Advertisement

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙުމީ ... ފޮޓޯ: ސްޓެލްކޯ

05 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ސްޓެލްކޯގެ ސަބަބުން ތިމާވެއްޓަށް އެއްވެސް ނޭދެވޭ އަސަރެއް ކުރާކަށް ބޭނުމެއް ނުވޭ: ފަޙްމީ

ގަސް އިންދުމުގެ ޕްރޮގްރާމްގައި ސްޓެލްކޯއިން އެހާ ބޮޑަށް އިސްނަގާ އެއް ސަބަބަކީ، ސްޓެލްކޯއިން ދޭ ޚިދުމަތާއި ތިމާވެއްޓާއި ވަރަށް ބޮޑަށް ގުޅިފައިވުން ކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވެއްޖެއެވެ.

ފަޙްމީ މިހެން ވިދާޅުވީ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެ، ސްޓެލްކޯއިން ގަސް އިންދުމަށް މިއަދު، ކ. ތުލުސްދޫގައި ކުރިޔަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ފަޙްމީ ވިދާޅުވީ، ސްޓެލްކޯގެ ސަބަބުން ތިމާވެއްޓަށް އެއްވެސް ނޭދެވޭ އަސަރެއް ކުރާކަށް ބޭނުންފުޅު ނުވާކަމަށާއި، ގަސް އިންދުމުގެ ޕްރޮގްރާމްގައި އިސްނަގައިގެން ސްޓެލްކޯއިން މަސައްކަތް ކުރަމުން ދަނީ އެހެންވެ ކަމަށެވެ. 

"ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަސް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް މިއަދު ފެށިގެން މިދަނީ. މިއަދު ފެށިގެން މިދަނީ، މިކަމުގެ ފެށުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިގަސް އިންދާ ތަފްޞީލާއި، ގަސް އިންދާރަށްތަކާއި، އަދި ގަސް އިންދާ ތަންތަނުގެ ތަފާސް ހިސާބު އަޅުގަނޑުމެން މިނިސްޓްރީއާ އަދި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް ފޯރުކޮށްދެމުންދާނަން."

ޙުސައިން ފަޙުމީ - ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ

ސްޓެލްކޯއިން މިއަދު ފެށި މި ޙަރަކާތުގެ ފުރަތަމަ ފިޔަވަހީގައި ކ. ތުލުސްދޫގައި އިންދި 6000 ގަހާއެކު، ސްޓެލްކޯއިން ޚިދުމަތްދޭ 33 ރަށެއްގައި މިއަދު ވަނީ ޖުމްލަ 21،007 ގަސް އިންދާފައެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހި ރުކާއި، އޮފި އެލޭ، ކިނބި އަދި ދިއްގާގެ އިތުރުން ހިރުނދެވެ. މީގެ އިތުރުން މި ޙަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ސްޓެލްކޯއިން ވަނީ ކޮންމެ ރަށެއްގައިވެސް ގްރީން އޭޖެންޓެއް ކަނޑައެޅުމަށް ނިންމާފައެވެ. މިގޮތުން ކަނޑައަޅާ ގްރީން އޭޖެންޓުންގެ ޒިންމާއަކަށް ވަނީ މި ޙަރަކާތުގެ ތެރެއިން ކުރިއަށްގެންދާ ގަސްއިންދުމުގެ މަސައްކަތް ވިލަރެސްކުރުމާއި، ޙަރަކާތުގެ ތެރެއިން އިންދާ ގަސްތައް ބެލެހެއްޓުމެވެ.

ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގެ ތެރެއިން އުފެދޭ ކާބަން ފުޓްޕްރިންޓް ކުޑަކޮށް، ކާބަން އޮފްސެޓް ކުރުމުގެ އަމާޒުގައި ފެށި މި ޙަރަކާތުގައި ހިޔާލިބޭ ބޮޑެތި ގަސްގަހުގެ އިތުރުން ތަރުކާރީއާއި މޭވާ އަދި ހޭޅިފަށް ރައްކާތެރިކުރާ ފަދަ ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ 2023 ވަނަ އަހަރު ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
10 Apr 2025
ޚަބަރު
ސްޓެމް އެޑިއުކޭޝަންގެ ދާއިރާތަކުން ދަރިވަރުން ތަމްރީނުކޮށް މީހުން ބިނާކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިން ނުލިބުމުގެ ސަބަބުން އެ ދާއިރާތަކުން ކިޔަވާފައިތިބި ބޭރު މީހުން ގެންނަންޖެހޭ ކަމަށާއި އެގޮތުން ޑޮކްޓަރުންނާއި އިންޖިނޭރުން ގެންނަން ޖެހެނީ ބޭރުންކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ހިންގާ ބައިވަރު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އިންޖިނޭރުންނާއި ކުއަންޓިޓީ ސަރވެޔަރުންނާއި އެ ދާއިރާތަކުން އެކަށީގެންވާ މިންވަރަށް މީހުން ނެތްކަން ފާހަގަކުރައްވާފައެވެ.
10 Apr 2025
ޚަބަރު
ބޭރުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެގޮތް ހަމަޖައްސަވައި ދެއްވާނޭ ކަމުގައި ރައީސް ވިދާޅުވެއްޖެ
އެމަނިކުފާނު ވިދާޅުވީ، ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި، މި މައްސަލައަށް ހައްލު ހޯއްދެވުމުގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާއިރު، ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަރިވަރުން އެދޭކަން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
10 Apr 2025
ޚަބަރު
ޤާސިމްގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އަޅަނީ
މި އިމާރާތުގެ ބިންގާ އަޅާފައި ވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ވަނީ، މި އިމާރާތް އަޅައިދިނުމުގެ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ. މިއީ ގާސިމް އިބްރާހީމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށްދެއްވާ މަރުކަޒެކެވެ.
10 Apr 2025
ޚަބަރު
ފުލުހުންގެ ބަންދުގައި ހުއްޓައި ދަންޖެހުނު މީހާ މަރުވެއްޖެ
ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުރި އެމީހާ ދަންޖެހުނީ މި އޭޕްރިލް މަހުގެ 04 ވަނަ ދުވަހުގެ ރޭ 21:12 ހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އެވަގުތުން ފެށިގެން އެމީހާއަށް ފަރުވާދެމުން އައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.