Advertisement

ދޮންއަނދަރާދަ ހިނގުން -- ފޮޓޯ:ސްޓެލްކޯ

09 Mar 2024
ޚަބަރު

ދޮންއަނދަރާދަ ހިނގުން އާއްމުންނަށް ހުޅުވާލައިފި

ސްޓެލްކޯގެ ފޯތު ޕަވަރ ޕްރޮޖެކްޓާއި ގުޅިގެން ސްޓެލްކޯގެ ދެކޮށި އެއްކޮށްލުމަށް މީގެ 13 އަހަރު ކުރިން ބަންދުކުރި ގަލޮޅު ދިން އަނދަރާދަ ހިނގުން މިރެއިން ފެށިގެން އާއްމުންނަށް ހުޅުވާލައިފިއެވެ.

އެމަގު އާއްމުކޮށް ހުޅުވާލުމަށްޓަކައި، ސްޓެލްކޯއިން ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެމަގު ހުޅުއްވައިދެއްވީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީނާއި، ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީއެވެ.

ދޮން އަނދަރާދަ ހިނގުން ހުޅުވާލުން -- ފޮޓޯ: ސްޓެލްކޯ

މިރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ޙުސައިން ފަޙްމީ ދެއްކެވި ވާހަކަފުޅުގައި، މަގު ހުޅުވުމުގެ އިރުޝާދު ލިބިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ކަމަށާއި، ރައްޔިތުންގެ ވިންދާއި އެއްގޮތައް އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުންގެންދަވާތީ ޝުކުރު ދަންނަވާކަމަށެވެ. އަދި މި މަގު ހުޅުވާލުމާއިއެކު، އެކަމުގެ ލުއި ފަސޭހަތައް މާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައިވެސް ފަޙްމީ ވިދާޅުވިއެވެ.

މަގު ހުޅުއްވައި ދެއްވައި، ޓްރާންސްޕޯޓް މިނިސްޓަރ އަމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރުން ބަދަލުތަކެއްބޭނުން ވެގެން ކުރަމުންގެންދާ އަވަސް މަސައްކަތްތަކުގައި އެންމެ ފުރިހަމަގޮތެއްގައި އެ މަސައްކަތް ކުރަވަމުން ގެންދަވާ ބޭފުޅަކީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ކަމަށެވެ.

ދޮންއަނދަރާދަ ހިނގުން ހުޅުވައިލުމުގެ މަސައްކަތް ސްޓެލްކޯއިން ފެށީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. އެމަގު ހުޅުވާލި އިރު، ސްޓެލްކޯގެ ދެކޮށި ގުޅުވާލުމަށްޓަކައި މަތިން ހިނގާ ބިނގާވެ އުޅެވޭ ގޮތަށް ވަނީ އޯވަރހެޑް ބްރިޖެއް އަޅާފައެވެ.

ގާތްގަނޑަކަށް ތިންމަހެއްހާ ދުވަހުގެ މަސައްކަތުން ދޮން އަނދަރާދަ ހިނގުން ހުޅުވާލެވުނު އިރު، އެކަމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުން ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އެމަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ، މަގު ބަންދު ކުރުމަށްފަހު އެމަގުގެ ސަރަހައްދަށް ވާގޮތަށް އިންޖީނުގެ އަޅާފައި ވުމާއި، އިންޖީނުތައް ބެހެއްޓުމަށް ބޮޑެތި ކޮންކްރީޓް ބެޑްތައް އަޅާފައި ވުމެވެ. މިގޮތުން އެތަނުން ތަޅާކައި ނަގަން ޖެހުނު ކޮންކްރީޓް ބެޑުތަކުގެ ބޯމިނުގައި 6 ފޫޓު ހުއްޓެވެ.

ދޮންއަނދަރާދަ ހިނގުން މިރޭ އާއްމު ޓްރެފިކަށް ހުޅުވާލުމާއި އެކު އެސަރަހައްދުގެ ޓްރެފިކަށް ލުއިވެގެން ދާނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.