Advertisement

ސްޓެލްކޯ އާއި އެމްޓީސީސީން އެއްބަސްވުމުގައި ސޮއެކުރުން --

17 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ބޮޑުތަކުރުފާނު މަގަށް ވާގޮތަށް ހުރި ސްޓެލްކޯގެ ޕަމްޕް ސްޓޭޝަން ފަޅުތެރެއަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއެކޮށްފި

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޓްރެފިކަށާއި އާއްމުންނަށް ދަތިވާގޮތަށް ހުރި ސްޓެލްކޯގެ ޕަމްޕް ސްޓޭޝަން، އެދިމާއިން ފަޅުތެރެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ސްޓެލްކޯ އާއި އެމްޓީސީސީން އެއްބަސްވުމެއްގައި ސޮއެކޮށްފިއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއަގއި މިފަހުމް ނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ޢަބުދުﷲ ޒިޔާދެވެ.

މިއެއްބަސްވުމުގެ ދަށުން ފަޅުތެރޭގައި އައު ޕަމްޕްސްޓޭޝަން ހެދުމަށް ބޭނުންވާ ސަރަހައްދު ހިއްކުމާއި ޕްލެޓްފޯމް އެޅުމުގެ މަސައްކަތްތައް ކުރާނީ އެމްޓީސީސީންނެވެ. 

ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސައިން ފަޙްމީ ވިދާޅުވީ، އެމަސައްކަތަށް ސްޓެލްކޯގެ ބަޖެޓުން 7.1 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި، އަމާޒު ހިފާފައި ވަނީ ދެމަސް ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމުމަށް ކަމަށެވެ. 

ފަހްމީ ވިދާޅުވީ، ޕަމްޕް ސްޓޭޝަން ބަދަލުކުރުމުން ކުންފުނީގެ ޚިދުމަތްތަކަށް ވަކި ބަދަލެއް ނާންނާނެ ކަމަށާއި އެހެން ނަމަވެސް އެކަމުގެ އެންމެ ބޮޑު ފަސޭހައަކާއި ހިތްހަމަ ޖެހުމެއް ލިބޭނީ މަގު ބޭނުން ކުރާ އާއްމު ރައްޔިތުންނަށް ކަމަށެވެ. ބޮޑުތަކުރުފާނު މަގުގެ އާއްމު ޓްރެފިކަށް ދަތިވާ ގޮތަށް ސައިކަލް ލޭނު ތެރެއަށް އަރާ ގޮތަށް ހުންނަ އެޕަމްޕް ސްޓޭޝަން އިމާރާތުގެ ސަބަބުން މިހާތަނަށްވެސް އެއްގަމު އުޅަނދު ފަހަރު ދުއްވާ މީހުންނަށާއި ހިނގާ މީހުންނަށް ދަތިވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.