Advertisement

ސްޓެލްކޯގެ މުވައްޒަފުން މެއިންޓެނަސް މަސައްކަތެއްގައި ---

03 Apr 2025
ސްޓެލްކޯ

ޑިސްކައުންޓު ލިބުނަސް ބިލް ބޮޑުވީ ހޫނު ގަދަވެ ބޭނުންކުރިވަރު އިތުރުވުމުން: ސްޓެލްކޯ

ކަރަންޓުން ދިހަ އިންސައްތައިގެ ޓިސްކައުންޓެއް ދީފައިވީނަމަވެސް، ބިލް ބޮޑުވީ ހޫނު މޫސުމާ ދިމާވެ، ކަރަން ބޭނުންކުރެވޭ މިންވަރު އިތުރުވުމުން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނީ އެ ކުންފުނިން މާރިޗު މަހުގެ ބިލު ފޮނުވުމުން ބިލު ބޮޑުކަމަށް ބުނެ އާންމުން އެެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދިއުމާ ގުޅިގެންނެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ، ކަރަންޓް ބިލްތައް ބޮޑުވީ ރޯދަ މަހާއި ހޫނު ދުވަސްވަރު ދިމާވުމުންކަމަށެވެ. އަދި މިދިޔަ އަހަރުގެ ރޯދަ މަހަށްވުރެ މި އަހަރު ޕީކް ކުޑަވި ކަމަށާއި ނަމަވެސް ޖުމްލަކޮށް ކަރަންޓް ބޭނުންކުރި މިންވަރު މައްޗަށް ގޮސްފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކަރަންޓުން ޑިސްކައުންޓް ދިނުމުގައި އެކި މީހުންނަށް އެކި މިންވަރަށް ދީފައިވާގޮތް ސާފު ކޮށްދެއްވަމުން އޮފިޝަލް ވިދާޅުވީ ޑިސްކައުންޓް ދިނުމުގައި ބެލީ މިދިޔަ ނުވަމަހުގެ ބިލްތަކުގެ އެވެރެޖަށް ކަމަށެވެ.

ރޯދަ މަސް ފެށުމުގެ ކުރިން ސްޓެލްކޯއިން ބުނީ، ރޯދަ މަހުގެ ބިލް އާންމު މަސްތަކުގެ ބިލަށްވުރެ ބޮޑު ނުވާގޮތަށް އެވްރެޖް ބިލެއް ހަދާނެ ކަމަށާއި، ހިސާބުކުރުމުގައި ބަލާނީ ނުވަ މަހުގެ އެވްރެޖަށް ކަމަށެވެ. އަދި ބޭނުން ނުކުރާ ކަރަންޓަށް ބިލް ނުކުރާނެ ކަމުގެ ޔަގީންކަން  ވެސް ސްޓެލްކޯއިން ވަނީ ދީފައެވެ.

ކޮމެންޓް
ޢަހްމަދު
މި އީ މިޒަމާނުގައި ހިނގާ އަރަތެއް. ޞަހަނާއެއް.
03 Apr 2025
އަބުދުލް ވާހިދު
އޮޅުވާލާ މަކަރާ ހީލަތް ހެދުން ހެދުން ނޫން ކަމެއް ކުރަން އެނގޭބާ މިއޮތީ ވާ ސަރުކާރެއް
03 Apr 2025
ޔޯލަ
ޕީކް ދައްވީމަ ހަރަދު ކުޱަވަާންޖެހޭނެ
03 Apr 2025
ދޮންދުބުރިމާ
އެމްޑީއަކަށް ހުރި މީހާ ކައިރީ ބުނޭ އޮޅުވާލަން ނޫޅޭށޭ ތިޔަހަދާ ހުރިހާ މުޑުދާރު ހަނޑިއެއް އެގެޔޭ ވަރަށް ސަލާމް އެވާހަކަ ބުނެލީ
03 Apr 2025
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.