މޫސުމް
22 May 2024
ޚަބަރު
ކޮޅިގަނޑުގައި ތޮއްޑޫއަށް ލިބުނު ގެއްލުންތަކުގައި އެހީތެރިވުމަށް އެ ރަށު ސްޓެލްކޯގެ މުވައްޒަފުން ނިކުމެއްޖެ
ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި އިއްޔެ ހަވީރު އއ. ތޮއްޑޫ ހިމެނޭ ސަރަހައްދަށް ކޮޅިގަނޑެއް އައި ވަގުތު އެ ރަށުން މޫދަށް އެރި ތިބި ކުދިންތަކެއް އެ ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް، އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށް އެވަގުތު އެ ސަރަޙައްދުގައި ތިބި ސްޓެލްކޯގެ މުވައްޒަފުން ހަރަކާތްތެރިވެއްޖެއެވެ.
02 Mar 2024
ޚަބަރު
ކުރިއަށްއޮތް 24 ގަޑިއިރުވެސް އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށްފި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
29 Dec 2023
ޚަބަރު
ވިއްސާރައިގަ ހިންނަވަރު ގެއެއްގެ ފުރާޅު އެއްލާލައިފި
“ނޫން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރާޅު އެއްލާލާފައިވަނީ އެ ރަށު މެދުހުރަސް މަގުގައި ހުންނަ “މާރަނގަ” ނަމަކަށް ކިޔާ ގޭގެ. އަދި މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ.
14 Dec 2023
ޚަބަރު
އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްކަމަށް މެޓުން ބުނެފި
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
20 Oct 2023
ޚަބަރު
ކުރިއަށްއޮތް 2 ދުވަހުވެސް އުތުރުގެ ރަށްތަކަށް މޫސުން ގޯސް
ކުރިއަށް އޮތް 2 ދުވަހުވެސް އުތުރުގެ ރަށްތަކަށް މޫސުން ގޯސްކަމަށް މެޓް އޮފީހުން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އުތުރުގެ ބޮޑުބަޔަކަށް ގުގުރުމާއެކު، ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި މާދަމާވެސް އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެކަމަށެވެ.
19 Oct 2023
ޚަބަރު
ކުރީގެ ރައީސް މައުމޫނުގެ ނުސީދާ ރައްދެއް ޑރ. މުއިއްޒަށް!
ކަނޑުގެ ލޮނުގަނޑު އުފުލި ދިވެހިރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވުމުން އެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ނުސީދާކޮށް ރައްދު ދެއްވައިފިއެވެ. ކަނޑުގެ ލޮނުގަނޑު އުފުލި ރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
15 Oct 2023
ޚަބަރު
މޯލްޑިވްސް އޯޝަން ހެކަތަން 2023 ފަށައިފި
"މޯލްޑިވްސް އޯޝަން ހެކަތަން 2023" މިއަދު ފަށައިފިއެވެ. މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި މޫސުމީ މައްސަލަތަކަށް އޮތް ޙައްލު ދެނެގަތުމަށްޓަކައި ކުރިއަށްގެންދާ ހެކަތަންއެކެވެ.
01 Oct 2023
ޚަބަރު
އުތުރުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސް
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ގަޑިއަކު 8 މޭލާއި 18 ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށްވަނީ މެޓް އޮފީހުން ލަފާކޮށްފައެވެ. އަދި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ އުތުރުގެ އަތޮޅުތަކުގެ ރައްޔިތުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
02 Sep 2023
ޚަބަރު
ސަމާލުވޭ، ގއ. އިން އައްޑޫ ސިޓީއަށް މޫސުން ގޯސް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެންމެ ދެކުނުން ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުން ގޯސްވެ ރީނދޫ ސަމާލުނެރެފިއެވެ. މިއީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.
15 Aug 2023
ޚަބަރު
ކުރިއަށްއޮތް 3 ދުވަހު އުދައަރާފާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ ބައެއް ރަށްރަށަށް ކުރިއަށްއޮތް 3 ދުވަހު އުދައަރާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.