ސްޓެލްކޯ
ސްޓެލްކޯ
08 Jan 2024
ޚަބަރު
ވިލިމާލޭގައި އޮތް ޕާކެއް ތަރައްްޤީކުރުން ސްޓެލްކޯއަށް
ވިލިމާލޭގައި މިހާރު އޮތް ޕާކެއް ތަރައްޤީކުރުމަށް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ. ސްޓެލްކޯއާ ހަވާލުކޮށްފައިވަނީ ވިލިމާލެ 38 ނަންބަރު ކޮށީގައި މިހާރުވެސް އޮތް ޕާކެއްގެ އާބާތުރަ ފިލުވައި، ތަރައްޤީކުރުމުގެ މަސައްކަތެވެ.
30 Dec 2023
ޚަބަރު
ހުކުރު މިސްކިތާއި މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި
ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން މިފެށޭ ރަމަޟާން މަހުގެ ކުރިން ހުކުރު މިސްކިތުގެ މުންނާރު (މި އާޘާރީ ތަރިކައިގެ) ގެ އާބާތުރަ ފިލުވާ އެތަން ޒީނަތްތެރިކޮށް ނިންމުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
29 Dec 2023
ޚަބަރު
މާވެޔޮ މިސްކިތް ކައިރީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރ ނަގައިފި
މާވެޔޮ މިސްކިތް ކައިރީ ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ނަގައިފިއެވެ. މިތަން ހުރީ މިސްކިތް ކައިރީ މަގުމައްޗަށްވާގޮތަށެވެ.
17 Dec 2023
ޚަބަރު
ސްޓެލްކޯގެ އިމާރާތްތަކެއް ނަގައި، ދޮންއަނދަރާދަ މަގު ހުޅުވާލަނީ
ސްޓެލްކޯގެ ބޭނުމަށް އެމަގު ބަންދުކޮށްފައި ވަނީ ސްޓެލްކޯގެ ފޯތު ޕަވަރ ޕްލާންޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުން ދިޔައިރު 2010 ވަނަ އަހަރުގައެވެ. އެމަގު އޭރު ބަންދުކުރުމަށްފަހު އިރުމަތިން އޮތް ކޮށި ސްޓެލްކޯއަށް އެއްކޮށްލައި އެބިމުގައި ވަނީ، އިމާރާތްތަކެއްވެސް ކޮށްފައެވެ. ސްޓެލްކޯއިން ބުނީ، ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް މިކުންފުނީގެ ހެޑް އޮފީސް ސަރަހައްދުގެ ޓްރެފިކްފްލޯއަށް ލުޔެއް ހޯދައިދިނުމަށްޓަކައިކަމަށެވެ.
28 Nov 2023
ޚަބަރު
މަޤާމާއި ހަވާލުވެ ފުރަތަމަ މަސައްކަތަކަށް ފަހުމީ ފެއްޓެވީ، މުއިވެޔޮމަގު ޓްރާންސްފޯމަރުގެ މައްސަަލަ ހައްލުކުރުމުގެ މަސައްކަތް
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާއި ހަވާލުވެ ވަޑައިގެން ފުރަތަމަ މަސައްކަތެއްގެ ގޮތުން މުއިވެޔޮމަގަށް ނެރެފައި ހުރި ޓްރާންސްފޯމަރ ގެ މައްސަލަ ހައްލުކުރެއްވުމުގެ މަސައްކަތް ފަޙްމީ ފައްޓަވައިފިއެވެ.
28 Nov 2023
ޚަބަރު
ސްޓެލްކޯގެ އެމްޑީއަކަށް ފަހުމީ
ޙުސައިން ފަހުމީއަކީ، ދިގު މުއްދަތެއްގައި ސްޓެލްކޯއަށް މުހިއްމު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ކަމުގެ މަޤާމަށް، ފަހުމީ ޢައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ، އެކުންފުނީގެ ޖެނެލް މެނޭޖަރުގެ މަޤާމުގައެވެ.
