Advertisement

ފުލުހުންގެ އިދާރާ --

01 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީޖީ ޝަމީމަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ޙަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޕީޖީ ޝަމީމަށް ހަމަލާދިނުމުގެ ތުހުމަތުގައި މިއަދު ހައްޔަރު ކުރި ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުަމަށް މިއަދު ކްރިމިނަލްކޯޓަށް ޙާޟިރުކުރުމުން ޝަރީއަތް ނިމެންދެން އެދެމީހުން ބަންދުގައި ބޭއްތިބުމަށް ކޯޓުން އަމުރުދީފައިވާ ކަމަށެވެ.

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގެ ތަޙްޤީޤާއި ގުޅޭ މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، ޕީޖީ ޝަމީމަށް ހަމަލާދިނުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން، ހައްޔަރުކޮށްފައި ވަނީ ގްރޭޓަރ މާލެ ސަރަހައްދުން ކަމަށެވެ. އަދި އެމީހުން ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ ދުރާލައި ރާާވައިގެން ކަމުގައި ބެލެވޭ ކަމުގައިވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގެ ތަހްޤީޤުގެ ވަރަށް ކުރީކޮޅު ކަމުގައި ވާތީ، އެމައްސަލައިގެ ތަޙްޤީޤަށް ހުރަސް އެޅިދާނެކަމަށްޓަކައި ބައެއް މައުލޫމާތު މިވަގުތު އަދި ހާމަކުރެވެން ނެތްކަމުގައިވެސް ސީޕީ ވަނީ ވިދާޅުވެފައެވެ. އެހެން ނަަމަވެސް ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކުރައްވާނެ ކަމުަގައި ސީޕީ ވަނީ ވިދާޅުވެފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދީފައި ވަނީ، އިއްޔެ ހެނދުނު މާލޭ ނޫރު މިސްކިތް ކައިރިންނެވެ. ހަމަލާދިން މީހުން ތިބީ ހެލްމެޓް އަޅައި މޫނު ނިވާކޮށްގެންނެވެ. އެމީހުން ދިން ހަމަލާގެ ސަބަބުން ޕީޖީ ޝަމީމްގެ ވާތުގެ ކަށިގަނޑެއްގައި ރެނދުލާފައިވާކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.