Advertisement

މާލޭގެ މަޖީދީ މަގު، ފޮޓޯ: ނޫން

13 Aug 2024
ޚަބަރު

ބޯކޮށް ވާރޭ ވެހި މާލޭގެ ބޮޑު ބައެއް ފެނު އަޑީގައި

މިއަދުގެ މެންދުރު ކުރިން މާލޭ ސަރަހައްދަށް ވެހެން ފެށި ވާރޭގައި، މާލޭގެ ގިނަ ސަރަހައްދުތަކެއް ފެނު އަޑިއަށް ހިނގައްޖެއެވެ. މި ކޮޅި ގަނޑުގައި، ބޯކޮށް ވާރޭ ވެހެމުން ދާއިރު، ގަދަ ވައި ވެސް އަންނަނީ ޖެހެމުންނެވެ.

އެގޮތުން ގިނަ ހިސާބުތަކުގެ މަގުތަކުގައި ދޮޅު ފޫޓަށް ފެން ހުރި އިރު، ޕޭމަންޓު މަތީގައި ވެސް މިހާރު ވަނީ ފެން ބޮޑުވެފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ވަނީ ފެންބޮޑުވެފައެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދިޔަ ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވެފައިވާ ކަމަށެވެ. އަދި އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް ރެކޯޑް ކުރެވިފައި ވަނީ ހއ. ކެލާގެ އޮޓޮމެޓިކް ވެދާ ސްޓޭޝަނަށް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާކޮށް، ވަރަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން އިތުރަށް ހާމަކޮށްފައިވެއެވެ.

ކޮމެންޓް
ގަލަން
ބޯކޮއްވާރޭފެހޭތީ ފެންބޮޑުވެފަ އޮތީ މާލޭގެ ބައެއް ފެނުއަޑީގަ އޮތްތްނެއްނުފެނޭ ވަރައްބަލައިފިން ތެމިގެން ނިކުމެގެން
13 Aug 2024
ފާތިމަތު
މިފަދަ ހާލަތުގައި ސްކޫލްތަކުގެ ކިޔަވާ ކުދިންގެ ސިއްހަތަށްބަލާ ކިޔެވުން ބަންދުކުރުނަކީ ރަނގަޅުކަމެއް ކަމަށް ފެނޭ މިކަމަށްވެސް ސަމާލުކަން އެބަދޭން ޖެހޭ
13 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.