Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް --

11 Nov 2023
ޚަބަރު

ރައީސްގެ ވާހަކަފުޅަށް މައުމޫނު ފާޑު ވިދާޅުވެއްޖެ

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ކުރިޔަށް ދަނީ މިފަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން، އެކަމަށް ރައީސް މައުމޫން ފާޑު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހާއި ގުޅުވައިގެން މިއަދު، ޤައުމާއި މުޚާޠަބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން ކަމަށެވެ. މިގޮތުން ރައީސް ޞާލިޙް ފާހަގަކުރައްވާފައި ވަނީ، ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު ކޯޓަށް ވަޑައިގެން ވެރިކަން ދޫކޮށް ނުލެއްވުމަށް ކުރެއްވި މަސައްކަތަށް ކަމުގައި ބެލެވެއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅަށް ފާޑު ވިދާޅުވެ، ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު ކަމުގައި ނުހަނު އިޙްތިރާމާއި އެކުގައި ދަންނަވާ ކަމަށެވެ. 

ރައީސް މައުމޫނު މިމޭރުމުން ފާޑު ވިދާޅުވެ ނުރުހުން ފާޅު ކުރެއްވި އިރު، 1978 ވަނަ އަހަރު ރައީސް މައުމޫނު ވެރިކަމުގެ ހުވާކުރެއްވި އިރު ހަތިޔާރާއިއެކު އެމަނިކުފާނުގެ ގާތްބޭފުޅުންނާއި އެމަނިކުފާނު ހުންނެވި ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި ރައީސް ނާސިރު ވެރިކަން ދޫނުކުރައްވާފާނެ ކަމަށް ބައްލަވައިގެން ރައީސް މައުމޫނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ސަރުކާރާއި ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިންވެސް ގިނަ ފިޔަވަޅުތަކެއް އެޅުއްވިއެވެ.

2008 ވަނަ އަހަރު ރައީސް މައުމޫނުގެ މައްޗަށް ރައީސް ނަޝީދު ކުރި ހޯއްދެވުމުން، އެކަން ރައީސް މައުމޫނުގެ އަރިސް ބޭފުޅުންނަށް ޤަބޫލެއް ނުކުރެއްވުނެވެ. އަދި ވެރިކަމުގެ ބާރުތައް ރައީސް މައުމޫނު ހަވާލު ނުކުރައްވާފާނެ ކަމުގެ ކަންބޮޑުވުންތަކާއި އެކު ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް ރައީސް މައުމޫނުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުވިއެވެ.

2013 ވަނަ އަހަރު، ވެރިކަމުގެ ދައުރު ހަމަވުމަށްފަހުގައިވެސް، އިތުރު 6 ދުވަހު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމުގައި ހުންނެވިއެވެ. އަދި އައު ރައީސަކު އިންތިޚާބު ނުކުރެވި އޮތުމާއި އެކު މަޤާމުން އިސްތިއުފާ ދެއްވުމަށް ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު ދެކޮޅު ހެއްދެވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ނާކާމިޔާބުވުމުން އެމަނިކުފާނު ވަނީ އިންތިޚާބު ބާޠިލް ކުރުމަށް ސްޕްރީމްކޯޓަށްވެސް ވަޑައިގެންފައެވެ. އަދި އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކޮށް ރައީސް ޔާމީނުގެ ސަޕޯޓަރުންވެސް މަގުމަތީގެ ހަރަކާތްތައްވެސް ހިންގިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.