Advertisement

ޓްރާންސްފޯމަރ ނަގާފައި. ފޮޓޯ: ސްޓެލްކޯ

29 Dec 2023
ޚަބަރު

މާވެޔޮ މިސްކިތް ކައިރީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރ ނަގައިފި

މާވެޔޮ މިސްކިތް ކައިރީ ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ނަގައިފިއެވެ. މިތަން ހުރީ މިސްކިތް ކައިރީ މަގުމައްޗަށްވާގޮތަށެވެ.

މި ޓްރާންސްފޯމަރު އެތަނުން ނަގާފައިވަނީ އެ ސަރަޙައްދުގެ މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމާއި ފަސޭހައަށްކަމަށް އެކުންފުނިން ބުނެއެވެ.މި ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ.

މިއީ އެކުންފުނީގެ އައު މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ، މަޤާމާ ޙަވާލުވެވަޑައިގެން އެންމެ ފުރަތަމަ ފެށްޓެވި މަސައްކަތެވެ. މަޤާމާ ޙަވާލުވެވަޑައިގެން ފުރަތަމަ ދުވަހު ފަހުމީ ވަނީ އެ ސަރަޙައްދަށްގޮސް، ރައްޔިތުންނަށް ތަކުލީފަކަށްވެފައިވާ މާވެޔޮ މިސްކިތް ހުންނަ ސަރަހައްދުގައި މަގުމަތީގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު މި އަހަރު ނިމުމުގެ ކުރިން ނަގާނެކަމުގެ ޔަޤީންކަންދެއްވާފައެވެ. 

މި މަސައްކަތް ފުރިހަމަކުރެވުމާގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، އައު އަހަރު އެއްވެސް ހުރަހެއްނެތި އެމަގުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެކަމަށެވެ. 

މިޓްރާންސްފޯމަރަކީ އެ ސަރަޙައްދާއި، އެމަގު ބޭނުން ކުރާ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށްވެފައިވާ ޓްރާންސްފޯމަރެއްކަމަށް ސްޓެލްކޯއިން ބުނެއެވެ. މާވެޔޮ މިސްކިތް ކައިރީ މަގުމައްޗަށް ވާގޮތަށް މިޓްރާންސްފޯމަރު ހުންނަތާ 6 އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.