Advertisement

ސްޓެލްކޯގެ އިސްވެރިންނާިއ ފުލުހުންނާއި އެކު ބޭއްވެވި ބައްދަލުކުރުމުގެ ތެރެއިން ---

17 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ކަރަންޓްގެ ޚިދުމަތް ދިނުމާއި، ސަލާމަތީ ކަންކަމާއި ގުޅޭ ގޮތުން ފުލުހުންނާއި ސްޓެލްކޯއިން މަޝްވަރާކޮށްފި

ކަރަންޓްގެ ޚިދުމަތް ދިނުމާއި، ސަލާމަތީ ކަންކަމާއި ގުޅޭ ގޮތުން ފުލުހުންނާއި ސްޓެލްކޯއިން މަޝްވަރާކޮށްފިއެވެ.

ސްޓްލެްކޯއިން ހާމަކޮށްފައިވާ ގޮތުގައި، ސްޓެލްކޯ އާއި ފުލުހުންގެ އެންމެ އިސްވެރިން އަދި ކަމާއި ގުޅޭ ދެމުއައްސަސާތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށް މައިގަނޑު ތިން ކަމެއްގައި ވަނީ މަޝްވަރާކޮށްފައެވެ. އޭގެ ތެރެއިން އެއްކަަމަކީ، ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ ދޫނިދޫގެ ކަރަންޓްގެ ޙާލަތު ރަނގަޅުކުރުމާއި ގުޅޭ މަޝްވަރާތަކެކެވެ. މީގެ އިތުރުން ދޫނިދޫގައި މިހާރު ހުރި ޕަވަރ ސިސްޓަމްގެ އެސެސްމެންޓްހަދައި އެސިސްޓަމް އަޕްގްރޭޑްކުރުމާއި. ފުލުހުންގެ އިންޖީނިއަރުންނަށް ސްޓެލްކޯގައި ޖޮބް އެޓޭޗްމަންޓް ޓްރެއިނިންގ ދިނުމާއި ގުޅޭގޮތުން ފުލުހުންވަނީ، ސްޓެލްކޯއާއި އެކު މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން ސްޓެލްކޯއިން ވަނީ، އެ ކުންފުނީގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމާއި ގުޅޭގޮތުން އަދި ކަރަންޓް ކެނޑޭ ވަގުތުތަކުގައި މިކުންފުންޏާއި، ފުލުހުންނާއި ދެމެދު މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.

ސްޓެލްކޯއަކީ މާލެ ސަރަހައްދުގައި ކަރަންޓްގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.