Advertisement

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމް --

07 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަކަމެއް ނޫން: ރައީސް މައުމޫން

އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫންކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެކްސްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

ރައީސް މައުމޫންގެ ޕޯސްޓުގައި ވިދާޅުވީ، އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫންކަމަށާއި،  އަދި ޢާންމުންގެ ތާއީދު ހޯދުމަށް އެވާހަކަ ދެއްކުމަކީ ތަޢުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫންކަމަށެވެ.

ސަރުކާރުން މަރުގެ ޙުކުމް ތަންފީޒު ކުރާނޭކަން ހާމަކުރުމާއި އެކު މީގެ ކުރިންވެސް ރައީސް މައުމޫނު ވަނީ އެކަމާިއ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި އެކަމާއި ގުޅިގެން ރައީސް މައުމޫނަށް ރާއްޖޭެގައި ތިއްބެވި ދީނީ ބައެއް އެހެން ޢިލްމުވެރިންގެ ފަރާތްޕުޅުން ފާޑުކިޔުންތައްވެސް އަމާޒުވެގެން ދިޔައެވެ.

ހުސްވި، ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިސަރުކާރުން މަރުގެ ހުކުމް ތަންފީޒް ކުރާނޭ ކަމުގައި ވިދާޅުވެ، ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މިސަރުކާރުން މަރުގެ ހުކުމް ތަންފީޒް ކުރާނޭ ކަމަށާއި، އެކަމަށްޓަކައި ޤާނޫނާއި ޤަވާއިދުތަކުގެ އިމުގެ ތެރޭން ކުރަން ހުރިކަންކަން ކުރާނޭ ކަމަށެވެ. އެދުވަހު އެކަމާއި ގުޅޭ ގޮތުން ރައީސް މައުމޫނު ދެއްވީ ނުސީދާ ރައްދެއް ނަމަވެސް މިއަދު އެމަނިކުފާނު ވަނީ، ވަރަށް ސާފު ބަހުން މަރުގެ ހުކުމް ތަންފީޒުކުރުމާއި މެދު ދެކޮޅު ހައްދަވާފައެވެ. ރައީސް މައުމޫނުގެ 30 އަހަރުގެ ދިގުވެރިކަމުގައި ރާއްޖޭގައި މަރުގެ ޙުކުމްތައް އިއްވި ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި އެންމެ ފަހުން މީހެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވައި، ޙުކުމް ތަންފީޒްކޮށްފައި ވަނީ، 7 އޭޕްރީލް 1953 ގައެވެ. އެފަހަރު މަރުގެ ހުކުމް ތަންފީޒްކޮށްފައި ވަނީ ހުވަދު އަތޮޅު އަތޮޅުވެރިޔާ މަރާލުމުގެ ކުށުގައި ނިލަންދޫ ޙަކީމް ދީދީގެ މައްޗަށެވެ. އޭނާގެ މައްޗަށް މަރުގެހުކުމް ތަންފީޒްކުރީ ބަޑިޖަހައިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.