ސްޓެލްކޯ
ސްޓެލްކޯ
04 Feb 2024
ޚަބަރު
ހުކުރު މިސްކިތާއި މުންނާރާއި މެދު ޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތް އާބާތުރަފިލުވުމުގެ މަސައްކަތްވެސް ސްޓެލްކޯއަށް!
ފަހުމުނާމާގެ ދަށުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަންނީ އިރުޝާދުގެ ދަށުން، ސްޓެލްކޯއިން މާލޭ ހުކުރު މިސްކިތާއި މިސްކިތުގެ ގޯތިތެރެ އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި، އެތަންތަން ރައްކާތެރިކަމާއިއެކު ގިނަ ޒަމާންތަކަކަށް ދެމެހެއްޓުމަށްޓައި ކުރަންހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރުކުރުމުގެ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ މިއާއިއެކު އެ ތަންތަނުގައި ކުރަންހުރި ކަރަންޓުގެ އެކި މަސައްކަތްތައްވެސް މި ފަހުމުނާމާގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
30 Jan 2024
ޚަބަރު
ފެނަކައަށް ފަންނީ އެހީ ސްޓެލްކޯއިިން ފޯރުކޮށްދޭނަން - ފަހުމީ
ފަޙްމީ ވިދާޅުވީ، އެ ފަހުމުނާމާގެ ދަށުން ސްޓެލްކޯއިން ކޮށްދޭ ގިނަ ކަންކަން ވެގެންދާނީ އަގުނެގުމަކާއި ނުލައި، ރައްޔިތުންނަށް ދެ ކުންފުނިން ދޭ ޚިދުމަތުގެ ފެންވަރުގެ މަތިކުރުމުގެ މަޤުޞަދުގައި ކޮށްދޭ ކަންތައްތަކަށް ކަމަށެވެ. އެގޮތުން، އެ އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން ފެނަކަ ކޯޕަރޭޝަނަށް، ހިލޭ ކޮށްދެވެން ހުރި ހުރިހާކަމެއް ހިލޭ ކޮށްދެއްވާނެ ކަމަށާއި، ގަންނަން ޖެހޭ މުދާ ގަތުމުގައި އެކުންފުނިން ދައްކަން ޖެހޭ އަގެއް ފިޔަވައި އެހެން ކަންކަން ވީހާވެސް ލުއިގޮތަކަށް ކޮށްދެއްވާނެ ކަމުގައިވެސް ފަޙްމީ ވިދާޅުވިއެވެ.
26 Jan 2024
ޚަބަރު
މަދުވެގެން 5 ރަށެއްގައި މިއަހަރު ބެޓެރިން ކަރަންޓު ދޭން ފަށާނަން: ސްޓެލްކޯ އެމްޑީ
ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި، އައު އީޖާދީ ގޮތްތަކަށް ކަރަންޓު އުފެއްދުމަށާއި، ކުންފުނީގެ ޚިދުމަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސްޓެލްކޯއިން ކެނޑިނޭޅި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
18 Jan 2024
ޚަބަރު
ރޯދަމަހަށް ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަނީ
ހުކުރު މިސްކިތުގެ މުންނާރަކީ ދިވެހި އާސާރީ ތަރިކައިގެ ވަރަށް މުހިންމު ބިނާއެއްކަމަށާއި އެ ބިނާ ރައްކާތެރިކޮށް ބެހެއްޓުމަށް އަބަދުވެސް ސަމާލުކަންދެމުން އަންނަ ކަމަށެވެ. މިފަހަކަށް އައިސް ހުކުރު މިސްކިތާއި މުންނާރު އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަނީ ސްޓެލްކޯއާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތް ސްޓެލްކޯއިން ކުރަނީ އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.
17 Jan 2024
ޚަބަރު
ދޮންއަނދަރާދަ ހިނގުން ހުޅުވާލުމުގެ މަސައްކަތް ނގަމުންދާ ގޮތް އެމްޓީސީސީގެ ސީއީއޯ ބައްލަވާލައްވައިފި
ދޮންއަނދަރާދަ ހިނގުން ހުޅުވާލުމުގެ މަސައްކަތުގެ ތެރެއިން އެމަގަށް ވާގޮތަށް ކުރިން އަޅާފައި ހުރި އިންޖީނުގެތަކުގައި، އިންޖީނު ބެހެއްޓުމަށް ތައްޔާރުކޮށްފައި ހުރި ބެޑްތައް ތަޅާލައި މެގުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސިންނެވެ. 6 ފޫޓު ބޯމިނުގައި އަޅާފައިވާ ބޮޑެތި ކޮންކްރީޓް ބެޑުތައް އެތަނުން ތަޅައި މެގުމުގެ މަސައްކަތަކީ، އެމަގު ހުޅުވާލުމަށް ސްޓެލްކޯއިން ކުރި މަސައްކަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.
17 Jan 2024
ޚަބަރު
ބޮޑުތަކުރުފާނު މަގަށް ވާގޮތަށް ހުރި ސްޓެލްކޯގެ ޕަމްޕް ސްޓޭޝަން ފަޅުތެރެއަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއެކޮށްފި
ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސައިން ފަޙްމީ ވިދާޅުވީ، އެމަސައްކަތަށް ސްޓެލްކޯގެ ބަޖެޓުން 7.1 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި، އަމާޒު ހިފާފައި ވަނީ ދެމަސް ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމުމަށް ކަމަށެވެ.
17 Jan 2024
ޚަބަރު
ކަރަންޓްގެ ޚިދުމަތް ދިނުމާއި، ސަލާމަތީ ކަންކަމާއި ގުޅޭ ގޮތުން ފުލުހުންނާއި ސްޓެލްކޯއިން މަޝްވަރާކޮށްފި
ސްޓެލްކޯއިން ވަނީ، އެ ކުންފުނީގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމާއި ގުޅޭގޮތުން އަދި ކަރަންޓް ކެނޑޭ ވަގުތުތަކުގައި މިކުންފުންޏާއި، ފުލުހުންނާއި ދެމެދު މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
14 Jan 2024
ޚަބަރު
ސްޓެލްކޯއިން 2 ޖަނަރޭޓަރު ސެޓު ގެނެސްފި
މި އަހަރުގެ ހޫނު ދުވަސްވަރު، މެދުނުކެނޑި ރައްޔިތުންނަށް ކަރަންޓު ލިބޭނެ މަގު ފަހިކޮށްދިނުމަށް ސްޓެލްކޯއިން 2 ޖަނަރޭޓަރު ސެޓު ގެނެސްފިއެވެ.
10 Jan 2024
ޚަބަރު
ދޮން އަނދަރާދަ ހިނގުން ހުޅުވާލުން، ސްޓެލްކޯއިން ކުރާ ގޮންޖެހުން ބޮޑު ބުރަ މަސައްކަތެއް
ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ކުރިން ސްޓެލްކޯއިން ނިންމީ މިމަހުގެ 15ގައި އެމަގު ހުޅުވާލުމަށް ނަމަވެސް އެމަގު ހުޅުވާލުމަށް ކުރަންޖެހިފައި ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ.
08 Jan 2024
ޚަބަރު
ވިލިމާލޭގައި އޮތް ޕާކެއް ތަރައްްޤީކުރުން ސްޓެލްކޯއަށް
ވިލިމާލޭގައި މިހާރު އޮތް ޕާކެއް ތަރައްޤީކުރުމަށް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ. ސްޓެލްކޯއާ ހަވާލުކޮށްފައިވަނީ ވިލިމާލެ 38 ނަންބަރު ކޮށީގައި މިހާރުވެސް އޮތް ޕާކެއްގެ އާބާތުރަ ފިލުވައި، ތަރައްޤީކުރުމުގެ މަސައްކަތެވެ.
