ސްޓެލްކޯ
28 Apr 2025
ޚަބަރު
ސްޓެލްކޯގެ އިންޖީނު ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ސްޓެލްކޯގެ މައި އިންޖީނެއްގެ ދުންހޮޅީގައި ރޯވެ އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
23 Apr 2025
ޚަބަރު
ސްޓެލްކޯއިން "ބިލްޑް އެކްސްޕޯ" ގައި ބައިވެރިވުމަށް ނިންމައިފި
ހުޅުމާލޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބިލްޑް އެކްސްޕޯ 2025 ގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ބިޒްނަސް ސެންޓަރުން ބައިވެރިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
22 Apr 2025
ސްޓެލްކޯ
ސްޓެލްކޯގެ އިންޖިނިއަރިން ސްކޮލާޝިޕްއާ ގުޅޭ މަޢުލޫމާތު ދިނުމަށް ސެޝަންތަކެއް ބާއްވަނީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހުޅުވާލާފައިވާ “މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް” އަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ޚާއްޞަ ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
20 Apr 2025
ޚަބަރު
މާލެ ސަރަޙައްދުގައި ބުރާސްފަތި ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ވަރަށް މަތި
ސްޓެލްކޯއިން ވިދާޅުވީ މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރަކަށްވުމާއެކު، އިހުސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިކަމަށެވެ. އެހެން ކަމުން އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއްކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.
13 Apr 2025
ޚަބަރު
މިއަދު ހެނދުނު ހިޔާ ޓަވަރު އެކަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
13 އޭޕްރީލް 2025ވާ އާދީއްތަ ދުވަހު ހެނދުނުގެ 9:00އާއި ހަވީރު 17:00އާއި ދެމެދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުގެ ފުރަތަމަ ޓަވަރުގެ އެޕާޓްމެންޓު ތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓިރިކަލް ކޮމްޕެނީ(ސްޓެލްކޯ) އިން ބުނެފިއެވެ.
12 Apr 2025
ޚަބަރު
މާލޭގެ ދެ ސަރަޙައްދަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
މާލޭގެ ދެ ސަރަޙައްދަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިޢުލާނުކޮށްފިއެވެ. ކަރަންޓު ކެނޑޭނެ ކަމަށް ބުނެފައިވަނީ ކުންފުނީގެ ކަރަންޓު ވިއުގަ އަދާހަމަކުރުމުގެ މަސައްކަތާ ގުޅިގެންނެވެ.
03 Apr 2025
ސްޓެލްކޯ
ބިލް ބޮޑުވީ ހޫނު ގަދަވެ ބޭނުންކުރިވަރު އިތުރުވުމުން: ސްޓެލްކޯ
ކަރަންޓުން ދިހަ އިންސައްތައިގެ ޓިސްކައުންޓެއް ދީފައިވީނަމަވެސް، ބިލް ބޮޑުވީ ހޫނު މޫސުމާ ދިމާވެ، ކަރަން ބޭނުންކުރެވޭ މިންވަރު އިތުރުވުމުން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
23 Mar 2025
ޚަބަރު
ސްޓެލްކޯއަށް ރެކޯޑް އަދަދަކަށް ފައިދާ ވެއްޖެ
2023 ވަނަ އަހަރު ސްޓެލްކޯއަށް 171.9 މިލިޔަން ރުފިޔާގެ ގެއްލުމާއި ކުރިމަތިވިއެވެ. އެހެން ސަރުކާރު ބަދަލުވެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ކަމުގެ މަޤާމާއި ޙުސައިން ފަޙުމީ ހަވާލުވެވަޑައިގެންނެވުމަށްފަހުގައި މި ނިމުނު އަހަރުގެ ތެރޭގައި ސްޓެލްކޯ ވަނީ ގެއްލުމުން އަރައިގަނެ އަލުން ފައިދާވާ ކުންފުންޏަކަށް ވެފައެވެ.
17 Mar 2025
ޚަބަރު
ރޯދަމަސް ނިމުމާއިއެކު ކަރަންޓް ޚިދުމަތުގެ ޕީކް ސީޒަން ފެށޭނެ: ފަޙްމީ
ފަޙްމީ ވިދާޅުވީ، ރައްޔިތުންނަށް އަބަދުވެސް ދޭން ބޭނުންވާ ޔަގީންކަމަކީ ސްޓެލްކޯ އަބަދުވެސް އޮންނާނީ ދުރު މުސްތަގުބަލަށް ވިސްނައި، ދުރާލާ ތައްޔާރުވެ ކަމަށެވެ. އަދި އެގޮތުން މި ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަންދެއްވާ ކަމުގައި ފަޙްމީ ވިދާޅުވިއެވެ.
