Advertisement

ފުލުހުންގެ މައި މަރުކަޒު --

09 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ މީހެއްގެ އަތުން އޮޅުވާަލައިގެން 2 ލައްކަ ރުފިޔާ ފޭރުނު މައްސަލައެއް ބަލަން ފަށައިފި

ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ މީހެއްގެ އަތުން އޮޅުވާަލައިގެން 2 ލައްކަ ރުފިޔާ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގއ.ވިލިގިނލީގައި އެރަށު މީހެއްގެ އެކައުންޓުން އޮޅުވާލައިގެން 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައެއް އެއިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ. އެމީހާގެ އެކައުންޓުން ފައިސާ ނަގާފައި ވަނީ، އެޗްޑީސީން އެމީހާއަށް ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ މަކަރާއި ހީލަތުން، އެމީހަށް އޮޅުވާލައިގެން ކަމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

ފުލުހުން ވިދާޅުވީ އެމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، އެހެން ނަމަވެސް އެމައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށެވެ.

އޮޅުވާލައިގެން އެކި ގޮތް ގޮތުން މީހުންގެ އެކައުންޓުތަކުން ފައިސާ ފޭރުމުގެ އަމަލުތަކަކީ ތަކުރާރުކޮށް ހިނގަމުން އަންނަ އަމަލުތަކެވެ. މިފަދަ މައްސަލަތަކުގައި މީހުންގެ އަތުން ގެއްލިފައިވާ ފައިސާގެ އަދަދު 57 މިލިއަނަށް ވުރެ މަތިކަމަށާއި އެފަދަ މައްސަލަތަކުގައި އަނބުރާ ހޯދިފައި ވަނީ، މިލިޔަނެއްހައި ރުފިޔާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.