Advertisement

ސްޓެލްކޯގެ ސަބްސްޓޭޝަނަށް މިދިޔަ އަންގާރަ ދުވަހު ދިން ގެއްލުން، ފޮޓޯ: ސްޓެލްކޯ

07 Jul 2024
ސްޓެލްކޯ
މިފްތާޙް މުޙައްމަދު

ސްޓެލްކޯގެ ސަބްސްޓޭޝަނަކުން ކޭބަލް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭ މަޖީދިއްޔާ ސްކޫލު ކައިރީގައި ހުރި، ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން ކޭބަލެއް ބުރިކޮށް ވަގަން ނަގައި، އަދި އެތަނަށް ގެއްލުން ދިނުމާއި ގުޅިގެން، އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ، މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އަންގާރަ ދުވަހުގެ މި ހާދިސާއާ ގުޅިގެން އެސަރަހައްދުގެ ބައެއް ގެ ތަކުން ކަރަންޓްގެ ޚިދުމަތް މެދު ކެނޑުނު ކަމުގައި ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ. ނަމަވެސް، މާ ގިނަ އިރު ތަކެއް ނުވެ، އެ ގެތަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިންވަނީ ފަށާފައެވެ.

އެ ހާދިސާއާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވީ، މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް ނެގުމަށްފަހު، އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ އެ ދުވަހު ވިދާޅުވީ، އެއީ އެކަން ކުރާ ފަރާތްތަކަށް އިންތިހާއަށް ނުރައްކާއޮތް ކަމަކަށް ވާއިރު، އަދި އެކަމުގެ ސަބަބުން ސްޓެލްކޯއަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ޚިދުމަތުން މަޙުރޫމްކުރެވި، ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި، ވަގަށް ނަގާފައިވާ އެ ފަދަ ތަކެތި ގަންނަ ފަރާތްތައް ހޯދައި ޤާނޫނީ ގޮތުން އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަކީ ސްޓެލްކޯއިން އެދޭ ވަރަސް ބޮޑު އެދުމެއް ކަމަށެވެ.

މީގެ ކުރިން ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރެއްގެ ކޭބަލްތައް ބުރިކޮށް ވަގަށް ނަގަން އުޅުމުގެ ތެރޭގައި މީހަކު ކަރަންޓްގައި ޖެހިގެން މަރުވެސްވެފައިވެއެވެ. ލައިވް ކަރަންޓްދީފައިވާ ހައިވޯލްޓޭޖް ކޭބަލްތައް ބުރިކޮށް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، ވަގަށް ނަގާ މި ފަދަ ތަކެތި، ގަންނަނީ، ދަގަނޑާއި ލޮއިގެ ބާވަތްތައް ގަނެ އެކްސްޕޯޓް ކުރާ ފަރާތްތަކުން ކަމަށް ތުހުމަތުކުރެވިފައިވެއެވެ. އަދި އެތަކެތި ވަގަށް ނެގުމުގެ އަމަލުތައް ހިންގަނީ މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކުން މަސްތުވާތަކެތި ގަތުމަށް ފައިސާ ހޯދުމުގެ ގޮތުންކަމުގައިވެސް ތުހުމަތު ކުރެވިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.