ގާފަރުގައި އިތުރު ޖެނެރޭޓަރު ސެޓެއް ބަހައްޓައި ބޭނުން ކުރަން ފަށައިފި
ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުން އަންނަ މާލެ އަތޮޅުގެ ރަށްތަކުގެ ތެރެއިން ކ، ގާފަރުގައި އެކުންނިން އިތުރު ޖަނަރޭޓަރު ސެޓެއް ބަހައްޓައިފިއެވެ.
ސްޓެލްސްކޯއިން ވިދާޅުވީ، މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކ. ގާފަރުގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ބަހައްޓައި އެ ޖަނަރޭޓަރު ސެޓުން މިހާރު ކަރަންޓްގެ ޚިދުމަތްދޭން ފަށާފައި ވާކަމަށެވެ.
މިއާއިއެކު ގާފަރުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވި، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެކަމުގައި އެކުންފުނިން ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ރޯދަމަހާއި ދިމާކޮށް މާލެ އާއި ހުޅުމާލޭގައި ކަަރަންޓްގެ ޚިދުމަތުގެ ކެޕޭސިޓީ މަތިކުރުމަށްޓަކައި އެކުންފުނިން ވަނީ އިތުުރު ޖަނަރޭޓަރުތައް ބަހައްޓާފައި ކަމަށެވެ.