Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

19 Oct 2023
ޚަބަރު

ކުރީގެ ރައީސް މައުމޫނުގެ ނުސީދާ ރައްދެއް ޑރ. މުއިއްޒަށް!

ކަނޑުގެ ލޮނުގަނޑު އުފުލި ދިވެހިރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން އެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ނުސީދާކޮށް ރައްދު ދެއްވައިފިއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލި ރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި މުއިއްޒު ވިދާޅުވީ، ދުނިޔެ ހޫނުވުމާއި، މޫސުމީ ބަދަލުތަކަކީ ސީރިއަސްކޮށް ވިސްނައި ހައްލު ހޯދަންޖެހޭ މައްސަލަތަކެއްކަމަށާއި، އެހެންނަމަވެސް، ރާއްޖެ އަޑިއަށް ދާނެކަމަށް ބުނާ ވާހަކަތައް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ.

ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ 2050 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ 80 އިންސައްތަ އަޑިއަށްދާނެކަމަށް ބޭރުގެ ދިރާސާވެރިން ބުނާ ބުނުން ޤަބޫލުފުޅު ނުކުރައްވާކަމަށެވެ. އެބޭފުޅުން އެ ފާހަގަކުރައްވާ މިންވަރަށް ކަނޑުގެ ލޮނުގަނޑު އުފުލިގެންދާތަން ފެނިވަޑައިނުގަންނަވާކަމަށެވެ.

"ތެދުތެދަށް ބުނާ ނަމަ، އެ (ދިރާސާތަކަކީ) މާ ސީދާ އެއްޗެއްކަމަކަށް އަޅުގަނޑު ނުދެކެން. މީގެ 50 އަހަރުން ކުރިންވެސް ދައްކާ ވާހަކައަކީ އެއީ. އަދި ކަނޑުގެ ލޮނުގަނޑު ތިދަންނަވާ މިންވަރަށް އުފުލޭތަނެއް އެހާ ވަރަކަށް ނުފެނޭ." އިންޓަވިއުގައި ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.  

މިދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އުފުލެމުން އައި ގޮތް ދައްކައިދޭ ގްރާފަކާ އެކު ސޯޝަލް މީޑިއާގައި ލިިއުއްވި ލިއުއްވުމެއްގައި މައުމޫނު ވިދާޅުވީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިއުމަކީ ސައިންޓިފިކް ހަގީގަތެއް ކަމަށެވެ.

"އެންމެންވެސް ސައެންޓިފިކް ޙަޤީޤަތްތައް ޤަބޫލުކުރަން ޖެހޭނެ. ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ އެފަދަ ޙަޤީޤަތެއް. ސެޓެލައިޓް މަޢުލޫމާތު ދައްކާ ގޮތުގައި މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަޙަ 3.4 މިލިމީޓަރ އުފުލިއްޖެ،" މައުމޫނު ވިދާޅުވިއެވެ.

ރާއްޖޭގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެން ފަހުން މުއިއްޒު ބޭރުގެ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް އެންމެ ބޮޑަށް ކޮށްފާނެ ކަމަށް ބެލެވޭ ގެއްލުން ނަފީކުރެއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭން ގެންގުޅޭ އަޑުހަރު ސިޔާސަތު އާ ސަރުކާރާ އެކު ބަދަލުވުމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރިއެވެ.

މި ކަންބޮޑުވުންތަކާއި ގުޅިގެން އަލްޖަޒީރާ އިންޓަވިއުގައި އެމަނިކުފާނު ވާހަަކަފުޅު ދެއްކެވީ މޫސުމަށް އަންނަ ބަދަލުތައް ގަބޫލުނުކުރެއްވުމުގެ މާނައިގައި ނޫން ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ވަނީ ފަހުން ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.