26 Nov 2023
ޚަބަރު
ސްޓެލްކޯއަށް 34 އަހަރު ޚިދުމަތް ކުރެއްވި ލަތީފް ރިޓަޔާކުރައްވައިފި
ސްޓްލެކޯއިން ހާމަކޮށްފައިވާ ގޮތުގައި، މުޙައްމަދު ލަޠީފް ޚިދުމަތުން ރިޓަޔާކުރައްވާފައި ވަނީ މިއަދުއެވެ. ލަޠީފް މަޤާމުން ރިޓަޔަރ ކުރެއްވި އިރު އެންމެ ފަހުން އޭނާ ހުންނެވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައެވެ.
23 Oct 2023
ޚަބަރު
ފަލަސްތީނަށް އެހީވުމަށް ސްޓެލްކޯއިން ފަސްލައްކަ ރުފިޔާ ހަދިޔާކޮށްފި
މި ފައިސާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްފައިވަނީ މިއަދު ސްޓެލްކޯ ބޯޑު ރޯމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ. އަދި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ޗެކާ ހަވާލުވެލެއްވީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ޗެއާމަން އަހުމަދު އިގްބާލެވެ.
30 Sep 2023
ޚަބަރު
ހިޔާ ފްލެޓްތަކުން ކަރަންޓު ކަނޑާލާނެކަމަށް ބުނެ އަނެއްކާވެސް ފަތުރަނީ ދޮގު ވާހަކައެއް: ސްޓެލްކޯ
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ގުޅުވައި ވެސް، ހިޔާ ފްލެޓްތަކުން ކަރަންޓު ކަނޑާލަން އުޅޭ ކަމުގެ ވާހަކަ ފެތުރުނެވެ. އަދި އިންތިހާބުގެ ދެވަނަ ބުރާ ގުޅުވައި އަނެއްކާ ވެސް އެވާހަކަ ފެތުރެން ފެށުމުން އެ ކުންފުނިން މިވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
27 Sep 2023
ޚަބަރު
ސްޓެލްކޯގެ ސަރވިސް ކައުންޓަރުތައް 27، 28 ގައި ބަންދު
ސްޓެލްކޯގެ ސަރވިސް ކައުންޓަރުތައް ސެޕްޓެމްބަރ މަހުގެ 27 އަދި 28 ވަނަ ދުވަހު ބަންދުވާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
25 Sep 2023
ޚަބަރު
ފްލެޓް ރޭޓާއިއެކު ކަރަންޓް ބިލް %30 އާއި %50 ދޭތެރޭ އަދަދަކަށް ކުޑަވާނެ: ސްޓެލްކޯ
ކަރަންޓަށް ބިލްކުރާ ބޭންޑް ފްލެޓް ރޭޓަކަށް ހެދުމުން ގޭބިސީތަކުގެ މިހާރު ކަރަންޓް ބިލުން 30 އާއި 50 އިންސައްތައަށް ކުޑަވާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.  އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގެ ހުރިހާ ގޭބިސީތަކެއްގެ ކަރަންޓު ބިލަށް ވެސް، ކިތަންމެ ގިނައިން ބޭނުންކުރިޔަސް، ބޭންޑުތަކަށް ޗާޖުކުރާ ރޭޓް ބަދަލު ނުވެ އެއް ރޭޓަކުން ބިލްކުރަން ނިންމަވައި އެކަން އިއުލާން ކުރައްވައިފަ އެވެ.