17 Mar 2025
ޚަބަރު
އައު އިންޖީނުގެ ހުޅުވައި ސްޓެލްކޯއިން ޕީކް ސީޒަނަށް ތައްޔާރުވެއްޖެ
އެގޮތުން 48،000 އަކަފޫޓޫގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެ (ބައު އިންޖީނުގެ) އިން ކާނުތަކެއް އެ ބިމާހަމަޔަށް ތައްޔާރުކޮށް، އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާއި ހަމަޔަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތައް ހޭދަވީ ނުވަ ވަރަކަށް ދުވަސްކަންވެސް ފަޙްމީ ވަނީ ފާހަގަކުރައްވާފައެވެ.
09 Mar 2025
ޚަބަރު
ގާފަރުގައި އިތުރު ޖެނެރޭޓަރު ސެޓެއް ބަހައްޓައި ބޭނުން ކުރަން ފަށައިފި
ސްޓެލްސްކޯއިން ވިދާޅުވީ، މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކ. ގާފަރުގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ބަހައްޓައި އެ ޖަނަރޭޓަރު ސެޓުން މިހާރު ކަރަންޓްގެ ޚިދުމަތްދޭން ފަށާފައި ވާކަމަށެވެ.
09 Mar 2025
ޚަބަރު
ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއްދޭން ސްޓެލްކޯއިން އިލްތިމާސްކޮށްފި
ސްޓެލްކޯއިން ބުނީ މިރަމަޟާންމަހުގެ ފާއިތުވި ހަތްދުވަހަށް ބަލާއިރު އެންމެ ބޮޑަށް ކަރަންޓް ބޭނުން ކުރާ މިންވަރު ދަށްވަނީ، މެންދަމު 12އިން ފެށިގެން ހެނދުނު 7 އާއި ހަމައަށް ކަމަށެވެ. އަދި ކަރަންޓް ބޭނުންކުރާ މިންވަރު އެންމެ މަތިވެގެން ދަނީ މެންދުރު ފަހު 2 އިން އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކަމަށާއި، ރޭގަނޑު 9އިން 11އަށްވެސް ކަރަންޓް ބޭނުން ކުރާ މިންވަރު މަތިވެގެންދާކަމުގައި ސްޓެލްކޯއިން ހާމަކުރައްވާފައިވެއެވެ.
04 Mar 2025
ޚަބަރު
ދެބިލެއް ފޮނުވި ސަބަބު ސްޓެލްކޯއިން ސާފުކޮށްދީފި
އެކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވީ، އެއްމަހެއްގައި ދެކަރަންޓްބިލް ލިބުމުން އެކަމުގެ ޝަކުވާ ލިބެމުން އަންނާތީ ބިލްދެއްކުމަށް ދަތިވާ ފަރާތްތަކަށްވެސް ލުއި ގޮތްތައް އަބަދުވެސް އޮންނާނެ ކަމަށެވެ.
02 Mar 2025
ޚަބަރު
ރޯދަމަހު ޑޮމެސްޓިކް ހުރިހާ ކަސްޓަމަރުންނަށްވެސް %10 ޑިސްކައުންޓް ލިބޭނެ: ފަހުމީ
ފަޙްމީ ވިދާޅުވީ، ސްޓެލްކޯއިން ޑިސްކައުންޓް ދޭނީ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ގޮތަށް ރައްޔިތުންނަށް ޚަރަދުކުޑަ އަދި އެންމެ ލުއި ފަސޭހަ ވާނޭ ގޮތަށް ކަމަށެވެ. މިގޮތުން ޑިސްކައުންޓް ދެވޭނީ ބިލްތަކުގެ އެވްރެޖަށް ބަލައިގެން ކަމުގައިވެސް ވިދާޅުވިއެވެ.
28 Feb 2025
ޚަބަރު
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯ އިން ކުރަމުން އަންނަ މަސައްކަތް މިނިސްޓަރ ޠާރިޤު ބައްލަވާ ލައްވައިފި
22 Feb 2025
ޚަބަރު
މަސްދަޅު ބެހުމުގެ މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުންވެސް ބައިވެރިވެއްޖެ
ސްޓެލްކޯގެ މެނޭޖުންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މަސްދަޅުކޭސް ބެހުމަށް ސަރުކާރުން މިހާރު އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން ކިއުގެ ތަކުލީފު ވީހާވެސް ކުޑަވާނެ ގޮތަކަށް އިންތިޒާމްކުރެވި ރޭވިފައިވާ ރޭވުންތަކުގެ ތެރެއިން ސްޓެލްކޯގެ މުވައްޒަފުންވެސް ވަނީ މި މަސައްކަތުގައި ސަރުކާރުގެ ޓީމުތަކާއި ގުޅިގެން ބައިވެރިވެފައި ކަމަށެވެ.