Advertisement

ސްޓެލްކޯގެ މައި ކޮންޓްރޯލް ރޫމް --

23 Mar 2025
ޚަބަރު

ސްޓެލްކޯއަށް ރެކޯޑް އަދަދަކަށް ފައިދާ ވެއްޖެ

ސްޓެލްކޯގެ ހިންގުމާއި ޙުސައިން ފަޙްމީ ހަވާލުވުމަށްފަހުގައި އެކުންފުންޏަށް ގެނައި އިސްލާޙީ ބަދަލުތަކާއި އެކު ކުންފުނީގެ ފައިދާ ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ.

2023 ވަނަ އަހަރު ސްޓެލްކޯއަށް 171.9 މިލިޔަން ރުފިޔާގެ ގެއްލުމާއި ކުރިމަތިވިއެވެ. އެހެން ސަރުކާރު ބަދަލުވެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ކަމުގެ މަޤާމާއި ޙުސައިން ފަޙުމީ ހަވާލުވެވަޑައިގެންނެވުމަށްފަހުގައި މި ނިމުނު އަހަރުގެ ތެރޭގައި ސްޓެލްކޯ ވަނީ ގެއްލުމުން އަރައިގަނެ އަލުން ފައިދާވާ ކުންފުންޏަކަށް ވެފައެވެ.

ސްޓެލްކޯއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި ނިމުނު 2024 ވަނަ އަހަރު އެކުންފުންޏަށް، 137.9 މިިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ. މިއީ އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރުގައިވެސް އެކުންފުންޏަށް ނުހޯދޭ އަދަދެކެވެ.

"މިއީ ކުންފުނީގެ ތާރީހުގައި ހޯދި އެންމެ ރަނގަޅު އެއް ނަތީޖާކަމަށް ފާހަގަކުރަން. އަދި މި ކާމިޔާބީއަކީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަމުގެ ހެއްކެއް،" ކުންފުންޏަށް ހާޞިލްކުރެވުނު ކާމިޔާބީތަކާއި ގުޅޭ ގޮތުން ފަޙްމީ ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ފުރަތަމަކޮޅު ސްޓެލްކޯއަށް ފައިދާވީ ނަމަވެސް އެ ސަރުކާރުގެ ދައުރު ނިމުނު އިރު ސްޓެލްކޯއަށް އޮތީ މާލީ ގޮތުން ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެެވެ.

ސްޓެލްކޯއަކީ މާލެ ސަރަހައްދުގެ އިތުރުން، މާލެ އަތޮޅާއި ވ އަތޮޅުގެ ބައެއް ރަށްރަށުގައިވެސް ކަރަންޓްގެ ޚިދުމަތް ދެމުންއަންނަ ސަރުކާރުގެ ކުންފުންޏެކެވެ.

ކޮމެންޓް
އިއްބެ
ކޮއްމެބިލެއް ޑަބަލްކޮށްބިލުހަދާފައިސާނެހީމައި ފައިދާވާނެކަންމޮޔައަކަށްވެސްއެނގޭނެ
23 Mar 2025
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.