Advertisement

ކަރަންޓްބޭނުންކުރެވޭ ގޮތާއި ގުޅޭ ގޮތުން ދިރާސާކުރުމުގެ ފަހުމުނާމާގައި ސޮއެކުރުން -- ފޮޓޯ: ސްޓެލްކޯ

05 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ކަރަންޓް އިޤުތިޞާދު ކުރުމާއި ގުޅޭ ދިރާސާއެއް ކުރުމަށް އެމްއެންޔޫ އާއި ސްޓެލްކޯއިން އެއްބަސްވުމެއްގައި ސޮއެކޮށްފި

ކަރަންޓު އިޤުތިޞާދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ އިލްމީ ދިރާސާއެއް ހެދުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީއާއި އެކު ސްޓެލްކޯއިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިފަހުމު ނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިންޑައިރެކްޓަރ ޙުސައިން ފަޙްމީއެވެ. އަދި އެމްއެންޔޫގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މި ފަހުމުނާމާގެ މައިގަނޑު ދާއިރާއަކީ، ބިލްކުރުމުގައި ދިމާވާ އެކި މައްސަލަތަކުގެ އަސްލު ސަބަބުތައް ދިރާސާކޮށް، ކަރަންޓު ބޭނުންކުރާ ވައްޓަފާޅި (ކޮންސިއުމަންޓް ޕެޓަރންސް) އާއި މޫސުމީ ބަދަލުގެ ސަބަބުން އެކަމަށް ކުރާ އަސަރު ދެނެގަނެ، ބިލްކުރުމުގެ ނިޒާމުގައި ހާމަކަން ބޮޑުކަމާއި، ޞައްޙަކަމާއި، ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމުގެ ގޮތްތައް އެކުލަވައިލުމެވެ. މިގޮތުން މިދިރާސާގައި 2014އިން 2024އަށް ފާއިތުވެ ދިޔަ 10 އަހަރުގެ ޑާޓާތައް އެނަލައިޒްކުރާނެ ކަމުގައިވެސް ސްޓެލްކޯއިން ހާމަކުރައްވާފައިވެއެވެ.

މިދިރާސާއިން ހާސިލްކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، 

• ކަރަންޓު ބޭނުންކުރާ ވައްޓަފާޅި

• ބިލްކުރުމުގެ ޞައްޙަކަން ވަޒަންކުރުން

• އެނަރޖީ އެފިޝަންސީ އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުން

• ކަސްޓަމަރުންގެ ހިތްހަމަޖެހުން

• މާލީ ގޮތުން މަސައްކަތް ކުރެވޭ ފެންވަރު؛ ކަމުގައި ސްޓެލްކޯއިން ހާމަކުރައްވާފައިވެއެވެ.

މީގެ އިތުރުން މި ދިރާސާއިން ޙާޞިލްކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި:

1. ކަސްޓަމަރުންގެ އެކި ކެޓަގަރީތަކުގެ (ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް) ކަރަންޓު ބޭނުންކުރާ ވައްޓަފާޅި ދެނެގަތުން

2. އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތަކާއި، މޫސުމީ ބަދަލުގެ ސަބަބުން ކަރަންޓު ބޭނުންކުރާ ވައްޓަފާޅިއަށް ކުރާ އަސަރު ދެނެގަތުން

3. މީޓަރ ކުރެވިފައިވާ ޔޫސޭޖް ޑޭޓާ އާއި ބިލްކުރެވޭ އަދަދުތަކާ އަޅާކިޔައިގެން ކަރަންޓް ބިލްތަކުގެ ޞައްޙަކަން ކަށަވަރުކުރުން

4. ބިލްކުރުމުގައި ގޯސްތަކެއް ހުރިނަމަ، ހުރި ގޯސްތަކާއި ހުރި މިންވަރު ދެނެގަނެ އަދަދުކުރުން

5. ކަސްޓަމަރުންނަށް ކަރަންޓް ބޭނުންކުރުން މަދުކޮށް، ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަތުން

6. ކަރަންޓް ބިލާ ގުޅޭގޮތުން ކަސްޓަމަރުންގެ ޝަކުވާތަކާއި ޚިޔާލު ދެނެގަތުން

7. ކުންފުނީގެ އިސްތިރާޖު ކަނޑައެޅުމާއި ގޮތް ނިންމުމުގެ މަރުޙަލާތަކަށް އެހީތެރިވުމަށްޓަކައި ޚިޔާލުދީ، ތަފާސް ހިސާބާއި ދިރާސާގެ މައްޗަށް ބިނާކުރާ މަޝްވަރާ ފޯރުކޮށްދިނުން؛ ހިމެނޭ ކަމުގައިވެސް ސްޓެލްކޯއިން ހާމަކުރައްވާފައި ވެއެވެ.

ގޭބިސީތަކުގައި ކަރަންޓް ބިލްތައް ބޮޑުވަމުން އަންނަ މައްސަލައިގައި، އާއްމު ފަރާތްތަކުން އަންނަނީ ސްޓެލްކޯއަށް ގިނަ ތުހުމަތުތައް ކުރަމުންނެވެ. އެހެންކަމުން އެތުހުމަތުތަކުން ބަރީޢަވެ ސްޓެލްކޯގެ ނަޒާހަތްތެރިކަން ހާމަކުރުމަށް އެކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.