އިންތިހާބުތައް ބާއްވަނީ އިންތިހާބުކުރުމަށް، ނަމަވެސް ގިނަ ދިވެހިން ވޯޓު ދެނީ އިންތިހާބު ނުކުރުމަށް
ޒަމާނީ ޑިމޮކްރަސީއަށް ދިވެހިން ކުރި ދަތުރަކީ، އަދުގެ ޖީލު ހަނދާން ނެތޭނެ ކަންތައްތަކެއް ނޫނެވެ. އެއީ ގިނަ ސަބަބުތަކަކާއި ހެދިއެވެ. ދިވެހި ރައްޔިތުން ބޭނުންވީ ސަރުކާރު ހިންގުމުގައި ރައްޔިތުން ބަސް ބުނާށެވެ، އަދި އެ އަޑު ސަރުކާރުން އަހާށެވެ. ނަމަވެސް ފުރަތަމަ އެކުލަވައިލި ގާނޫނުން ފެށިގެން ސަރުކާރާއި އިދިކޮޅު ވާހަކަ ދެއްކުމަކީ ރައްޔިތަކު ކުރާނެ އެންމެ ބޮޑު ކުށަށް އޮތީ ވެފައެވެ. އެއީ ރައްޔިތުން ނިމުމަކަށް ގެނައުމަށް ބޭނުންވި އެއް ކަންތަކެވެ. ދެން އެންމެ ބޮޑަށް ބޭނުންވި އެއްކަމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ.