕޮލިސް ސަރވިސް
09 Feb 2024
ޚަބަރު
ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ މީހެއްގެ އަތުން އޮޅުވާަލައިގެން 2 ލައްކަ ރުފިޔާ ފޭރުނު މައްސަލައެއް ބަލަން ފަށައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގއ.ވިލިގިނލީގައި އެރަށު މީހެއްގެ އެކައުންޓުން އޮޅުވާލައިގެން 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައެއް އެއިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ. އެމީހާގެ އެކައުންޓުން ފައިސާ ނަގާފައި ވަނީ، އެޗްޑީސީން އެމީހާއަށް ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ މަކަރާއި ހީލަތުން، އެމީހަށް އޮޅުވާލައިގެން ކަމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.
02 Feb 2024
ޚަބަރު
ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތަކުގައި ކާރަކުން ޖެހި ގެއްލުންވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާނީ، މިއަދުގެ މެންދުރު 12:31ގައި ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް މިއެކްސިޑެންޓްގައި ސޯޕާޕެނަލްތަކަށާއި ކާރަށް ގެއްލުންތައް ވަނީ ލިބިފައެވެ. އެނގިފައިވާ ގޮތުގައި ކާރު ސޯލާޕެނަލްތައް ޖަހާފައިވާ ދަގަނޑުތަކުގައި ޖެހިފައި ވަނީ، ކޮންޓްރޯލު ނުވެގެން ގޮހެވެ.
01 Feb 2024
ޚަބަރު
ޕީޖީ ޝަމީމަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޕީޖީ ޝަމީމަށް ހަމަލާދިނުމުގެ ތުހުމަތުގައި މިއަދު ހައްޔަރު ކުރި ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުަމަށް މިއަދު ކްރިމިނަލްކޯޓަށް ޙާޟިރުކުރުމުން ޝަރީއަތް ނިމެންދެން އެދެމީހުން ބަންދުގައި ބޭއްތިބުމަށް ކޯޓުން އަމުރުދީފައިވާ ކަމަށެވެ.
01 Feb 2024
ޚަބަރު
ޕީޖީ ޝަމީމަށް ހަމަލާދިން އިރު ސެކިއުރިޓީ ދިނުން އޮތީ ހުއްޓާލާފައި - ފުލުހުން
ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފައިވާކަން މީޑިއާއަށް ހާމަކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީޕީ ޝުޖާއު ވިދާޅުވީ، ކޯޓުގައި ހިނގަމުންދިޔަ މައްސަލައަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ކުރިން ސެކިއުރިޓީ ދެމުން ދިޔަ ކަމަށާއި އެހެން ނަމަވެސް ނުރައްކަލެއް ނެތުމުން ފަހުން އޮތީ ސެކިއުރިޓީ ދިނުން މެދުކަނޑާލާފައި ކަމަށެވެ.
01 Feb 2024
ޚަބަރު
ސްކޭމްތަކުގައި 150 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ފޭރިފައި : ފުލުހުން
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބުދުﷲ ރަޝީދު ވިދާޅުވީ، ސްކޭމްތަކާއި ގުޅޭ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށައެޅޭ އިރު، އެކި އެކި ގޮތްގޮތުން ސްކޭމްތަކުން މީހުންގެ އަތުން ގެއްލުނު ފައިސާގެ ޖުމުލަ އަދަދު 150 މިލިޔަނަށް އަރާކަމަށެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން މިހާތަނަށް 57 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސްކޭމްތަކުގެ ތެރެއިން ރައްޔިތުންގެ އަތުން ގެއްލިފައި ވާއިރު އޭގެ ތެރެއިން އަނބުރާ ހޯދުނީ މިލިޔަނެއްހައި ރުފިޔާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
31 Jan 2024
ޚަބަރު
އާދިއްތަ ދުވަހު މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުމުގެ މައްސަލަ ބަލަމުންދާކަމުގައި ފުލުހުން ވިދާޅުވެއްޖެ
ފުލުހުންގެ އިދާރާއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ، މަޖިލީހުގެ އިދާރާގައި ހިނގައި ދިޔަ ހަމަނުޖެހުންތައް ފުުލުހުންގެ ޚިދުމަތުން ބަލަން ފަށާފައި ވަނީ، މަޖިލީހުގެ އިދާރާއިން އެކަން ފުލުހުންނަށް ހުށައެޅުމުން ކަމަށެވެ.