30 Dec 2023
ޚަބަރު
ހުކުރު މިސްކިތާއި މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި
ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން މިފެށޭ ރަމަޟާން މަހުގެ ކުރިން ހުކުރު މިސްކިތުގެ މުންނާރު (މި އާޘާރީ ތަރިކައިގެ) ގެ އާބާތުރަ ފިލުވާ އެތަން ޒީނަތްތެރިކޮށް ނިންމުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
29 Dec 2023
ޚަބަރު
މާވެޔޮ މިސްކިތް ކައިރީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރ ނަގައިފި
މާވެޔޮ މިސްކިތް ކައިރީ ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ނަގައިފިއެވެ. މިތަން ހުރީ މިސްކިތް ކައިރީ މަގުމައްޗަށްވާގޮތަށެވެ.
17 Dec 2023
ޚަބަރު
ސްޓެލްކޯގެ އިމާރާތްތަކެއް ނަގައި، ދޮންއަނދަރާދަ މަގު ހުޅުވާލަނީ
ސްޓެލްކޯގެ ބޭނުމަށް އެމަގު ބަންދުކޮށްފައި ވަނީ ސްޓެލްކޯގެ ފޯތު ޕަވަރ ޕްލާންޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުން ދިޔައިރު 2010 ވަނަ އަހަރުގައެވެ. އެމަގު އޭރު ބަންދުކުރުމަށްފަހު އިރުމަތިން އޮތް ކޮށި ސްޓެލްކޯއަށް އެއްކޮށްލައި އެބިމުގައި ވަނީ، އިމާރާތްތަކެއްވެސް ކޮށްފައެވެ. ސްޓެލްކޯއިން ބުނީ، ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް މިކުންފުނީގެ ހެޑް އޮފީސް ސަރަހައްދުގެ ޓްރެފިކްފްލޯއަށް ލުޔެއް ހޯދައިދިނުމަށްޓަކައިކަމަށެވެ.
28 Nov 2023
ޚަބަރު
މަޤާމާއި ހަވާލުވެ ފުރަތަމަ މަސައްކަތަކަށް ފަހުމީ ފެއްޓެވީ، މުއިވެޔޮމަގު ޓްރާންސްފޯމަރުގެ މައްސަަލަ ހައްލުކުރުމުގެ މަސައްކަތް
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާއި ހަވާލުވެ ވަޑައިގެން ފުރަތަމަ މަސައްކަތެއްގެ ގޮތުން މުއިވެޔޮމަގަށް ނެރެފައި ހުރި ޓްރާންސްފޯމަރ ގެ މައްސަލަ ހައްލުކުރެއްވުމުގެ މަސައްކަތް ފަޙްމީ ފައްޓަވައިފިއެވެ.
28 Nov 2023
ޚަބަރު
ސްޓެލްކޯގެ އެމްޑީއަކަށް ފަހުމީ
ޙުސައިން ފަހުމީއަކީ، ދިގު މުއްދަތެއްގައި ސްޓެލްކޯއަށް މުހިއްމު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ކަމުގެ މަޤާމަށް، ފަހުމީ ޢައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ، އެކުންފުނީގެ ޖެނެލް މެނޭޖަރުގެ މަޤާމުގައެވެ.
26 Nov 2023
ޚަބަރު
ސްޓެލްކޯއަށް 34 އަހަރު ޚިދުމަތް ކުރެއްވި ލަތީފް ރިޓަޔާކުރައްވައިފި
ސްޓްލެކޯއިން ހާމަކޮށްފައިވާ ގޮތުގައި، މުޙައްމަދު ލަޠީފް ޚިދުމަތުން ރިޓަޔާކުރައްވާފައި ވަނީ މިއަދުއެވެ. ލަޠީފް މަޤާމުން ރިޓަޔަރ ކުރެއްވި އިރު އެންމެ ފަހުން އޭނާ ހުންނެވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައެވެ.