Advertisement

މި އަހަރުގެ ކުރީކޮޅު މާލޭގައި ފެން ބޮޑުވުމުން، ރައީސުލްޖުމްހޫރިއްޔާ ހާލަތު ބައްލަވަނީ، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

13 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

މާލޭގައި ފެންބޮޑުވުން ހައްލުވާނީ މަގުތައް ރަގަޅު ފެންވަރަކަށް ހެދިގެން: ރައީސުލްޖުމްހޫރިއްޔާ

ބޯކޮށް ވާރޭވެހޭ ދުވަސްވަރު މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނީ، މަގުތައް ރަގަޅު ފެންވަރަކަށް ހެދިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެ މަނިކުފާނު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި މޭރުމުން ވާހަކަފުޅު ފައްޓަވަމުން އެ މަނިކުފާނު ވިދާޅުވެފައި ވަނީ، މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގައެވެ. އަދި އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއެކު، ގެދޮރަށް ލިބޭ ގެއްލުން ކުޑަކުރެވިގެން ދާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އަރުވަން. އަދި މިފަދަ ގަދަ ވިއްސާރާގައި ޢާއްމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް އެންމެހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވި ނަތީޖާ ނެރެދެވޭނެ ކަން ފާހަގަކުރަން.

ރައީސުލްޖުމްހޫރިއްޔާ "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އެ މަނިކުފާނު ވިދާޅުވީ، މާލޭގެ މަގުތައް ހެދުމަށް ފަށާ މަޝްރޫއުގެ ބޭނުމަކީ ވެސް، މަގުތަކުގައި ފެން ބޮޑުވުން ހައްލު ކުރުމެވެ. އަދި މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ފެންބޮޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެން ބޮޑުވުން ޙައްލުކުރުން. އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެންބޮޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ. ހަމަ އެފަދައިން ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް އެ ޙައްލު ލިބިގެންދާނެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަށް އަލިއަޅުވާލައްވައި، ރައީސުލްޖުމްހޫރިއްޔާ "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

މާލޭގެ އިތުރުން ވިލިމާލޭގެ ހުރިހާ މަގުތަކެއް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވީ، މި އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކެމްޕޭނު ކުރުމުގެ ގޮތުން ބޭއްވި ޖަލްސާއެއްގެ ތެރެއިންނެވެ. އެ މަޝްރޫއު ކުރިއަށް ގެންދާނީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ސަރުކާރުން މިހާރު ވަނީ މަގުތައް ހެދުމުގެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީއަށް ބޭނުންވާ ފައިސާ ހޯދަން ޗައިނާ އެއިޑާއެކު، ލެޓާސް އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ސޮއިކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.