Advertisement

މޫދުގައި އެއްގަމަށް ނާދެވިފައިތިބި ކުދިންތައް ސަލާމަތް ކުރުމަށް ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކުރަނީ، ފޮޓޯ: ސްޓެލްކޯ

22 May 2024
ޚަބަރު

ކޮޅިގަނޑުގައި ތޮއްޑޫއަށް ލިބުނު ގެއްލުންތަކުގައި އެހީތެރިވުމަށް އެ ރަށު ސްޓެލްކޯގެ މުވައްޒަފުން ނިކުމެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި އިއްޔެ ހަވީރު އއ. ތޮއްޑޫ ހިމެނޭ ސަރަހައްދަށް ކޮޅިގަނޑެއް އައި ވަގުތު އެ ރަށުން މޫދަށް އެރި ތިބި ކުދިންތަކެއް އެ ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް، އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށް އެވަގުތު އެ ސަރަޙައްދުގައި ތިބި ސްޓެލްކޯގެ މުވައްޒަފުން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާއާ ގުޅޭ ފޮޓޯތަކުން ފެންނަ ގޮތުގައި، މޫދުގައި ރަށަށް ނާދެވި ތާށިވެފައިތިބީ 5 ފިރިހެން ކުދިންނެވެ. މަންޒަރު ފެންނަ ގޮތުން އެ ކުދިން ތިބީ ލޮނުގަނޑުން 5 ވަރަކަށް އިންޗި މައްޗަށް އޮތް ތޮށިގަނޑެއް ފާޑުގެ ތަނެއްގެ މަތީގައެވެ. މި ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

އަދި ހަމަ އެއާއިއެކު، ތޮއްޑޫއަށް އެރި މި ކޮޅިގަނޑުގެ ސަބަބުން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅު މައްޗަށާއި ގޯތި ތެރެއަށް ވެއްޓުމާއި ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށާއި، އެ ގޮފިތައް ނަގާ ސާފުކުރުމަށް ވެސް ސްޓެލްކޯގެ ހީވާގި މުވައްޒަފުން ވަނީ ހަރަކާތްތެރިވެ، ރަށުގެ ރައްޔިތުންނަށް ފުރިހަމަ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ގަހެއްގެ ބައެއް ނެގުމަށް ސްޓެލްކޯގެ މުވައްޒަފުން ހަރަކާތްތެރިވަނީ، ފޮޓޯ: ސްޓެލްކޯ

މިކަމާ ގުޅިގެން އެ ކުންފުނިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއއްގައި ބުނެފައިވަނީ، ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި އެކުންފުނީގެ މުވައްޒަފުން އަބަދުވެސް ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި ދެމިތިބޭނެ ކަމަށެވެ.

މި ވިއްސާރައާއި ގުޅިގެން ދަތުރުފަތުރު ކުރުމަށް ރައްކާތެރި ނޫންކަމުން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވެސް ވަނީ ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.