Advertisement

ދޮން އަނދަރާދަ މަގު ބޮޑުތަކުރުފާނު މަގާއި ގުޅިގެން ދާގޮތަށް ހުޅުވާލަން ތައްޔާރުވުން ---

17 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ސްޓެލްކޯގެ އިމާރާތްތަކެއް ނަގައި، ދޮންއަނދަރާދަ މަގު ހުޅުވާލަނީ

ސްޓެލްކޯގެ އިމާރާތްތަކެއް ނަގައި، ދޮންއަނދަރާދަ މަގުން ބޮޑު ތަކުރުފާނު މަގަށް ވަދެ ނުކެވޭ ގޮތަށްއެމަގު ހުޅުވާލަން ނިންމައިފިއެވެ.

ސްޓެލްކޯގެ ބޭނުމަށް އެމަގު ބަންދުކޮށްފައި ވަނީ ސްޓެލްކޯގެ ފޯތު ޕަވަރ ޕްލާންޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުން ދިޔައިރު 2010 ވަނަ އަހަރުގައެވެ. އެމަގު އޭރު ބަންދުކުރުމަށްފަހު އިރުމަތިން އޮތް ކޮށި ސްޓެލްކޯއަށް އެއްކޮށްލައި އެބިމުގައި ވަނީ، އިމާރާތްތަކެއްވެސް ކޮށްފައެވެ،

ސްޓެލްކޯއިން ބުނީ، ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް މިކުންފުނީގެ ހެޑް އޮފީސް ސަރަހައްދުގެ ޓްރެފިކްފްލޯއަށް ލުޔެއް ހޯދައިދިނުމަށްޓަކައިކަމަށެވެ.

ދޮން އަނދަރާދަ މަގު ގޮސް ބޮޑުތަކުރުފާނު މަގާއި ގުޅޭ ހިސާބުން އުތުރަށް ހުންނާނީ، ފިއުލް ސަޕްލައި މޯލްޑިވްސްގެ ޕެޓްރޯލްޝެޑެވެ. އަދި މިހާރު އެމަގު ބަންދުވެފައި ހުރި ދެކުނު ކޮޅުގައި ސްޓެލްކޯއިން ހަދާފައި ހުރީ މޫދަށް ޓްރެކަށް މޫދަށް އެރޭ ފަރާތްތަކުން ފެންވަރާނެ ޝަވަރތަކެކެވެ.

ސްޓެލްކޯއިން ބުނީ އަންނަ ރޯދަމަހުގެ ކުރިން އިމާރަތްތައް ނަގައި އެމަގު ހުޅުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.