31 Jan 2024
ޚަބަރު
ޕީޖީ ޝަމީމަށް ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ފުލުހުން
މިއަދު ހަވީރު ފުލުހުންގެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކްޓިންގ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސްޕްރިންޓެންޑެންޓް އަޙްމަދު ނާފިޒް ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް މިއަދު ހެނދުނުދިން ހަމަލާއަކީ ފުލުހުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
31 Jan 2024
ޚަބަރު
ޕްރޮސެކިއުޓަރ ޖެނެރަލްއަށް ހުސައިން ޝަމީމަށް މަގުމަތިން ހަމަލާދީ ޒަޚަމްކޮށްލައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޕީޖީ ޝަމީމަށް މީހަކު ހަމަލާދީފައި ވަނީ މިއަދު ހެނދުނުގައި ކަމަށާއި، އެމަނިކުފާނަށް މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށެވެ. އެހެން ނަމަވެސް ޕީޖީ ޝަމީމަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ތަފްސީލެއް އަދި އެމަނިކުފާނަށް ހަމަލާދިނީ ކާކުކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
28 Jan 2024
ޚަބަރު
ހަތަރު ރަށެއްގައި ޕޮލިސް ޕޯސްޓް ހުޅުވައި ހިދުމަތްދޭން ފަށައިފި
އުތުރުގެ ހަތަރު ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި، ހިދުމަތްދޭން ފަށައިފި. ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށާފައި ވަނީ ބ. މާޅޮހާއި، ކިހާދޫ އަދި ނ. ޅޮހީގެ އިތުރުން ހެނބަދޫގައެވެ.
27 Jan 2024
ޚަބަރު
މާލޭގެ ގެެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވެފައި އޮއްވައި ފެނުނު މީހާއަކީ، އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނީ، އާއިލާއިން އޭނާގެ ޚަބަރެއް ނުވާތީ ފުލުހުންނަސް ރިޕޯޓްކުރުމުން އޭނާ މާލޭގައި ހުރިގެއަށް ފުލުހުން ވަދެ ބެލި ބެލުމުންނެވެ.
27 Jan 2024
ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ހަނިމާދޫއިން ދިވެހި ދެފިރިހެނުން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 42 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެދެމީހުންގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެދެމީހުން ހައްޔަރުކޮށްފައި ވަނީ، މި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
22 Jan 2024
ޚަބަރު
ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި މީހަކު ހަނިމާދޫ އެއާޕޯޓުން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެއް ކަަމަށެވެ. އަދި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
20 Jan 2024
ޚަބަރު
ޑައިވިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ބުރިވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ ހުޅުމާލެ އިރުމަތީ ފަރާތުގައި އޮންނަ ޑައިވިން ޕޮއިންޓަކަށް ފަތުރުވެރިން ފީނަން ފައިބައިގެން އުޅެނިކޮށެވެ.
18 Jan 2024
ޚަބަރު
މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު ކަނޑުމަތިން އޮޔާދަނިކޮށް ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ މަރުވެފައި އޮތް މީހެްގެ ހަށިގަނޑު ކަނޑުމަތިން އޮުޔާ ދަނިކޮށް ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ގެ ހެނދުނު، 9:11 ހާއިރުގައި ކަމަށެވެ.
17 Jan 2024
ޚަބަރު
ކަރަންޓްގެ ޚިދުމަތް ދިނުމާއި، ސަލާމަތީ ކަންކަމާއި ގުޅޭ ގޮތުން ފުލުހުންނާއި ސްޓެލްކޯއިން މަޝްވަރާކޮށްފި
ސްޓެލްކޯއިން ވަނީ، އެ ކުންފުނީގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމާއި ގުޅޭގޮތުން އަދި ކަރަންޓް ކެނޑޭ ވަގުތުތަކުގައި މިކުންފުންޏާއި، ފުލުހުންނާއި ދެމެދު މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
16 Jan 2024
ޚަބަރު
މޫނު ނިވާކޮށްގެން ފިހާރަތަކަށް ވަދެ ބިރުދައްކައި ފޭރެމުން ދިޔަ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހައްޔަރުކޮށްފައިވަނީ ގަލޮޅު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން، މިދިޔަ އާދީއްތަ ދުވަހުގައި ކަމަށެވެ. އެމީހާއަކީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މައްސަލައާ ގުޅުންހުރި ތަކެތި ފެނިފައިވާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް، ހޯމަ ދުވަހު އޭނާ ކްރިމިނަލްކޯޓަށް ހާޟިރުކުރުމުން ޝަރީއަށް ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.