17 Sep 2023
ޚަބަރު
ރިޔާސީ އިންތިހާބާ ގުޅުވައި ކަރަންޓު ކަނޑާލަފާނެކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަ
މިކަމާއި ގުޅިގެން މީޑިއާތަކަށް ޙިއްސާ ކުރެއްވި މަޢުލޫމާތުގައި ސްޓެލްކޯ އިން ބުނީ، އެކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ އަސާސީ ޚިދުމަތްތަކެއް ކަމުގައިވުމުން، އެ ޚިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ގެންނަންޖެހޭ އަޕްގްރޭޑްތަކާއި، މެއިންޓަނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކާއި ގުޅިގެން ޚިދުމަތައް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ، އެ މަސައްކަތް ހިނގާނެ ވަގުތާއި، ސަރަހައްދާއި، އެ މަސައްކަތައް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ އެ ކުންފުނިން ސޯޝަލް މީޑިއާއާއި، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމުގައެވެ.
17 Sep 2023
ޚަބަރު
ރިޔާސީ އިންތިޚާބާއި ގުޅުވައި ސްޓެލްކޯއާ ގުޅޭގޮތުން ދޮގު ޚަބަރު ނުފެތުރުމަށް އެދެފި
އެ ކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ އަސާސީ ޚިދުމަތްތަކެއް ކަމުގައިވުމުން، އެ ޚިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ގެންނަންޖެހޭ އަޕްގްރޭޑްތަކާއި، މެއިންޓަނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކާއި ގުޅިގެން ޚިދުމަތައް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ، އެ މަސައްކަތް ހިނގާނެ ވަގުތާއި، ސަރަހައްދާއި، އެ މަސައްކަތައް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ ސޯޝަލް މީޑިއާއާއި، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށެވެ. އަދި އެ ނޫންގޮތަކަށް މިހާތަނަށް އެ ކުންފުނީގެ މެނޭޖްމަންޓުން އަމަލުކޮށް، އެއްވެސް ސަހަރައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވެއެވެ.
01 Sep 2023
ޚަބަރު
އދ. ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި
އަރިއަތޮޅު ދެކުނުބުރީ ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފެށުމަށް ބުރާސްފަތި ދުވަހު ދަނގެތީގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވާދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި، ދަނގެތީގެ ކައުންސިލްގެ ނައިބް ރައީސް އިމްރާން އަހުމަދެވެ.
31 Aug 2023
ޚަބަރު
އދ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފި
އަރިއަތޮޅު ދެކުނުބުރީ މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހު ކޮށްފިއެވެ. މި ހިދުމަތް އިފްތިތާހުކޮށްދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި، އައިކެއަރ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަބުދުﷲ ޒާހިރު އަދި މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިން އެވެ. މި ޕްރޮޖެކްޓަކީ މަންދޫގެ ކައުންސިލާއި އައިކެއަރ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 17 އޮގަސްޓް 2016 ގައި ވެވުނު ކޯޕަރޭޓް ސޯޝަލް ރެސްޕޮންޒިބިލިޓީ (ސީއެސްއާރު) އެގްރީމެންޓެއްގެ ދަށުން ފުރިހަމަކޮށްފައިވާ ޕްރޮޖެކްޓެކެވެ.
28 Jul 2023
ލައިފްސްޓައިލް
ސްޓެލްކޯގެ ފްލީޓުން އިއާދަ ކުރުވަނިވި ހަކަތައާއި ވެށި ރައްކާތެރިކުރުން
ސްޓެލްކޯގެ ފުރަތަމަ ފުޅަނދުން ދައްކުވައިދިނީ ރާއްޖޭގެ ޗާލު ގޮނޑުދޮށެވެ. ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި އެ ގޮނޑުދޮށުން އެ ރަމްޒުކޮށްދެނީ މިނިވަން މާހައުލެއްގައި ގްރީން އެނަޖީ ބޭނުންކުރާ ތަނެވެ. މީގެ އިތުރުން ޕްލާސްޓިކް ޕޮލިއުޝަންގެ ސަބަބުން ގޮނޑުދޮށްތަކަށް ކުރިމަތިވާ ނުރައްކާތައް ވެސް މި ފުޅަނދުން ދައްކުވައިދެއެވެ.