Advertisement

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ -- ފޮޓޯ: ސްޓެލްކޯ

30 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ފެނަކައަށް ފަންނީ އެހީ ސްޓެލްކޯއިިން ފޯރުކޮށްދޭނަން - ފަހުމީ

ސްޓެލްކޯއިން ފެނަކަ ކޯޕަރޭޝަނަށް، ހިލޭ ސާބަހަށް، ފަންނީ އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވެއްޖެއެވެ.

ފަޙްމީ މިހެން ވިދާޅުވީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ސްޓެލްކޯ އާއި ފެނަކަ އާއި ދެމެދު ފަހުމުނާމާގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ފަޙްމީ ވިދާޅުވީ، އެ ފަހުމުނާމާގެ ދަށުން ސްޓެލްކޯއިން ކޮށްދޭ ގިނަ ކަންކަން ވެގެންދާނީ އަގުނެގުމަކާއި ނުލައި، ރައްޔިތުންނަށް ދެ ކުންފުނިން ދޭ ޚިދުމަތުގެ ފެންވަރުގެ މަތިކުރުމުގެ މަޤުޞަދުގައި ކޮށްދޭ ކަންތައްތަކަށް ކަމަށެވެ. އެގޮތުން، އެ އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން ފެނަކަ ކޯޕަރޭޝަނަށް، ހިލޭ ކޮށްދެވެން ހުރި ހުރިހާކަމެއް ހިލޭ ކޮށްދެއްވާނެ ކަމަށާއި، ގަންނަން ޖެހޭ މުދާ ގަތުމުގައި އެކުންފުނިން ދައްކަން ޖެހޭ އަގެއް ފިޔަވައި އެހެން ކަންކަން ވީހާވެސް ލުއިގޮތަކަށް ކޮށްދެއްވާނެ ކަމުގައިވެސް ފަޙްމީ ވިދާޅުވިއެވެ.

ފަޙްމީގެ ވާހަކަފުޅުގައި، ފެނަކަ ކޯޕަރޭޝަން މިހާރު އޮތް ހާލަތުން އަރައިގަތުމަށާއި، އެކުންފުނި ސަލާމަތްކުރުމަށް އެހީތެރިކަން ބޭނުންވާކަންވެސް ފާހަގަކުރެއްވިއެވެ.

"މީގެ ދަށުން އަޅުގަނޑުމެން ފެނަކައިގެ މުވައްޒަފުންނަށް މެކޭނިކަލް އިންޖިނިއަރިންގގެ ރޮގުންނާ އިލެކްޓްރިކަލް އިންޖިނިއަރިންގގެ ރޮގުން އަޅުގަނޑުމެން ތަމްރީނުދޭނަން، އަޅުގަނޑުމެންގެ ފެސިލިޓީސްތަކުގަޔާ އަދި ފެނަކައިގެ އިންޖީނުގެތަކުގަވެސް"

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ

ފަޙްމީ ވިދާޅުވީ، ފެނަކައިގައި މިހާރުވެސް ޓެކްނިކަލް ކެޕޭސިޓީ ހުރިކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެ ކުންފުނިން ޚިދުމަތްދޭ ރަށްތައް ގިނަވުމުން، ސްޓެލްކޯއިން ފޯރުކޮށްދޭ ފަންނީ ތަމްރީނުތަތަކުގެ ނަތީޖާއަކަށް ވެގެންދާނީ، ދެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ފުޅާވެ، ދެވޭ ޚިދުމަތަށް ރައްޔިތުންގެ ޔަޤީންކަން އިތުރުވެގެންދިޔުން ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަނަކީ، މިވަގުތު އެންމެ ނާޒުކު ޙާލަތުގައި އޮތް ކުންފުންޏެވެ. އެކުންފުނީގެ ދަރަނިތައް ބޮޑުވެ ދަރަންޏާއި ޚަރަދުތައް ކުޑަކުރެވޭނެ ހުރިހާ މަގަކުން މަސައްކަތްތައް ކުރުމަށް އޮތީ މަޖުބޫރުވެފައެވެ. އެހެންވެ ދާދިފަހުން އެކުންފުނިން ވަނީ، އެކުންފުނީގެ ކޮންޓްރެކްޓް މުވައްޒަފުން ތިބި އަދި މަސައްކަތްތައް ހުއްޓިފައިވާ ސައިޓްތަކަށް ނަގާފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރުމަށްވެސް ނިންމާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.