Advertisement

މާލެ އަތޮލު --

18 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު ކަނޑުމަތިން އޮޔާދަނިކޮށް ފެނިއްޖެ

މާލެ އަތޮޅު ދެކުނުބުރީގައި އޮންނަ ވެލައްސަރު ރިސޯޓާއި ދިމާ ކަނޑުމަތިން މަރުވެފައި އޮތް ދިވެހި ފިރިހެނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ މަރުވެފައި އޮތް މީހެްގެ ހަށިގަނޑު ކަނޑުމަތިން އޮުޔާ ދަނިކޮށް ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ގެ ހެނދުނު، 9:11 ހާއިރުގައި ކަމަށެވެ.

އަދި މިހާތަނަށް ބެލި ބެލުމުން މަރުވެފައި އޮއްވައި ފެނުނު އެމީހާއަކީ، މާލެ އަތޮޅުގެ ރިޒޯޓެއްގައި ވަޒީފާ އަދާކުރަމުންދިޔަ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަން އެނގިފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާގެ މަރުގެ މައްސަލަ ފުލުހުން މިހާރު ތަޙްޤީޤު ކުރަމުންދާކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 Apr 2025
އެމްޓީސީސީ
ގުޅީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި
މާލޭ އަތޮޅު ގުޅީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޟްރޫއުގެ ތެރެއިން ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން ހާމަކޮށްފިއެވެ.
05 Apr 2025
ރައީސް މުޙައްމަދު ނަޝީދު
އެންމެ ރަގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން: ނަޝީދު
ރާއްޖެއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ މޯލްޑިވިއަން ޑިމޮކްރަޓްސް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅުން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
05 Apr 2025
ޚަބަރު
ފުރަން ދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލަ ހުށައަޅާފައި ވަނީ ރޭގައި ކަމަށެވެ. އަދި އެމީހާ ހައްޔަރުކޮށް އޭނާގެ ބަންދަށް 6 ދުވަސް ޖަހާފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
05 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ކިޔަވާ ކުދިންނަށް ފައިސާ ޖަމާވުން ލަސްވާ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެ
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދަރިވަރުންނަށް އުނދަގޫވާ ކަންކަން އެ މަނިކުފާނަށް އެނގިލައްވާ ކަމަށާއި، އެކަންކަން ހައްލުކުރައްވާނެ ކަމަށެވެ.